Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތަކެތީގެ އަގު ބަލަން "ޑީއެމް" ކުރަންވީ ކީއްވެ؟

ތަކެތީގެ އަގު ބަލަން "ޑީއެމް" ކުރަންވީ ކީއްވެ؟

16 ޖުލައި 2022 | ހޮނިހިރު 13:19

ރާއްޖޭގައި ރަޖިސްޓްރީނުކޮށް ވިޔަފާރިކުރާ ޕޭޖުތައް ވަރަށް ގިނަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ޖުލައި 2022 | ހޮނިހިރު 13:19
އޮންލައިން ޝޮޕިންގ

އޮންލައިން ޝޮޕިންގ

މުޅި ދުނިޔެ ސޯޝަލް މީޑިއާގެ ޒަރީއާއިން ގުޅާލާފައިވާއިރު ސޯޝަލްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން މީހަކަށް އެއްޗެއް ވިއްކާލުމަކީ މިހާރު އުދަނގޫކަމެއްނޫނެވެ. ކޮންމެ މީހަކަށް ވެސް އިންސްޓަގްރާމުގައި ނުވަތަ ފޭސްބުކްގައި ނުވަތަ ވައިބަރގައި ޕޭޖެއް ހުޅުވައިގެން ވިޔަފާރި ކުރަން ފެށިދާނެއެވެ. ރާއްޖޭގައި މިގޮތަށް ޕޭޖު ހަދައިގެން ގިނައިން ވިއްކަނީ ބޭރު ގައުމުތަކުން ގެންނަ ތަކެއްޗެވެ. ނަމަވެސް މައްސަލައަކީ ތަކެއްޗެއް ނޫނެވެ. މައްސަލައަކީ އަގެވެ.

ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރި ކުރާ ގިނަ ޕޭޖުތަކުގައި ތަކެތީގެ ފޮޓޯލައި އެއާގުޅޭ މައުލޫމާތު ފުރިހަމައަށް ލިޔެފައި ހުރެއެވެ. މަދުވަނީ އެންމެ އެއްޗެކެވެ. އެއީ އަގެވެ. އެ މުދަލެއް ގަންނަ މީހާއަށް އެންމެ ބޭނުންވާ މައުލޫމާތެވެ. ނަމަވެސް މި މައުލޫމާތު ހޯދަން "ޑީއެމް" ނުވަތަ ޕޭޖަށް ޑައިރެކްޓް މެސެޖް ކުރަން އެ ޕޭޖުތަކުގައި ޖަހައިފައި ހުރެއެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.

ވިޔަފާރިއެއް ކުރާނަމަ އެ މުދަލުގެ އަގު ގަންނަ މީހާއަށް އެނގެންވާނެއެވެ. އެއީ ސިއްރުކޮށްފައި އޮންނަންޖެހޭ އެއްޗެއް ނޫނެވެ. ފިހާރަތަކުގައިވެސް ތަކެތީގެ އަގު އާއްމުންނަށް ފެންނަ ގޮތަށް ޖަހާފައި ބެހެއްޓުން މަޖުބޫރެވެ. އެހެންކަމަށްވާނަމަ ޕޭޖަކުން ވިއްކާ މުދަލެއް ގަންނަން ޑީއެމް ކުރަން މަޖުބޫރުވަނީ ކީއްވެހެއްޔެވެ.

ޕޭޖުތަކުން އަގުތައް ހާމަ ނުކުރަނީ ތަކެތީގެ އަގު މާބޮޑުވެ، މީހުން އެ ނުގަނެފާނެތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ މެސެޖުކުރާ އެކި ފަރާތްތަކަށް އެކި އަގުތައް ހުށަހަޅަން ކަމަށްވެސް ވެދާނެއެވެ. އަދި އެއްވައްތަރެއްގެ މުދާ ވިއްކާނަމަ އަގު ހާމަކޮށްގެން ކޮމްޕެޓިޝަން އިތުރުވެދާނެތީ ކަމަށްވެސް ވެދާނެއެވެ. މިއިން އެއްވެސް ކަމަކީ އަގު ސިއްރުކުރަންޖެހޭ ސަބަބެއް ނޫނެވެ. ކޮމްޕެޓިޝަން އިތުރުވެދާނެތީ ނުވަތަ އަގު ބޮޑުކަމުން އެކަން ފޮރުވަން ފިހާރަތަކުގައިވެސް އަގުތައް ފޮރުވާފައި ނުހުރެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިގޮތަށް ޕޭޖުތަކުން އާއްމުންނަށް ފެންނަ ގޮތަށް އަގު ނުޖަހަނީ އޭގެ އަގު އޮޅުވާލުމުގެ ބޭނުމުގައެވެ. އެގޮތުން، ޕޭޖަށް މެސެޖް ކުރުމުން ބޮޑު އަގު ހުށަހަޅާކަމަށާއި ބޭރުން އެ މުދާ ލިބޭ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ފައިދާ ލައިގެން މުދާ ވިއްކާކަަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. އަދި ބައެއް ޕޭޖުތަކުން މުދާ ގަންނަން މެސެޖުކުރާމީހުންގެ ތެރެއިން އެކި މީހުންނަށް އެކި އަގު ހުށަހަޅާ ކަމަށާއި، އޭގެ ތެރެއިން އަގުބޮޑުކޮށް ގަންނަ މީހަކަށް އެ މުދާ ވިއްކާކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ކުރެއެވެ.

މިކަން ދިފާއުކުރަން ބައެއް ޕޭޖުތަކުން ޕޯސްޓްތައްވެސް ކުރެއެވެ. އެގޮތުން، ބައެއް ޕޭޖުތަކުން ބުނާގޮތުގައި އަގު ސިއްރުކުރަނީއެއްނޫނެވެ. ޝައުގުވެރިވާ ފަރާތްތަކުން މެސެޖް ކުރުމުން ހަމައަގު ކިޔައިދޭކަމަށާއި ހުރިހާ އެންމެނަށް ވެސް ހުށަހަޅަނީ އެއް އަގެއް ކަމަށް ބުނެއެވެ.

ޕޭޖުތަކަށް ޑީއެމް ކުރުމުން ބައެއް މީހުން އެ އެއްޗެއްގެ އަގުބޮޑުވިނަމަވެސް ލަދުންވެސް އެ އެއްޗެއް ގަންނަ ކަމަށްވެއެވެ. އެގޮތުން، ބައެއް ޕޭޖުތަކަށް ޑީއެމްކޮށް އަގު އެހުމުން ބޮޑު އަގެއް ހުށަހެޅުމުން، ނުގަންނާނެކަމަށް ބުނެފިނަމަ ފާޑުކިޔާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާނަމަ އަގު އާއްމުންނަށް ފެންނަ ގޮތަށް ނުޖަހަންވީ ކީއްވެގެންތޯއެވެ. ޑީއެމް ކޮށްގެންވެސް އަގު ބެލުމަށްފަހު ގަންނާނެ ބަޔަކު ގަންނާނެއެވެ. އަދި އަގުބޮޑު ނަމަ ގަންނަން ބޭނުން ނުވާ މީހަކު އެހެން ގޮތެއް ހޯދާނެއެވެ. އަގު ހާމަކޮށްފައި ހުރުމުން ޑީއެމް ކޮށްގެން އެ ދާ ބޭކާރު ވަގުތު ދެ ފަރާތަށްވެސް ސަލާމަތްވީއެވެ.

އޮންލައިން ޕޭޖުތަކަކީ ރާއްޖޭގައި ކުރާ އެހެނިގެން ވިޔަފާރިތަކާ ތަފާތުކޮށް ހިންގާ ވިޔަފާރިތަކެކެވެ. ބައެއް ޕޭޖުތައް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ އުސޫލުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގިނަމަވެސް ގިނަ ޕޭޖުތަކަކީ ރަޖިސްޓްރީނުކޮށް ހިންގާ ޕޭޖުތަކެވެ. އެހެންކަމުން ރާއްޖޭގެ ވިޔަފާރިތަކުން ސަރުކާރަށް ދައްކަން ޖެހޭ މުދަލާއި ޚިދުމަތުން ނަގާ ޓެކްސްވެސް މި ޕޭޖުތަކުން ދައްކާކަށްނުޖެހެއެވެ.

ފީޗަރ ރިޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
23 ޖޫން 2023

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟
23 މެއި 2023

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟
27 ފެބުރުއަރީ 2023

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!
10 ޖެނުއަރީ 2023

މޫލާފައިވާ ޕެލެޓުތައް!

10 ޖެނުއަރީ 2023
މޫލާފައިވާ ޕެލެޓުތައް!
23 ޑިސެމްބަރު 2022

1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟

23 ޑިސެމްބަރު 2022
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
07 ނޮވެމްބަރު 2022

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

07 ނޮވެމްބަރު 2022
"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް