Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓޯނިއޯ ހޯޒޭ ޑި އިރިސަރީ އިއްޒަތް

ޝާހިދަށް ގުއާޓަމާލާގެ ގައުމީ ލަގަބެއް އަރުއްވައިފި

16 ޖުލައި 2022 | ހޮނިހިރު 06:54

ލަގަބު އަރުވާފައިވަނީ ޝާހިދު ޚާރިޖީ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖުލައި 2022 | ހޮނިހިރު 06:54
ޝާހިދަށް ގުއާޓަމާލާގެ ލަގަބެއް

ޝާހިދަށް ގުއާޓަމާލާގެ ލަގަބެއް

ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް އަށް އަރުވައިފިއެވެ.

‎މި އިއްޒަތް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއާޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.

Advertisement - newsAdvertisement

‎އަބްދުﷲ ޝާހިދަށް މި އިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތުގެ" ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑްގެ ހާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތައް މީގެ ތެރެއިން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

‎އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ. މި އިއްޒަތް އެ ގައުމުން އަރުވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.

‎އެ ނިޝާންގެ އިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

‎މިނިސްޓަރު ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ 13 ޖުލައި ވީ ބުދަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސްއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި، ގާނޫނު ހަދާ މަޖީހުގެ ރައީސްއާއި، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ. އަދި އެގައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޚާރިޖީ ވުޒާރާޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް