Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބްނާނުގެ އަންހެން ޓުކްޓުކް ޑްރައިވަރު

އިނދަޖެހުނު ބާރު މިނުގައި ރަންކޮޅު ވިއްކާލުމަށްފަހު ހާލާ އެރީ ކުރޮޅިއަށް!

ލުބްނާންގައި ޓުކްޓުކް ޑްރައިވަރުން، ދަތުރަށް އަގު ނަގަނީ އެ ދުވަހަކު ތެޔޮ ލިބޭ ރޭޓަކަށް ބަލައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 08:26
ހާލާ މުޙައްމަދު އަލް-ޔަމާން؛ ލުބްނާންގެ ޓުކްޓުކް ޑްރައިވަރެއް

ހާލާ މުޙައްމަދު އަލް-ޔަމާން؛ ލުބްނާންގެ ޓުކްޓުކް ޑްރައިވަރެއް

ހުރި ވަރެއް އެނގޭނީ ކަމަކާ ޖެހުނީމައޭ ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ބައެއް މީހުންނަކީ ކުރިމަތިވާ ދަތިތަކާއި ތުރާލުގެ ތެރޭގައި މޮޅީން މޮޅިސާލު ލައިގެން އޮންނަ ބަޔަކަށް ވާ އިރު، ދެވުނު ގޮތަކުން ކުރިއަށް ދާން، ގަދަ އަޅާ މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. ގައުމެއް އިނދަޖެހެމުން ދާއިރު ވެރިންނަށް ނިސްބަތް ކޮށް ކުދި ކިއަން މައިޒާންތަކުގައި ވަގުތު ބޭކާރު ނުކޮށް، އަމިއްލަ މަސައްކަތުން، ޖެހުނު ގޮތަކަށް ދިރިއުޅުން ކޮޅަށް ޖަހަން ހިތްވަރު ކުރާ މީހުންވެސް މަދެއް ނޫނެވެ. މިއީވެސް އެފަދަ މީހެއްގެ ވާހަކައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި އާންމު ދިރިއުޅުމުގެ ޒަރޫރީ މުހުތާދުތައް ނުފުދުމުގެ އޮއެވަރަކުން ސަލާމަތް ނުވެގެން އުޅޭ ލުބްނާނުގެ މައެއްގެ ވާހަކައެވެ. 

ޓުކްޓުކް ނުވަތަ ޒަމާނުއްސުރެ ދިވެހިން ކިއާ އުޅޭ ގޮތުން ނަމަ، ކުރޮޅިއަކަށް އަރާ އިން ހާލާ މުޙައްމަދު އަލް ޔަމާން، ކޮޅުކޮޅަށް ހުންގާނު އަނބުރަމުން، އޭނާގެ މެހެމާނުން ގޮވައިގެން އެކި މަންޒިލްތަކަށް ދުއްވަމުން އެ ދަނީ، އާއިލާގެ ޚަރަދުތައް ފޫބެއްދުމަށް އާމްދަނީ ހޯދުމަށެވެ. އޭނާ ދުއްވަން އިން ޓުކްޓުކްއަކީވެސް ޚުދު އޭނާގެ އަމިއްލަ މިލްކެކެވެ. އެކަން ކުރަން ހިތްވަރު ދިނީ، އެ ބަނޑުން އުފަންވި އަންހެން ދަރިފުޅެވެ.

ހާލާއަކީ 3 ދަރިން ބަލަމުން އަންނަ އެކަނިވެރިމައެކެވެ. އިނދެގެން އުޅުނު މީހާ އޭނާ ވަރިކުރި ފަހުން، ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އަމިއްލަ މަސައްކަތުންނެވެ. ގޭތެރޭ މަސައްކަތްތައް ކުރަނީ އަންހެން ދަރިފުޅެވެ. އޭނާގެ ފިރިހެން ދަރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ލިބެއެވެ. ނަމަވެސް، އެ ދަރިންނަށް ކުރަން ޖެހޭ ޚަރަދުގެ ބޮޑުބައެއް އަދާ ކުރަނީ ހާލާއެވެ. މި ދަނޑިވަޅަކީ ލުބްނާނުގައިވެސް ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުންދާ ދަނޑިވަޅެކެވެ. ގައުމު އޮތީ އިގުތިސޯދީ ކާރިސާއެއްގައެވެ. 

އާމްދަނީ ހޯދުމުގެ ގޮތުން ހާލާ ދަނީ އަވަށުގެ އެކި ހިސާބުތަކަށް އަންހެން ފަސެންޖަރުންނާ ކުޑަކުދިން އުފުލާ ދެމުންނެވެ. އަންހެން ޑްރައިވަރަކާއެކު ދަތުރުފަތުރު ކުރުމަކީ، އޭނާގެ ކަސްޓަމަރުންނަށްވެސް ލިބޭ ހިތްހަމަޖެހުމަކަށް އޮންނަނީ ވެފައެވެ. ރައްކާތެރިކަން އިހްސާސް ކުރެވޭތީއެވެ. ދަތުރު ކޮށްދޭ އަގުވެސް ހެޔޮ ވީމައެވެ. ލުބްނާނުގެ މަސްރަހު އޮތް ގޮތުން ކާރޫބާރޫ ބޮޑު، އުޅަނދުތަކުން ތޮއްޖެހިފައިވާ ވެއްޓަކަށްވެސް ހާލާގެ ޓުކްޓުކް ވަރެއް ނެތެވެ.

ހާލާއަކީ އަންހެން ޑްރައިވަރެއް ކަމުން، އެއްތަނުން އަނެއް ތަނަށް ދަރިން އުފުލުމުގައިވެސް ގިނަ މައިން، ހާލާއަށް އިތުބާރު ކުރެއެވެ. ހާލާއާއެކު އެމީހުންގެ ދަރިން ތަންތަނަށް ފޮނުވުމުގެ ސަބަބުން، ދެކޮޅަށް ދުއްވަން ޖެހޭ ދުއްވުންތަކަށް ހިނގާ ޚަރަދުތައް، އެތައް އާއިލާއަކަށް ސަލާމަތް ކުރެވެއެވެ. 

ލުބްނާންގައި ޓުކްޓުކް ޑްރައިވަރުން، ދަތުރަށް އަގު ނަގަނީ އެ ދުވަހަކު ތެޔޮ ލިބޭ ރޭޓަކަށް ބަލައިގެންނެވެ. ކިރިއާވެސް އަތް ފޯރާ ފަށުގައި އެ އަގު ހުންނަނީ، ސަބްސިޑީޒްގެ އެހީގައެވެ. ނަމަވެސް 2019 ވަނަ އަހަރު، ލުބްނާނުގެ އިގުތިސޯދު ބާރު ދުވެލީގައި ގޮސް، ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓުނު ފަހުން، ތެލުގެ އަގުތައް ވަނީ 20 ގުނަ އުފުލިފައެވެ. 

ނަތީޖާއެއްގެ ގޮތުން މަގުތަކުން ޓުކްޓުކް ފެންނަ މިންވަރު ދަނީ އިތުރު ވަމުންނެވެ. ހާލާ ފަދަ އެތައް ބަޔަކު ދަނީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރަމުންނެވެ. ކަމެއް ރަނގަޅުކޮށްދޭނެ، ވަކި ބައެއްގެ މައްޗަށް ނުވަތަ ވަކި ސަރުކާރެއްގެ މައްޗަށް ބުރަ ނުވެވޭތޯ ބަލަމުންނެވެ.

ލެބަނަންލުބްނާނުގެ އަންހެން ޓުކްޓުކް ޑްރައިވަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު