Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީން މިނީ ބަސް ގެނައުން

ރާއްޖޭގެ 4 ސަރަހައްދަކަށް ބޭނުންވާ 36 މިނީ ބަސް ގެނެސްފި

ޚިދުމަތް ދޭން 41 ބަސް ގެންނަން ވަނީ ހަމަޖެހިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ޖުލައި 2022 | ހޮނިހިރު 12:01
އެމްޓީސީސީން ގެނައި މިނީ ބަސްތައް އާޒިމް ބައްލަވާލައްވަނީ

އެމްޓީސީސީން ގެނައި މިނީ ބަސްތައް އާޒިމް ބައްލަވާލައްވަނީ

ރާއްޖޭގެ 4 ސަރަހައްދަކަށް ބޭނުންވާ 36 މިނީ ބަސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ގެނެސްފިއެވެ.

މި ބަސްތައް ރާއްޖެގެނައީ ހޮނިހިރު ދުވަހުއެވެ. މި ބަސްތައް މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާއިރު، މިހާރު ކުރިއަށްދަނީ ޕޯރޓް ކްލިއަރެންސްގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ. ބަސްތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ޕޯރޓަށް ވަޑައިގެންފައެވެ.

އާޒިމް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، މިއީ އެ ކުންފުނިން ގެންނަން ނިންމާފައިވާ 41 ބަހުގެ ތެރެއިން 36 ބަސް ކަމަށެވެ. ބާކީ ހުރި 5 ބަސް މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވިގޮތުގައި، މި ބަސްތަކަކީ މާލެއާއި އައްޑޫސިޓީއާއި ފުވައްމުލައްސިޓީއާއި ލ އަތޮޅުގައި ބަހުގެ ޚިދުމަތް ފަށަން ގެނައި ބަސްތަކެކެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް 31 ޖުލައިގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އައްޑޫއާއި ފުވައްމުލަކާއި ލ އަތޮޅުގައި ވެސް 31 ޖުލައިގައި ބަސް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، ބަސްތައް ވީހާވެސް އަވަހަކަށް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެކި ސަރަހައްދުތަކުގައި ބަސް ސްޓޭންޑުތައް ބަހައްޓާނެއެވެ. މި މަސައްކަތް ކުރަން ބޭނުންވާ ހުއްދައަށް މާލެ ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށާއި، އަދި ޖަވާބެއް ނުލިބޭކަން އާޒިމް ފާހަގަކުރެއްވިއެވެ. ބަސް ސްޓޭންޑްތައް ބެހެއްޓުމުން ކޮންމެ ބަސް ސްޓޭންޑަކަށް 10 މިނެޓުން ބަސް އަންނަގޮތަށް ދަތުރުތައް ރާވަން ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާއިރު އާއްމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން، ޓްރެފިކް ގަވާއިދަށް އެންމެންވެސް ހުރުމަތްތެރިކޮށްހިތުމަށާއި ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ޕާކުނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ގެނައި ބަސްތަކަކީ 25 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އެއީ 20 ސީޓާއި، އަދި ކޮޅަށް ތިބެގެން ދަތުރުކުރެވޭ ގޮތަށެވެ. މި ބަސްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ސީޓުތައް ހުންނައިރު، ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބަހަށް އަރައި ފޭބޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަ 41 ބަހުގެ ތެރެއިން މާލޭގައި ބޭނުން ކުރާނީ 12 ބަސް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ބާކީ ހުރި ބަސްތައް އައްޑޫއާއި ފުވައްމުލަކާއި ލ އަތޮޅަށް ފޮނުވަން ނިންމާފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އަންނަނީ މިނީ ބަހުގެ ޚިދުމަތުގެ އިތުރުން މާލެއާ ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތްތަކަށް ބޭނުންވާ ޑްރައިވަރުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ބަސްތަކާއެކު އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެމްޓީސީސީމިނީ ބަސް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު