Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާ

ކަސްޓަމްސް ބާރުވެރިކުރުވަން އެހެން ސަރުކާރުތަކުން ނުދޭވަރަށް މި ސަރުކާރުން އެއްބާރުލުން ދޭ: ކޮމިޝަނަރ ޖެނެރަލް

19 ޖުލައި 2022 | އަންގާރަ 02:15

ކަސްޓަމްސްއަށް އެންމެ ގިނަ މުވައްޒަފުން ނެގީ މި ދައުރުގައި ކަން ފާހަގަ ކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ޖުލައި 2022 | އަންގާރަ 02:15
ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފުއަށް އެވޯޑު ހަވާލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފުއަށް އެވޯޑު ހަވާލުކުރައްވަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބާރުވެރިކުރުވުމަށް އެހެން ސަރުކާރުތަކުން ނުދޭވަރަށް މި ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އިދާރާއަށް މިހާތަނަށް ލިބިފައިވާ ކުރިއެރުން ފާހަގަ ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، މި ސަރުކާރުން ކަސްޓަމްސްގެ ކަންކަން ކުރިއެރުވުމަށް އެއްބާރުލުން ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ކޮވިޑް-19ގެ ހާލަތުގައި ވެސް ކަސްޓަމްސްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެއްވަން ނިންމެވި ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ. އެގޮތުން، ރައީސް އެ ހާލަތުގައި ވެސް އެގޮތަށް ނިންމެވީ 2013ގައި މަޤާމުތަކުގެ ކުރިއެރުން ދިންއިރު ބޮޑެތި މައްސަލަތަކެއް ހުރުމުންނާއި މަޤާމުގެ ކުރިއެރުން ހައްޤުވާ ގިނަ މުވައްޒަފުންތަކަކަށް ކުރިއެރުން ނުލިބިތިބިކަން ރައީސަށް ފާހަގަކުރެއްވިފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 2 އަހަރުވެސް ކަސްޓަމްސްގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން، ކަސްޓަމްސްގެ ޒިންމާ އަދާކުރުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމުކުރުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމްސްއަށް ދިމާވެފައިވާ މުވައްޒަފުންގެ މައްސަލަ ހައްލު ކުރުމަށް ވެސް މި ސަރުކާރުން ގިނަ މަސައްކަތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައީސް އުފެއްދެވި ޓާސްކް ފޯސްގެ ބެލުމުގެ ދަށުން 90 ކަސްޓަމްސް އޮފިސަރުން ނެގުމަށް ބެޖެޓް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 60 ކަސްޓަމްސް އޮފިސަރުން ނެގުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބާކީ 30 އޮފިސަރުން 2023ގައި ނަގާނެ ކަމަށާއި 2020 ވަނަ އަހަރު ނަގާފައިވާ މުވައްޒަފުން ހިމެނޭހެން އަންނަ އަހަރުގެ ނިޔަލަށް ކަސްޓަމަސްގައި 100 އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ 132 އަހަރުގެ ދިގު ތާރީޚުގައި އެ އިދާރާއަށް އެންމެ ގިނަ މުވައްޒަފުން ނަގާފައިވަނީ ވެސް މި ދައުރުގައި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް