Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސްއިން އަތުލި މަސްތުވާތަކެތި

ނޮވެންބަރު 2018ން ފެށިގެން މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފަ - ރައީސް

ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައަށްވުރެ އިތުރު އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖުލައި 2022 | އަންގާރަ 12:32
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ނޮވެންބަރު 2018ން ފެށިގެން މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓުމަކީވެސް ކަސްޓަމްސްގެ ޒިންމާއެއްކަމަށެވެ. އަދި މިކަންކަމާ ގުޅުންހުރި ހުރިހާ ނުރަނގަޅު ކަމެއް ހުއްޓުވައި ކޮންޓްރޯލް ކުރުމަކީވެސް، ކަސްޓަމްސްގެ ޒިންމާއެއްކަމަށެވެ. މި ނޫނަސް ކަސްޓަމްސްއިން އަދާކުރަންޖެހޭ ޒިންމާތަކާއި އުފުލަންޖެހޭ ވަރަށް ގިނަ މަސްއޫލިއްޔަތުތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމުގައި، ކަސްޓަމްސްގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް، މުޅި މައްސަލަ ހައްލުކުރެވޭނީ ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެންކަމަށެވެ. މިކަން ހައްލުކުރުމުގެގޮތުން އެކުލަވައިލި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް، ކަމާގުޅޭ އިދާރާތަކަށް 2021 ވަނަ އަހަރު ޚާއްސަ ބަޖެޓެއް ހަމަޖައްސަވައިދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް، ކަސްޓަމްސްގެ ސަރަހައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް، މި އަހަރުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އަދި ކަސްޓަމްސްއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށްވެސް ސަރުކާރުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަމުގެ ރަނގަޅު ނަތީޖާވެސް އަންނަނީ ފެންނަމުންކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން (ނޮވެންބަރު 2018ން ފެށިގެން) މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާކަމަށެވެ. މިއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައަށްވުރެ އިތުރު އަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގއަކީވެސް ބައިނަލްއަގުވާމީ ޖިނާއީ ކުށްތަކުގެ ތެރެއިން، ރާއްޖެއިންވެސް އެކަމާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ބޯޑަރުތައް ހުރަސްކޮށް، ދޭދޭ ގައުމުތަކުގެ ވަކިވަކި ފަރުދުންނާއި ގުރޫޕްތަކުގެ މެދުގައި ދުރާލައި ރާވައިގެން ހިންގާ ޖިނާއީ ކުށްތަކަކީވެސް ހަމަ އެފަދަ މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މިފަދަ އެއްވެސް ކަމެއް ހިނގާތޯ ބަލައި ފާރަވެރިވުމަކީ، ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ޒިންމާއެއްކަމަށާއި، މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި، ކަސްޓަމްސްގެ ގާބިލްކަން އިތުރުކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ބޯޑަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ބަނދަރުތަކުގައި ހުރި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލާމަރުކަޒުކުރުމަކީ، ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމަށާއި، މިކަމުގަވެސް ކަސްޓަމްސްއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް އިތުރުކުރަމުންދާއިރު، އެއިން ކޮންމެ ތަނެއްގަވެސް ފުރިހަމަ ޚިދުމަތްތައް ދިނުމުގައި ކަސްޓަމްސްގެ މުވައްޒަފުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު