Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިޒިޓް މޯލްޑިވްސް ޕްރޯ 2022

ޤައުމީ ބޮޑީބޯޑިންގ ސީނިއަރ ޓީމާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

19 ޖުލައި 2022 | އަންގާރަ 09:07

މިބައްދަލުކުރެެއްވުމުގައި ވިޒިޓް މޯލްޑިވްސް ޕްރޯ-2022 ގައި ރާއްޖެ ތަމްސީލްކުރާ، ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 09:07
ރައީސް ބޮޑީ ބޯޑިންގ ޓީމާ ބައްދަލުކުރެއްވުން

ރައީސް ބޮޑީ ބޯޑިންގ ޓީމާ ބައްދަލުކުރެއްވުން

އަަލަށްއެކުލަވާލި ނެޝަނަލް ބޮޑީ ބޯޑިންގ ސީނިއަރ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޔޫތު އަޙްމަދު މަޚްލޫފާއި، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި، ޤައުމީ ބޮޑީބޯ ޑިންގ ސީނިއަރ ޓީމުގެ އެތުލީޓުންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުކުރެެއްވުމުގައި އައިބީސީ ބޮޑީބޯޑިންގ ވޯލްޑު ޓުއަރގައި ރާއްޖޭގައި ބާއްވާ މުބާރާތްކަމުގައިވާ، ވިޒިޓް މޯލްޑިވްސް ޕްރޯ-2022 ގައި ރާއްޖެ ތަމްސީލްކުރާ، ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ބޮޑީ ބޯޑިންގ ޓީމާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ބޮޑީ ބޯޑިންގއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްޤީކުރުމަށް ފުރުޞަތު އޮތް ކުޅިވަރެއްކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖެއަކީ ވަށައިގެން މޫދު އޮތް ޤައުމަކަށް ވާއިރު، ރާއްޖޭގައި މޫދު ކުޅިވަރުތައް ކުރިއަރުވައި ތަރައްޤީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާފައިވާކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މިއަހަރު ބޮޑީބޯޑިންގ ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫދު ކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖްހޫރިއްޔާ އާއި ސަރުކާރުގެ ފަރާތުން ދެއްްވާ އެއްބާރުލުމާއި އެހީތެރިކަމަށް މިނިސްޓަރު މަޚްލޫފް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވާ އިންޓަރނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާނެކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާއި ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން މިހާތަނަށް މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަރނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި، އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގ ގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަންވެސް ފާހަގަކުރެއްވިއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27 ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ޤައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިމުބާރާތް ކުރިޔަށްދާނީ، ޖުލައި 29 އިން އޮގަސްޓް 7 ށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
29 އޮކްޓޯބަރު 2017

ރާއްޖެއަށް ޤައުމީ ފެންވަރެއްގައި ޑޮޖްބޯލް ތައާރަފް ކުރަނީ

29 އޮކްޓޯބަރު 2017
ރާއްޖެއަށް ޤައުމީ ފެންވަރެއްގައި ޑޮޖްބޯލް ތައާރަފް ކުރަނީ
18 އޮކްޓޯބަރު 2017

މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ

18 އޮކްޓޯބަރު 2017
މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ
17 އޯގަސްޓު 2017

ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި

17 އޯގަސްޓު 2017
ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި
07 އޯގަސްޓު 2017

އޭޝިއަން ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމް ފިލިޕީންސް އަށް ފުރައިފި

07 އޯގަސްޓު 2017
އޭޝިއަން ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމް ފިލިޕީންސް އަށް ފުރައިފި
29 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

29 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
27 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

27 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް