Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުން

ކުރެވޭނީ މަސައްކަތް، ކަންކަން ފުރިހަމަވާން ވަގުތު ނަގާނެ: އާޓެޓާ

17 ޖުލައި 2022 | އާދީއްތަ 08:36

އާސެނަލުން ބޭނުންވަނީ ދިގު މުއްދަތަކަށް ސަކާ ޓީމުގައި މަޑުކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2022 | އާދީއްތަ 08:36
އާޓެޓާ އަދި ސަކާ

އާޓެޓާ އަދި ސަކާ

ކަންކަން ފުރިހަމަވުމަށް ވަގުތު ނަގާނެކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ މިހެން ބުނީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލޭންޑުގެ މިޑްފީލްޑަރު ބުކަޔޯ ސަކާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. 2018 ވަނަ އަހަރު އާސެނަލަށް ކުޅެން ފެށި ސަކާ ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މީގެ ކުރިން ވެސް އިތުރުކޮށްފައެވެ. 2020 ވަނަ އަހަރު އޭނާ އައުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. އެހެންކަމުން މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ ދެ އަހަރު އަދި އެބަ އޮތެވެ.

އާސެނަލްގެ ކޯޗު ކަމުގެ މަގާމާ އާޓެޓާ ހަވާލުވި ފަހުން ސަކާ އަކީ އޭނާގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތުގައި އޭނާ އަކީ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިޔަކަށް ވާނެއެވެ.

ސަކާއާ ގުޅޭ ގޮތުން އާޓެޓާ ބުނީ ކުލަބުގައި އިތުރަށް އޭނާ މަޑުކުރުވަން މަސައްކަތް ކުރާނެކަމަށެވެ. މިވަގުތަށް ކުލަބާއި، ސަކާ ވެސް ބޭނުންވާ ގޮތަކީ އެއީކަން ފާހަގަކޮށް އާޓެޓާ ބުނީ، ކޮންމެ ކަމެއް ވެސް ވާން ވަގުތު ނަގާނެ ކަމަށެވެ. އާޓެޓާ މިހެން ބުނެފައިވާއިރު، އާސެނަލުން ބޭނުންވަނީ ދިގު މުއްދަތަކަށް ސަކާ ޓީމުގައި މަޑުކުރާށެވެ.

އާސެނަލުން 2018 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ސަކާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 131 މެޗުގައި 23 ލަނޑު ޖަހާފައެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރވުމުގެ ގޮތުން އާސެނަލުން އެވަރޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަކާ ވަނީ ލަނޑު ޖަހާފައެވެ.

އާސެނަލާއެކު ހޭދަކުރި މުއްދަތުގައި ސަކާ ވަނީ އެ ޓީމާއެކު 20-2019 ގެ އެފްއޭ ކަޕާއި، 2020 ވަނަ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު 19-2018 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ރަނަރަޕް ކަން ހޯދާފައެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް