Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީ ކެމްޕޭން

ދެކުނުއިރުމަތީ އޭޝިއާ މާކެޓަށް ހާއްސަކޮށް ޓްރެވަލް ޕްލަސް ލެޝަރއާއެކު އެމްއެމްޕީއާރުސީއިން ކެމްޕެއިނެއް ފަށައިފި

މި ކެމްޕެއިން ކުރިއަށް ގެންދާނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރު ފެށެންދެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖުލައި 2022 | ބުދަ 09:50
ޓްރެވަލް ޕްލަސް ލެޝަރއާއެކު އެމްއެމްޕީއާރުސީއިން ވަނީ ކެމްޕޭނެއް ފަށާފައި

ޓްރެވަލް ޕްލަސް ލެޝަރއާއެކު އެމްއެމްޕީއާރުސީއިން ވަނީ ކެމްޕޭނެއް ފަށާފައި

ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓްރެވަލް ޕްލަސް ލެޝަރ ސައުތުއީސްޓް އޭޝިއާ އާއެކު ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދާނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރު ފެށެންދެންނެވެ. ޓްރެވަލް ޕްލަސް ލެޝަރ ސައުތުއީސްޓް އޭޝިއަކީ 2007 ވަނަ އަހަރު ތައާރަފްކޮއްފައިވާ ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ އޮންލައިން މަޖައްލާއެކެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި އެ ތަންތަނުން ތަޖުރިބާކުރެވޭނެ ކަންތައްތައް އާޓިކަލްތަކުގެ ޒަރިއްޔާއިން ހިއްސާކުރާ މަޖައްލާއެކެވެ. މި ޕަބްލިކޭޝަންއަކީ ފިލިޕީންސް، މެލޭޝިއާ، އިންޑޮނީޝިއަ، ސިންގަޕޫރު، ތައިލޭންޑް، އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި ބޮޑު އޯޑިއަންސްއެއް އޮންނަ މަޖައްލާއެކެވެ.

އެމްއެމްޕީއާރުސީ އާއި ޓްރެވަލް ޕްލަސް ލެޝަރ ކުރިއަށްގެންދާ މި ކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ސެގްމަންޓްތަކާއި، ޕްރޮޑަކްޓްތަކާއި (ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑްތައް)، އަދި ތަފާތު ތަޖުރިބާތައް ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓް ކުރާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ހާއްސަ ސިފަތަކާއި، ވަން-އައިލެންޑް-ވަން ރިސޯޓު ކޮންސެޕްޓާއި، ރާއްޖެއާ ގުޅުންހުރި ދަތުރުފަތުރުގެ އެންމެ ފަހުގެ މަޢުލޫމާތާއި ގައިޑްލައިންތައް ޓްރެވަލް ޕްލަސް ލެޝަރގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި އިޝްތިހާރުތަކާއި ބެނާތައް ޝާއިޢުކުރާނެއެވެ. އަދި ޓްރެވަލެ ޕްލަސް ލެޝަރގެ ޑޭޓާބޭސްގައި ހިިމެނޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.

މި ކެމްޕޭނަކީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލާފައިވާ މާކެޓިންގ ސްޓްރެޓަޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖެއާމެދު މި މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމުގެ މައްޗަށެވެ. މި ސްޓްރެޓެޖީގެ އަމާޒަކީ މި މާކެޓުން ލަގްޒަރީ ފަތުރުވެރިންނާއި އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ހިދުމަތްތައް ޕްރޮމޯޓް ކުރުމެވެ. އަދި މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ޕްރީ-ޕެންޑެމިކް ލެވެލްއަށް އިތުރުކުރުމާއި ރާއްޖެއަކީ ހަމަ އެކަނި ހަނީމޫން ނުވަތަ ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެކެވޭދެކުން ބަދަލުކުރުމެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުގެ ޤައުމުތަކުން ރާއްޖެއަށް 18,489 ފަތުރުވެރިން ދަތުރުކޮށްފައިވެއެވެ. ދުނިޔޭގެ ފެންވަރުގައި ރާއްޖެ މާކެޓްކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން އަންނަނީ މި މާކެޓުގައިވެސް ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެމްއެމްޕީއާރުސީއިން ދަނީ މި މާކެޓަށް އަމާޒުކޮށް ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ތަމްރީނުކުރުމުގެ ވެބިނާތަކާއި ފެމިލިއަރައިޒޭޝަން ދަތުރުތައް އިންތިޒާމްކޮށް، ބޮޑެތި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ. މި ގޮތުން މި އަހަރު މިހާތަނަށް މައިބަމްޕް މީޑިއާއާއެކު ކެބްވަޓައިޒިންގ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާއިރު، މެލޭޝިއާގައި ބޭއްވި މަޓާ ފެއަރ 2022، މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ އަދި ތައިލެންޑް ޑައިވް އެކްސްޕޯގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފަވެއެވެ. މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ވެސް މި މާކެޓަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު

02 ނޮވެމްބަރު 2017
މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު
18 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ

18 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ
08 އޯގަސްޓު 2017

އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް

08 އޯގަސްޓު 2017
އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް
07 ޖުލައި 2017

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

07 ޖުލައި 2017
ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ
16 މެއި 2017

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

16 މެއި 2017
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
09 މާރިޗު 2017

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު