Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީން ސީޒަނަށް ތައްޔާރުވުން

ސްޓްރެޓެޖީއެއް އެބަ އޮތް، ވަގުތު ނަގާނެ: ޓެން ހާގް

19 ޖުލައި 2022 | އަންގާރަ 07:48

ޓެން ހާގް ބުނީ ސްޓްރެޓެޖީގެ ފައިނަލް ނަތީޖާއަކަށް ވާންވާނީ މޮޅު ޓީމެއް އުފެދުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 07:48
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވެ އޭނާގެ ސްޓްރެޓެޖީއެއް އެބަ އޮތް ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ނިމުނު ސީޒަނުގައި ޔުނައިޓެޑަށް ލިބުނު ދަށް ނަތީޖާގެ ސަބަބުން އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ރަލްފް ރަންގްނިކް ވަކިކޮށް، އެ މަގާމަށް ވަނީ ޓެން ހާގް ހަމަޖައްސާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މިހާތަށް ކުޅުނީ ދެ މެޗެވެ. އެއީ ޕްރީ ސީޒަންގެ ދެ މެޗެވެ. އެ މެޗުން ވެސް ޔުނައިޓެޑު ވަނީ މޮޅުވެފައެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑު ގޮވައިގެން ކުރިއަށް ދާން އޭނާގެ ސްޓްރެޓެޖީއެއް އެބަ އޮތް ކަމަށާއި، އެކަން ހިނގާނެ ކަމަށެވެ. އެކަމަށް ވަގުތު ނަގާނެ ކަން ފާހަގަކުރަމުން ޓެން ހާގް ބުނީ ފަހު ވަގުތު އޭގެ ނަތީޖާއަކަށް ވާންވާނީ މޮޅު ޓީމެއް އުފެދުން ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ އެކަމަށް މަތީ ފަންތީގެ ކުޅުންތެރިޔެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެފަދަ ކުޅުންތެރިއެއް ކަމަށެވެ. ޓެން ހާގް ބުނީ ވަކިން ޚާއްސަކޮށް ގޯލު ޖަހާ ކުޅުންތެރިންނަކީ ޓީމަށް މުހިންމު ކުޅުންތެރިންކަމަށާއި، ޓީމު އުފައްދަން ޖެހޭނީ އެ ކުޅުންތެރިން ހިމަނައިގެން ކަމަށެވެ.

ރޮނާލްޑޯއާ ގުޅޭ ގޮތުން ޓެން ހާގް މިފަދައިން ވާހަކަ ދައްކާފައިވާއިރު، އޭނާ ވަނީ ޓީމު ދޫކޮށްލަން ބޭނުންވާކަން އެ ޓީމުގެ ސީނިއަރ މެނޭޖުމަންޓަށް އަންގާފައެވެ. އެވާހަކަތައް ދެކެވުނު ފުރަތަމަ ދުވަސްކޮޅު ވެސް ޓެން ހާގް ބުނީ ރޮނާލްޑޯއަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އޭނާ އޭރު ވެސް ފާހަގަކުރި ގޮތުގައި ޔުނައިޓެޑާއެކު އޭނާ ކުރިއަށް ދާން ބޭނުންވާ ޕްލޭންގައި ރޮނާލްޑޯ ހިމެނެއެވެ. ޓީމާ ހަވާލުވެ ކާމިޔާބު ހޯދަން ބޭނުންވަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށް ވެސް ޓެން ހާގް ބުނެފައެވެ.

އޭގެ ފަހުން ޓެން ހާގް އަނެއްކާ ވެސް މި ވަނީ ރޮނާލްޑޯގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށް ނުލާނެ ކަމަށާއި، ރޮނާލްޑޯއާއެކު މަސައްކަތްކޮށްގެން ޔުނައިޓެޑުގެ ރަން ދުވަސްތަކަށް ޓީމު ގެންދަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯއަށް އިތުރު ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމުގެ އިޝާރާތެއް ވެސް ޓެން ހާގް ވަނީ ދީފައެވެ. ދެ އަހަރު ދުވަހުގެ ދަށުން ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު، އެ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ.

އިތުރަށް ޓެން ހާގް ބުނީ އެކަމާ ގުޅޭ މައުލޫމާތު އޭނާއަށް ފުރިހަމަ އަށް ލިބޭ ކަމަށެވެ. ރޮނާލްޑޯއަށް ޔުނައިޓެޑުގައި އިތުރު އަހަރުތަކެއް މަޑުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމުން ޓެން ހާގް ބުނީ، ކުރިއަށް އޮތް ސީޒަނުގައި ވެސް އޭނާ މަޑުކުރާނެ ކަމަށެވެ. ޓެން ހާގް ބުނީ އޭނާ ޔުނައިޓެޑާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް ފުޓުބޯޅައިގައި އެއީ ކުޑަ މުއްދަތެއް ކަން ފާހަގަކުރަމުން އޭނާ ބުނީ ފުރަތަމަ މެޗުން ފެށިގެން ޖެހޭނީ މޮޅުވާން ކަމަށެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އަންގައި ރޮނާލްޑޯ އަންނަނީ އޭނާ ބަދަލުވާނެ ކުލަބެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ތިން ކުލަބަކުން ވަނީ ރޮނާލްޑޯ ގެންދިޔުމަށް ދެކޮޅު ހަދާފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ބަޔާން މިއުކިން އަދި ޗެލްސީއެވެ. ދާދި ފަހުން ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ރޮނާލްޑޯ އަންނަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ ވާހަކަ ދައްކާފައެވެ. މީގެ އިތުރުން ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ވެސް ވަނީ ރޮނާލްޑޯއަށް ބިޑު ކުރުމާ ގުޅޭ ގޮތުން ސިމިއޯނީއާ މަޝްވަރާކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް