Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ޓެންޓާއި ބިސްބުރަށް މޮޅެއް

18 ޖުލައި 2022 | ހޯމަ 14:45

ޓެންޓުން މެޗު ކާމިޔާބުކުރީ 2-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ޖުލައި 2022 | ހޯމަ 14:45
މުބާރާތުގައި ޓެންޓާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި ޓެންޓާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން | ރާއްޖެއެމްވީ

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުން ޓެންޓް ސްޕޯޓްސް ކްލަބާއި ބިސްބުރު ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.

މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބައްދަލުކުރީ ބިސްބުރާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ. މި މެޗު ބިސްބުރުން ކާމިޔާބުކުރީ 4-1ންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ބިސްބުރުގެ ބިދޭސީ ކުޅުންތެރިޔާ އާމިރް މެމަރީ މަނޭޝް ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި އާމިރުއެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ކެޕިޓަލް ސީޓީގެ އާދަމް ނަސީމް ލަނޑެއްޖަހައި ފަރަގު ކުޑަކުރިއެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ބިސްބުރުގެ އާމިރު ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. މެޗުގެ ފަހު ލަނޑު 89 ވަނަ މިނެޓުގައި ބިސްބުރަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުޖްތަބާ ރަޝީދީއެވެ.

މުބާރާތުގައި މިއަދު ހަވީރު ދެން ކުޅުނީ ޓެންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ މެޗު ކުރިއަށް ނުގެންދެވިގެން މިއަދު ކުޅުނު މެޗެކެވެ. އެފްއޭއެމް އެއް ނަންބަރު ޓާފުގައި ކުޅުނު މި މެޗު ޓެންޓުން ކާމިޔާބުކުރީ 2-0ންނެވެ. މެޗުގެ ދެލަނޑުވެސް ޓެންޓުން ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އަރަޝް އައްސަދު މުހައްމަދު ޓެންޓަށް ލީޑު ނަގައިދިންއިރު، 41 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ޝަފްރާޒް އިބްރާހިީމެވެ.

ރޭ ކުޅެން ހަމަޖެހިފައިވާ ކްލަބް ޕީކޭއާއި ކުޑަ ހެންވޭރު ވާދަކުރާ މެޗުވެސް ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ. މި މެޗު ކުޅުމަށް މިހާރު ތާވަލުކުރެވިފައި އޮތީ މާދަމާ ހަވީރަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް