Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާގައި ރާއްޖެ މާރކެޓްކުރުން

އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ސިންގަޕޯރ އެއަރލައިންސްއާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފި

ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 41,943 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖުލައި 2022 | ބުދަ 10:16
ސިންގަޕޯރ އެއަރލައިންސްއާ ގުޅިގެން ކެމްޕޭނެއް ވަނީ ފަށާފައި

ސިންގަޕޯރ އެއަރލައިންސްއާ ގުޅިގެން ކެމްޕޭނެއް ވަނީ ފަށާފައި

އެމެރިކާ މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ސިންގަޕޯރ އެއަރލައިންސްއާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 5 ޖުލައިން ފެށިގެން އޯގަސްޓް މަހާ ހަމައަށެވެ.

ސިންގަޕޯރ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިނެވެ. މި އެއަރލައިނަކީ ދުނިޔޭގެ 32 ގައުމެއްގެ 62 އެއަރޕޯޓަކަށް އޮޕަރޭޓްކުރާ އެއަރލައިނެކެވެ. އެސްއައިއޭއިން ދަނީ ލޮސް އެންޖަލިސް އިންޓަރނޭޝަނަލް އެއަރޕޯޓާއި ސެންފްރެންސިސްކޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް (ވީއައިއޭ) ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ. ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ 13 އިންސައްތަ ހިއްސާކުރަނީ އެސްއައިއޭ މެދުވެރިކޮށް މި ދެ އެއަރޕޯޓުން ވީއައިއޭއަށް އަންނަ ފްލައިޓްތަކުންނެވެ. މިއީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންވެސްމެއެވެ.

ސިންގަޕޯރ އެއަރލައިންސްއާ ގުޅިގެން އެމްއެމްޕީއާރުސީން ހިންގާ މި ކެމްޕެއިންގެ ދަށުން އޮންލައިން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ. އެސްއައިއޭ މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން ފަތުރުވެރިން ބުކިންގ ހަދާ މިންވަރު އިތުރުކޮށް، މި މާރކެޓުން އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ސިންގަޕޯރ އެއަރލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރެވޭ އަގުތަކާއި ޕެކޭޖުތައް އިޝްތިހާރުކުރާނެއެވެ. އަދި އެސްއައިއޭ #އެސްއައިއޭކެއަރސް މި ހޭޝްޓެގް ބޭނުންކޮށްގެން ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް އިޝްތިހާރުކޮށް، އެސްއައިއޭގައި ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެއެވެ.

މި ކެމްޕެއިންގެ ތެރެއިން އޮންލައިންކޮށް ޓިކެޓް، އެކޮމޮޑޭޝަން، އަދި ފަތުރުވެރިކަމުގެ އެކި ޕެކޭޖުތައް އިޝްތިހާރުކޮށް، ވިއްކުމުގައި އެހީތެރިވާ އެކްސްޕީޑިއާ، ސްކައިސްކޭނަރ އަދި ޕިންޓްރެސްޓް ބޭނުންކުރާނެއެވެ. މިގޮތުން، ރާއްޖޭގެ އިޝްތިހާރުތައް މި ޕްލެޓްފޯމްތަކުގައި ދައްކައި، މި އިޝްތިހާރުތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމަށް އެސްއައިއޭގެ ޓިކެޓް ޚިޔާރުކުރުމަށް އެމެރިކާ މާކެޓުގެ ފަތުރުވެރިންނަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ މައުލޫމާތާއި، އަގުތަކާއި، އެހެނިހެން މައުލޫމާތު ޕްރޮމޯޓްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ކެމްޕެއިނަކީ އެމެރިކާގެ މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް، އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިންގ ސްޓްރެޓިޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް އެމެރިކާއިން ދަތުރުކުރުމަށް ބުކިންގ ހަދާ މިންވަރު އިތުރުވެ، އެރައިވަލްސް އިތުރުވާނެކަމަށް ބެލެވެއެވެ. އަދި ރާއްޖެއަކީ އެމެރިކާ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، މިއީ އެ މާރކެޓުގައި އެންމެ މަގުބޫލު މަންޒިލަށް ހެދުމަށް މަސައްކަތްކުރާނެއެވެ.

މި އަހަރުގެ މިހާތަނަށް، އެމެރިކާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކޮށްފައިވާ މާރކެޓެވެ. މިގޮތުން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 41,943 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް ދަތުރުކުރި 892,960 ފަތުރުވެރިންގެ އަދަދަށް ބަލާނަމަ 4.8 އިންސައްތަ ހިއްސާއެވެ. އެމްއެމްޕީއާރުސީން ދަނީ މި މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ވޯތު މެގަޒިން، އަޓާ އެޑްވެންޗާ އެލަވޭޓް 2022، އަދި ގޯވޭއާއެކު ހިންގި ޖޮއިންޓް ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޓްރެވަލް ޓްރޭޑް ޓްރެއިނިންގ ވެބިނާއެއްވެސް ހިންގާފައިވެއެވެ. މި މާރކެޓަށް އަމާޒުކޮށް މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އަސްޓާ އަދި އައިޑީ ޓްރެވަލްއާއެކު ހިންގާ ޖޮއިންޓް މާރކެޓިންގ ކެމްޕެއިންތައް ހިމެނެއެވެ. މިއަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް މިމާރކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާރޓްނަރުންނާއެކު 22 މާރކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައްވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާގކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯރލްޑް ޓްރެވަލް އެވޯރޑްސް (ޑަބްލިއުޓީއޭ) 2021"ގައި "ވޯރލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއަށް ކާމިޔާބުކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު