Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ޗެމްޕިއަންޝިޕް

ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ސާއިދު ވާދަކޮށްފި

16 ޖުލައި 2022 | ހޮނިހިރު 08:33

ސާއިދުއަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭ ގޮތް ނުވީ ހީޓުގެ އެންމެ ފަހަތުން ނިންމަން ޖެހުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2022 | ހޮނިހިރު 08:33
ވޯލްޑް ޗެމްޕިއަންޝިޕްގައި ސާއިދު ދުވަނީ

ވޯލްޑް ޗެމްޕިއަންޝިޕްގައި ސާއިދު ދުވަނީ

ވޯލްޑް ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ނިމި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިިޔާ ހަސަން ސާއިދު ފުރަތަމަ ބުރުގައި ވާދަކޮށްފިއެވެ.

ސާއިދުއަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭ ގޮތް ނުވީ ހީޓުގެ އެންމެ ފަހަތުން ނިންމަން ޖެހުމުންނެވެ. 100 މީޓަރުގެ ޕްރިލިމިނަރީ ބުރުގައި ސާއިދުއަށް ލިބުނީ ފަސް ވަނައެވެ. އޭނާ ޕްރިލިމިނަރީ ބުރު ނިންމާފައިވަނީ 10.77 ސިކުންތުންނެވެ. ސާއިދު ފުރަތަމަ ބުރު ނިންމީ، 10.83 ސިކުންތުންނެވެ.

ޕްރިލިމިނަރީ ބުރުގައި ސާއިދު ހިމެނުނު ހީޓުގެ ގަދަ ހަތަރެއްގައި ނިންމި އެތުލީޓުންނަކީ އެއް ވަނައިގައި ނިންމި ޕެރަގުއޭގެ ސެޒާ އަލްމިރޯން، ދެ ވަނައިގައި ނިންމި ތަޖިކިސްތާންގެ އިލްދާރު އަހްމަދިއޭފް، ތިން ވަނަ އަށް ދިޔަ ލެބަނަންގެ ނޫރައްދީން ހަދީދް އަދި ހަތަރުވަނަޔަށް ނިންމި ބެލީޒްގެ ޝޯން ގިލްއެވެ. ޝޯން ގިލް ހީޓު ނިންމާފައިވަނީ ސައިދަށްވުރެ މިލި ސިކުންތެއް އަވަހަށް، 10.76 ންނެވެ.

ފުރަތަމަ ބުރުގައި ސާއިދު ވާދަކުރި ހީޓުގެ އެއް ވަނަ މަގާމު ހޯދީ އެމެރިކާގެ ފްރެޑް ކާލީއެެވެ. ދެ ވަނަ އިނގިރޭސި ދުވުންތެރިޔާ ޒާނެލް ހިއުސް ހޯދިއިރު، ތިން ވަނަ ހޯދީ ލައިބީރިއާގެ އެމަނުއަލް މަޓާޑީއެވެ. މި ހީޓުގެ ހަތަރު ވަނަ ނައިޖީރިއާގެ ފޭވޯ އޮޖީނީ ހޯދިއިރު، ފަސް ވަނަ ހޯދީ ޗައިނާގެ ބިންޝިއާން ސޫއެވެ. ފަސް ވަނަ ހޯދި ބިންޝިއާން ސޫ ވަނީ ދެ ވަނަ ބުރުގެ ފަހު ޖާގައެއް ހޯދާފައެވެ. މި ހީޓުގެ ފުލުގައި އޮތީ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޖެރަޑް އެލްކޮކް އާއި ގުޔާނާގެ އެމަނުއަލް އޯޗިބޯލްޑްގެ އިތުރުން ސާއިދުއެވެ.

ސާއިދު އަށް މިއަހަރު ދެން އޮތް ދެ ގޭމްސްއަކީ ޖުލައި މަހުގެ ފަހުކޮޅު އިނގިރޭސި ވިލާތުގައި އޮންނަ ކޮމަންވެލްތު ގޭމްސް އާއި އަންނަ މަހު ތުރުކީގައި އޮންނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްއެވެ.

ހަސަން ސާއިދުއެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
27 މެއި 2023

800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި

27 މެއި 2023
800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި
11 މެއި 2023

އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ

11 މެއި 2023
އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ
08 އެޕްރީލު 2023

އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި

08 އެޕްރީލު 2023
އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި
05 ފެބުރުއަރީ 2023

800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި

05 ފެބުރުއަރީ 2023
800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް