Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް އެވޯޑެއް ލިބުން

ޓްރެވަލް ޕްލަސް ލެޝަރ 2022ގެ ވޯރލްޑްސް ބެސްޓް އެވޯޑްސްގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެއަށް

ގްލޯބަލް ވިޝަން އެވޯޑްސްއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޕްރެކްޓިސްތަކާއި ތަޖުރިބާތައް ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖުލައި 2022 | ބުރާސްފަތި 14:13
ޓްރެވަލް ޕްލަސް ލެޝަރ 2022ގެ ވޯލްޑްސް ބެސްޓް އެވޯޑް ރާއްޖެއަށް ލިބުން

ޓްރެވަލް ޕްލަސް ލެޝަރ 2022ގެ ވޯލްޑްސް ބެސްޓް އެވޯޑް ރާއްޖެއަށް ލިބުން

ޓްރެވަލް ޕްލަސް ލެޝަރ 2022ގެ ވޯރލްޑްސް ބެސްޓް އެވޯޑްސްގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ.

ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ 20 ޖުލައިގައި ނިއު ޔޯކުގައި ބޭއްވި ޓްރެވަލް ޕްލަސް ލެޝަރ 2022ގެ ވޯލްޑްސް ބެސްޓް އެވޯޑްސް ހަފްލާގައެވެ. މި އެވޯޑްސްގައި ރާއްޖެއަށް ލިބުނު 'ބެސްޓް އައިލެންޑް އިން އޭޝިއާ' އެވޯޑާ މަންޒިލުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިންއެވެ.

Advertisement - newsAdvertisement

ޓްރެވަލް ޕްލަސް ލެއިޝަރ ގްލޯބަލް ވިޝަން އެވޯޑްސްއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޕްރެކްޓިސްތަކާއި ތަޖުރިބާތައް ފޯރުކޮށްދޭ ކުންފުނިތަކާއި، ފަރާތްތަކާއި، މަންޒިލްތަކާއި ޖަމްއިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑު ރާއްޖެއަށް ލިބުމާގުޅިގެނން ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ގައުމަށް ލިބޭ ފަޚުރެއްކަމަށެވެ.

އަދި އެމްއެމްޕީއާރުސީއަށް ލިބޭ ކޮންމެ އެވޯޑަކީ މުޅި ގައުމަށް ލިބޭ ކާމިޔާބީއެއްކަމަށާއި، އެއީ ސަރުކާރާއި މިނިސްޓްރީތަކާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ލޯކަލް އަދި އިންޓަރނޭޝަނަލް ޕާޓްނަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތާއި ކޮމިޓްމަންޓްގެ ނަތީޖާކަމަށެވެ. މަންޒިލް ޕްރޮމޯޓްކޮށް، ވީހާވެސް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން އަބަދުމެ ދަމަހައްޓަންޖެހޭ މަސައްކަތެއްކަމަށާއި، ގޮންޖެހުންތައް ގިނަ ކަމަށެވެ. ނަމަވެސް މަންޒިލެއްގެ ގޮތުގައި އަބަދުވެސް، ވާދަވެރިންނަށްވުރެ ކުރީގައި ތިބެންޖެހޭކަމަށާއި، މިކަން ހާސިލްކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ތަފާތު އަދި ރަނގަޅު ޚިދުމަތްތަކެއް އަބަދުވެސް ދީގެންކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފާހަގަކޮށްލެވޭ 4 އެވޯޑެއް ހާސިލްކޮށްފިއެވެ. އޭގެ ތެރޭގައި ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2022ގެ މޯސްޓް ޕްރިފެއަރޑް ޓޫރިސްޓް ޑެސްޓިނޭޝަން 2021 އަދި އެމްއެމްޕީއާރުސީގެ "ރީޑިފައިނިންގ މައިސް" ކެމްޕޭނަށް ވަނީ އަހަރުގެ އެންމެ މޮޅު މާރކެޓިންގ އިނިޝިއޭޓިވްގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން އޯޓީއެމް، މުމްބާއީ ހަރަކާތުގެ ބެސްޓް ސްޓޭންޑް ޑިޒައިން އެންޑް ޑެކަރޭޝަން އެވޯޑު، އަދި ޑަބްލިއުޓީއެމް އެފްރިކާ 2022ގެ ބެސްޓް ސްޓޭންޑް ފީޗަރ ހިމެނެއެވެ. މި އަހަރުގެ ތެރޭގައި ވަކިވަކި ރިޒޯޓް އަދި ފަތުރުވެރިކަމުގެ ޕްރޮޕަޓީތަކަށްވެސް ވަނީ އެކި އެވޯޑުތައް ލިބިފައެވެ. 2021 ވަނަ އަހަރު ރާއްޖެއިން ވަނީ 18ށްވުރެ ގިނަ އެވޯޑު ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ވިދިވިދިގެން ދެވަނަ އަހަރު ކާމިޔާބުކުރެވުނު ވޯރލްޑް ޓްރެވަލް އެވޯޑްސް ހިމެނެއެވެ. އެމްއެމްޕީއާރުސީގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި، މަންޒިލްގެ އެކި ސެގްމަންޓުތައް ޕްރޮމޯޓުކޮށް، ބްރޭންޑުގެ މަޝްހޫރުކަން އިތުރުކޮށް، ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި

27 ނޮވެމްބަރު 2017
ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ މުރާޖައާކޮށްދިނުމަށް ބްރޯޑްކޮމް ދެކޮޅު ހަދައިފި

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ މުރާޖައާކޮށްދިނުމަށް ބްރޯޑްކޮމް ދެކޮޅު ހަދައިފި

10 ނޮވެމްބަރު 2017
ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެ ނިންމުން މުރާޖާކުރަން ހުށަހަޅައިފި

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެ ނިންމުން މުރާޖާކުރަން ހުށަހަޅައިފި

30 އޮކްޓޯބަރު 2017
ރާއްޖެ ޕްލަސްގެ ނަމުގައި އެންޓަޓައިންމެންޓް ޗެނަލެއް އިފްތިތާހް ކޮށްފި

ރާއްޖެ ޕްލަސްގެ ނަމުގައި އެންޓަޓައިންމެންޓް ޗެނަލެއް އިފްތިތާހް ކޮށްފި

08 ސެޕްޓެމްބަރު 2017
ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ބީ ޕްލަސް

ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ބީ ޕްލަސް

16 މެއި 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު