Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އިންޑިއާ ގުޅުން

ޖޭއެސްސީއާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެއްބަސްވުމެއް އެކުލަވާލަނީ

ޤައުމުން ގެންދަނީ އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2022 | ބުރާސްފަތި 07:08
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ.

އެކަން ހާމަކުރައްވާ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ އެސް ޖަޔަޝަންކަރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ނެއިބަރހުޑް ފަރސްޓް ޕޮލިސީގެ ދަށުން އަނެއްކާވެސް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ބުދަ ދުވަހު އިންޑިއާގެ ކެބިނެޓުން އެކަމަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވާކަން ޖަޔަޝަންކަރް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވާ ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއް އެކުލަވާލުމަށް ކެބިނެޓުން ވަނީ ހުއްދަ ދީފައެވެ.

މި އެއްބަސްވުމުގެ ދަށުން ކޯޓުތަކުގެ މަސައްކަތް އިތުރަށް ޑިޖިޓަލައިޒް ކުރުމާއި، އައިޓީގެ ދާއިރާއިން އިތުރަށް މަސައްކަތްތައް ފުޅާ ކުރެވިދާނެ ގޮތުގެ ތަމްރީނު ފޯރުކޮށްދިނުމަށް ގިނަ ކަންކަން ވަނީ ރޭވިފައެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، އިންޑިއާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުން ވެގެންދާނީ މުޅި ޖުޑީޝަރީއަށްވެސް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަކަށްކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖުޑީޝަރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަންނަ އޮގަސްޓު މަހުގެ ތެރޭގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާކަން ޖޭއެސްސީން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ނެއިބަރހުޑް ފަރސްޓް ޕޮލިސީގެ ދަށުން އެ ޤައުމުން ގެންދަނީ އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާގެ "ނެއިބަރހޫޑް ފަސްޓް ޕޮލިސީ" އަކީ އެ ގައުމުން ހާއްސަ އިސްކަމެއްދޭ ސިޔާސަތެއް ކަމަށާއި މި ސިޔާސަތުގެ ދަށުންވެސް އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން،  ރާއްޖެއިން އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އޮންނާނީ ތައްޔާރަށް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު