Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް އެމްއެމްޕީއާރުސީން ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފި

މިއީ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕެއިނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖުލައި 2022 | ބުރާސްފަތި 14:30
ޓްރެވަލް ޑެއިލީ މީޑިއާ ކެމްޕެއިން

ޓްރެވަލް ޑެއިލީ މީޑިއާ ކެމްޕެއިން

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ޓްރެވަލް ޑެއިލީ މިޑިއާއަކީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޚަބަރާއި، އޮޕީނިއަން، އަދި އެނަލިސިސް، ދާއިރާގެ ޕްރޮފެޝަނަލުންނާ ހަމައަށް ފޯރުކޮށްދޭ އޮންލައިން މީޑިއާ ޕްލެޓްފޯމެކެވެ. މިގޮތުން މި ޕްލެޓްފޯމްގެ ސަބްސްކްރައިބަރުންނާއި، ކޮންޓްރިބިއުޓަރުން، އޭޝިއާ، ޔޫރަޕް، އެމެރިކާ، މެދުއިރުމަތި، އަދި ޗައިނާއާއި އިންޑިއާފަދަ ގައުމުތަކުގައި ތިބެއެވެ. މި ޕްލެޓްފޯމްގެ އޯޑިއަންސްގައި ހިމެނެނީ ޓްރެވަލް އަދި ޓުއަރ އެޖެންސީ، ހޮސްޕިޓަލިޓީ، އޭވިއޭޝަން، ކްރޫޒިންގ، މައިސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނެވެ.

Advertisement - newsAdvertisement

މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، މި މާކެޓުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން އިތުރުކުރުމެވެ. އަދި މި މާކެޓުގެ ފަރާތްތައް ރާއްޖޭގެ ބްރޭންޑަށް އިތުރަށް އަހުލުވެރިކޮށް، ރާއްޖެއަކީ ސައުތު އޭޝިއާ މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ގާއިމްކުރުމެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ހައިސިއްޔަތުން ރާއްޖޭގެ ތަފާތުކަން މި މާކެޓުގެ ފަރާތްތަކަށް ދެއްކުމެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާބެހޭ އާޓިކަލްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ވެބްސައިޓު އަދި ނިއުސްލެޓަރގައި ޝާއިއުކުރާނެއެވެ. އަދި ރާއްޖެއާބެހޭ ޕޯސްޓްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ފޭސްބުކްގައި ޕޯސްޓްކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އިޝްތިހާރު ވެބްސައިޓްގެ ބެނާގައާއި، އީމެއިލް ސްޕޮންސަރ ބެނާގައިވެސް ޕަބްލިޝްކުރާނެއެވެ. އަދި އެމްއެމްޕީއާރުސީގެ ޚާއްސަ އެކްސްކްލޫޒިވް އިންޓަރވިއުއެއްވެސް ޓްރެވަލް ޑެއިލީ މީޑިއާއިން ކެމްޕެއިންގެ ތެރެއިން ޝާއިއުކުރާނެއެވެ.

މި ކެމްޕެއިންގެ ޒަރީއާއިން، ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. މިގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން، މިތަނުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމާއި އެކަހެރިކަން ޕްރޮމޯޓުކުރެވޭނެއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ; ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓްރެވަލް ގައިޑްލައިންސްތަކާއި، މައުލޫމާތު ސީމާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

މިއީ ސީމާކެޓަށް ޚާއްސަކޮށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީއަކީ ރާއްޖެއަށް މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު، ޕެންޑަމިކްގެ ކުރިން ހުރި މިންވަރަށް އިތުރުކުރުމަށް ބިނާކޮށްފައިވާ ސްޓްރެޓަޖީއެކެވެ. އަދި ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ އަދި ހަނީމޫން ފަތުރުވެރިންނަށް ޚާއްސަ މަންޒިލެއްކަމަށް އާންމުވެފައިވާ، ޚިޔާލު ބަދަލުކޮށް ރާއްޖޭގެ އެހެން ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް ބިނާކޮށްފައިވާ ސްޓްރެޓަޖީއެކެވެ. މި ހަރަކާތްތަކަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން، އެމްއެމްޕީއާރުސީން އެކުލަވާލައިފައިވާ ޝޯޓް-ޓަރމް ސްޓްރެޓަޖީގެ ދަށުން، މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

މި އަހަރުގެ ޖެނުއަރީން ޖުލައިއާ ހަމައަށް ސައުތު އީސްޓް އޭޝިއާމާކެޓުން ރާއްޖެއަށް 18,489 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިންގ ކެމްޕެއިން، އައުޓްޑޯރ އެޑްވަޓައިޒިންގ ކެމްޕެއިން، ފެއަރތަކުގައި ބައިވެރިވުން، ވެބިނާތައް ކުރިއަށް ގެންދިއުން، އަދި އީ-ލަރނިން ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތައް ހިމެނެއެވެ. މިއަހަރުވެސް މި މާކެޓަށް ޚާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާއިރު، މީގެ ތެރޭގައި ޖޮއިންޓް މާކެޓިންގ ކެމްޕެއިންތަކާއި، ފެއަރ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައްވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯރލްޑް ޓްރެވަލް އެވޯޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯރލްޑްސް ލީޑިންގ ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއަށް ކާމިޔާބުކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ރާއްޖޭގައި މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު 13 މާޗުން ފެށިގެން މިވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމުގައި އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު