Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްދަރު ހާމަކުރުން

ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކުރުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެން - ސަރުކާރު

މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ގާނޫނުގައި ހިމަނާފައިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖުލައި 2022 | ބުރާސްފަތި 19:26
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވާހަކަފުޅުދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވާހަކަފުޅުދައްކަވަނީ

ނޫސްވެރިންނަށް ހިމާޔަތްދިނުމާއި، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ހެތްކާބެހޭ ބިލުގެ 136 ވަނަ މާއްދާގެ ދަށުން، ޝަރުއީ މަރުހަލާ މެދުވެރިކޮށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރެވިދާނެކަމަށް ބުނެފައިވާތީ، އެކަމާގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ, ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގެއްކަމަށެވެ. މިގޮތުން އެމީހަކު ޝާއިއުކުރާ، ނުވަތަ ފަތުރާ، ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދިމިގުރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށްކަމަށް، ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ، މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ހައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށެވެ. ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮންނަ ކަމަށާއި، އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނޭ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1966) ގައި، 19 ސެޕްޓެމްބަރު 2006 އިން ފެށިގެން ދިވެހިރާއްޖެއިން ބައިވެރިވެފައިވާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު، އޭގެ ތެރޭގައި ހުރިހާ ބާވަތެއްގެ މަޢުލޫމާތު ހިމެނޭހެން މަޢުލޫމާތު ހޯދައި ލިބިގަތުމާއި، އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އާޓުގެ ޛަރީޢާއިން، ނުވަތަ އެމީހަކު އިޚްތިޔާރުކުރާ މީޑިއަމެއް މެދުވެރިކޮށް، ހިފެހެއްޓުމެއް ނެތި، މަޢުލޫމާތު ފެތުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. އެހެންނަމަވެސް، އެ ޙައްޤުގެ ބޭނުން ހިފުމުގައި، ޚާއްޞަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭނެކަން އެ މުޢާހަދާގައިވެސް ބަޔާންކޮށްފައިވެއެވެ. މި މުޢާހަދާގެ 19 ވަނަ މާއްދާގެ (3) ގައިވާ ގޮތުގެ މަތިން، މި ޙައްޤުތައް ބޭނުންކުރުމުގައި، ވަކި މިންވަރެއްގެ ހިފެހެއްޓުންތަކެއް ހިމެނިފައި ވަނީ، ކޮންމެހެން ބޭނުންވާ މިންވަރަށް އަދި ވަކި ޝަރުޠުތަކަކާއެކު، ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، އެހެން މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަބުރު ރައްކާތެރިކުރުމަށް، ނުވަތަ ޤައުމީ ސަލާމަތަށްޓަކައި ނުވަތަ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ނުވަތަ އާންމު އަޚްލާޤު ރައްކާތެރިކުރުމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް (1950) އަކީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދީފައިވާ މުޢާހަދާއެއް ކަމަށާއި، އެހެންނަމަވެސް، ދިމިޤްރާޠީ މުޖުތަމަޢަކަށް ބޭނުންވާނެ ދަރަޖައަށް ރިޢާޔަތްކޮށް، ޤާނޫނުގައި ކަނޑައަޅާ ޝަރުޠުތަކަކުން، ނުވަތަ އަދަބުތަކަކާއެކު، މި ޙައްޤު ވަކި މިންވަރަކަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، މި މިންވަރަށް ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ޤައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަޞްލަޙަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ޞިއްޙަތު ރައްކާތެރިކުރުމާއި، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ބުނީ 40 އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ. އަދި ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށް ކަމަށެވެ. މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވެއެވެ. އެއީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށް ވުމެވެ. މިދެންނެވި ފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ބުނީ ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، މި ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށެވެ.  

ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

28 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު