Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕުޓިންގެ ދަތުރުފުޅު

އީރާންގެ ސުޕްރީމް ލިޑަރާއެކު ޕުޓިން ގުޅުން ވަރުގަދަކުރައްވަނީ

20 ޖުލައި 2022 | ބުދަ 09:03

ރަޝިއާގެ ހަނގުރާމައަށް އީރާނުން ތާއިދުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖުލައި 2022 | ބުދަ 09:03
ވްލަޑިމިއަރ ޕުޓިން (ވ) އީރާންގެ ލީޑަރު (މ) އަދި އުރުޣާން (ކ)

ވްލަޑިމިއަރ ޕުޓިން (ވ) އީރާންގެ ލީޑަރު (މ) އަދި އުރުޣާން (ކ)

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ވަޑައިގެން، ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިން އީރާންގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަންގެ ނަމުގައި ފެށި ހަނގުރާމައިގެ ފަހުން ގައުމުން ބޭރަށް ފުރަތަމަ ފަހަރަށް ކުރެއްވި މި ދަތުރުފުޅުގައި އިރާނާއެކު ގުޅުން ބަދަހި ކުރަން ވަނީ ނިންމާފައެވެ. އީރާންގެ ވެރިރަށް ތެހެރާންގައި ޕުޓިން ވަނީ ނޭޓޯގެ ލީޑަރެއްކަމުގައިވާ ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޣާން އާއި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ.

ރައީސް އުރުދުޣާން އާއިއެކު ކުރިއަށް ގެންދެވޭ މަޝްވަރާތަކުގައި، ބްލެކްސީ މެދުވެރިކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސީރިއާގައި ސުލްހަ ގާއިމުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޕުޓިން މި ދަތުރުފުޅު ފައްޓަވާފައިވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިސްރާއީލާއި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފަހުން، ރަޝިއާއިން ޗައިނާ، އިންޑިއާ، އަދި އީރާނާއެކު ގުޅުން ވަރުގަދަކުރުމުންދާކަން، ހުޅަނގަށް މެސެޖެއް ދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އީރާންގެ ލިޑަރު ޚާމަނާއި ވަނީ އީރާނާއި ރަޝިއާއި ދެމެދުގައި ގުޅުން ބަދަހިކޮށް، ހުޅަނގުން އަޅާފައިވާ ދެކޮޅު ނުޖެހޭ ފިޔަވަޅުތަކަށް ހުށިޔާރުވެގެން ތިބެން ދެގައުމުން ވެސް އެކުގައި މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

ޚާމަނާއީ ވަނީ އެމެރިކާގެ ނުފޫޒުތަކުން ރަޝިއާއިން މިނިވަންކަން ދަމަހައްޓާ ގައުމުތަކުން އަމިއްލަ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ވެސް ގޮވާލައްވާފައެވެ. ޚާމަނާއީ ވަނި އެމެރިކާ ޑޮލަރު ބައިނަލްއަގުވާމީ ވިޔާފާރިތަކުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާ މަޑުމަޑުން އެކަން ކުރިއަށް ގެންދެވިދާނެކަމަށް ވިދާޅުވެފައެވެ.

ޚާމަނާއީ ވިދާޅުވީ ޔޫކްރެއިންގެ މައްސަލައިގައި ރަޝިއާއިން އިސްނަގައިގެން ހަނގުރާމަ ނުފެށިނަމަ، ހުޅަނގުން ކޮންމެވެސް ގޮތަކުން ހަނގުރާމަ ރަޝިއާއާއި ދެކޮޅަށް ފަށާނެ ކަމަށެވެ.

ޕުޓިންގެ ދަތުރުފުޅާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އެ ދަތުރުފުޅުން ދައްކުވައިދެނީ ހަނގުރާމައާއެކު ރަޝިއާ އެކަނިވެރިވެފައިވާ މިންވަރު ކަމަށެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް