Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން ފުޅާކުރުން

އިންޑިޔާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް، ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްފި

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގތައް އިތުރުވާނެކަމަށް ލަފާކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ޖުލައި 2022 | ހޯމަ 14:15
އިންޑިޔާގެ ޓްރެވެލް އެޖެންޓުންގެ ޓީމް

އިންޑިޔާގެ ޓްރެވެލް އެޖެންޓުންގެ ޓީމް

އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް, މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރަކީ އިންޑިޔާ މާރކެޓުގައި އެންމެ މަގުބޫލު އަދި އެންމެ އިސްކަންދޭ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތުގެ ދަށުން، 16 ޖުލައި - 22 ޖުލައި 2022ގެ ނިޔަލަށް ކުރިއަށްގެންދާ ދަތުރެކެވެ.

Advertisement - newsAdvertisement

މި ޓީމުގައި ހިމެނޭ އެޖެންޓުން ތެރޭގައި އައި އެމް ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަންސް، އަދި ހޮލިޑޭ ކާމާގެ މެންބަރުން ހިމެނެއެވެ. މި ދަތުރުގައި މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕާރކް ކޯދިއްޕަރު، ކްރޮސްރޯޑްސް މޯލްޑިވްސް، އަދި ހައިޑްއަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައެވެ. މި ދަތުރުގައި ރާއްޖޭގެ މެހެމާންދާރީއާއި، ތަފާތު ތަޖުރިބާތަކާއި ޚިދުމަތްތައް, އަދި އެ ޕްރޮޕަޓީން ލިބެން ހުންނަ ޚާއްސަ ކެއުންތައް ތަޖުރިބާކުރާނެއެވެ.

މި ދަތުރުގެ ބޭނުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ގޮންޖެހުމަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމާއި މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ ތަފާތު ތަޖުރިބާތަކާމެދު އިންޑިޔާ މާރކެޓުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެމިލިއަރައިޒޭޝަން ދަތުރުތަކުން ހާސިލްކުރަން ބޭނުންވާ އަމާޒަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް އޭޖެންޓުންނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމެވެ. އަދި އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖެއާބެހޭ ފުރިހަމަ މައުލޫމާތު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ދިނުމަށާއި، ރާއްޖޭގެ ޕްރޮޑަކްޓްތައް މާރކެޓްކޮށް ވިއްކަން ފަސޭހަކޮށްދިނުމެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގތައް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިއަހަރު މިހާތަނަށް އެމްއެމްޕީއާރުސީން ވަނީ ޓޫހަބްއާއެކު ޑެސްޓިނޭޝަން އީ-ލަރނިންގ ކެމްޕޭނެއް ބާއްވައި، އިންފްލުއެންސަރ ފެމިލިއަލައިޒޭޝަން ދަތުރަކާއި، ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތައް ބާއްވާފައެވެ. އިންޑިއާ މާރކެޓަށް އަމާޒުކޮށް، އޯޓީއެމް، ސާޓޭ، އަދި ޓީޓީއެފްގައިވެސް މި އަހަރު އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހިރާއްޖޭގެ ޚާއްސަ ރޯޑްޝޯއެއްވެސް އިންޑިޔާގައި ބާއްވާފައިވެއެވެ. ތޯމަސް ކުކް, ޕިކްޔޯރޓްރެއިލް, އަދި ވިސްޓާރާ އިންފްލައިޓް މެގަޒިނާއެކު ޖޮއިންޓް މާރކެޓިންގ ކެމްޕޭންތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. މި އަހަރުގެ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް އަމާޒުކޮށްގެން އިތުރު ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ޖޫން މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަލާއިރު، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ލީޑިންގ މާރކެޓެވެ. މިގޮތުން މި މުއްދަތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 119,167 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 732،884 ޖުމްލަ އެރައިވަލްގެ 14.3 އިންސައްތަ މާރކެޓް ޝެއަރއެވެ. އިންޑިއާއަކީ 2021 ވަނަ އަހަރު (278،740ށްވުރެ ގިނަ ފަތުރުވެރިންނާއެކު) ރާއްޖެއަށް ފަތުރުވެރިން އައި އެންމެ ބޮޑު މާރކެޓެވެ. އެއީ ޖުމްލަ އެރައިވަލްގެ 22.6 އިންސައްތައެވެ. އިންޑިއާއަކީ 2020 ވަނަ އަހަރުގެވެސް އެންމެ ބޮޑު އެއް މާރކެޓެވެ. އެއީ 62,960 ފަތުރުވެރިންނާއެކު، މާކެޓުގެ 11.3 އިންސައްތައާއެކުއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާރޓްނަރުންނާއެކު 22 މާރކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައްވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ "ވޯރލްޑް ޓްރެވަލް އެވޯރޑްސް (ޑަބްލިއުޓީއޭ) 2021"ގައި "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ވިލާތުން ރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީއެއް

އިނގިރޭސި ވިލާތުން ރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީއެއް

24 ޖުލައި 2017
އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

17 ޖުލައި 2017
ޕީޕީއެމް ޓީމެއް ލަންކާއަށް ދިއުމުން ވެސް މެންބަރުންނާ ބައްދަލެއް ނުކުރެވުނު!

ޕީޕީއެމް ޓީމެއް ލަންކާއަށް ދިއުމުން ވެސް މެންބަރުންނާ ބައްދަލެއް ނުކުރެވުނު!

06 ޖުލައި 2017
ލީޑަރުން ހައްޔަރުކުރާވަރަކަށް ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުން، އިދިކޮޅުން ރޭސް ނިންމައިފި: އަމީން

ލީޑަރުން ހައްޔަރުކުރާވަރަކަށް ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުން، އިދިކޮޅުން ރޭސް ނިންމައިފި: އަމީން

20 ޖޫން 2017
ޑިންގީ ބަންޑުން ޖަހާލައި ފުލުސް މީހާ ގެއްލުނު މައްސަލައިގެ ތަހުގީގަށް ޚާއްޞަ ޓީމެއް

ޑިންގީ ބަންޑުން ޖަހާލައި ފުލުސް މީހާ ގެއްލުނު މައްސަލައިގެ ތަހުގީގަށް ޚާއްޞަ ޓީމެއް

08 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު