Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާއިން ވެސް މަންކީޕޮކްސް ފެނުން

އިންޑިއާއިން ވެސް މަންކީޕޮކްސް ފެނިއްޖެ

މަންކީ ޕޮކްސް ޖެހިފައިވާ މީހާ ވަނީ އެކަހެރި ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 02:15
މަންކީޕޮކްސް އަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

މަންކީޕޮކްސް އަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

އިންޑިއާއިން ވެސް މަންކީޕޮކްސް ބަލި ފެނިއްޖެއެވެ.

އެ ޤައުމުގެ ދަ ހިންދޫ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބަލި ފެނިފައިވަނީ ޔޫއޭއީ އިން އިންޑިއާގެ ކެރެލާއަށް ދިޔަ 35 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. އެކަން އެ ޤައުމުގެ ހެލްތު މިނިސްޓްރީން މިހާރުޔަގީންކޮށްދީފައިވާ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހާ ޔޫއޭއީ އިން އިންޑިއާއަށް ދިޔައީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓް ކުރުމާއެކު ބައްޔަށް ޓެސްޓު ކުރުމުން މަންކީޕޮކްސްއަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ މީހާ މިހާރު ވަނީ ޓްރިވަނަންދަ ޕުރަމްގެ ހޮސްޕިޓަލެއްގައި އެކަހެރި ކޮށްފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޤައުމުން ރިޕޯޓް ކުރެއެވެ. އޭނާއާއެކު އޭނާއާ ދިމާވި ހުރިހާ މީހުން ވެސް މިހާރު ވަނީ އެކަހެރި ކޮށްފައެވެ. މީގެ ތެރޭގައި އޭނާގެ މައިންބަފައިންނާއި އޭނާ ގޮވައިގެން ރިކްޝާގައި ދަތުރު ކުރި ޑްރައިވަރުންނާއި ހޮސްޕިޓަލުގައި އޭނާއާ ދިމާވި ޑޮކްޓަރާއި އޭނާ ދަތުރު ކުރި ފްލައިޓުގެ 11 މީހަކު ހިމެނެއެވެ.

މަންކީޕޮކްސް އާންމުކޮށް ފެނިފައިވަނީ އެކަހެރިކޮށް ހުރި މެދު އަދި ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުންނެވެ. މަންކީ ޕޮކްސް އަކީ މަދުން ފެންނަ އަދި އޭގެ ނުރައްކާ ކުޑަ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މަންކީޕޮކްސް ޖެހޭ މީހުން އާންމު ގޮތެއްގައި ހަފްތާއެއްގެ ތެރޭގައި ބަލިން ފަސޭހަވާ ކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތް ސަރވިސްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ވައިރަސް އެހާ ފަސޭހައިން މީހުންގެ ތެރޭގައި ނުފެތުރޭ ކަމަށާއި، އަދި އާންމުންގެ ތެރޭގައި ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ވެސް ވަނީ ބުނެފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގެ ހަންގަޑުގައި ފިތް ޒާތު އެއްޗެތި ނެގުން ހިމެނެއެވެ.

މަންކީޕޮކްސްއަށް ވަކި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ސްމޯލްޕޮކްސް ނުވަތަ ހިމަ ބިހި އެއީ މަންކީޕޮކްސްއާއި އެއްގޮތް ވައިރަހަކުންޖެހޭ ބައްޔަކަށް ވުމުން، ސްމޯކްޕޮކްސްއަށް އުފައްދާފައިވާ ވެކްސިން ޖެހުމުން 85 އިންސައްތަ ރައްކާތެރިކަން ލިބެއެވެ.

މަންކީ ޕޮކްސްއިންޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު