Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަޕާންގެ ސިޔާސީ މަސްރަހު

އަކިއޭ އަބޭ: ޖަޕާން ދުށް ތަފާތު ފަސްޓް ލޭޑީއެއް

15 ޖުލައި 2022 | ހުކުރު 14:54

ފިރިކަލުންގެ ޕޮލިސީތަކާއި ޚިލާފު ކަންކަމަށް ވެސް އަކިއޭ ތާއީދުކުރައްވާކަން ފާޅުކުރައްވާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 ޖުލައި 2022 | ހުކުރު 14:54
ޝިންޒޯ އަބޭގެ ހުވަފަތް އަނބިކަނބަލުން އަކިއޭ އަބޭ

ޝިންޒޯ އަބޭގެ ހުވަފަތް އަނބިކަނބަލުން އަކިއޭ އަބޭ

ޖަޕާންގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލެވުނުތާ ހުކުރު ދުވަހަށް އެއްހަފްތާ ވެފައިވާއިރު އަބޭގެ ހުވަފަތް އަނބިކަނބަލުން އަކިއޭ އަބޭގެ ހަޔާތްޕުޅަށް ކުޑަކޮށް ނަޒަރު ހިންގާލަމެވެ.

ގިނަ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އަކިއޭ އަކީ އާދަޔާ ޚިލާފު ބޭފުޅެކެވެ. އާދަޔާ ޚިލާފު ހިތްވަރުފުޅެއްގެ ވެރިއެކެވެ. ފިރިކަލުންގެ ހަށިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލެވުނު ހާދިސާއަށްފަހުވެސް ހިތްވަރުފުޅު ބަލިވިކަން އެއްވެސް ވަރަކަށް ބޭރުފުށަށް ދައްކަވާފައެއް ނުވެއެވެ. ސެކިއުރިޓީ ގާޑުން ފިޔަވައި އިތުރު މީހަކުނެތި ގިނިކަންޏާ އެއްގަޑިއިރުގެ ރޭލު ދަތުރެއް ކުރައްވާ ފިރިކަލުންގެ ހަށިކޮޅު ގެންދެވުނު ހޮސްޕިޓަލަށް އެކަމަނާ ވަޑައިގެންނެވިއެވެ. އަދި އަބޭގެ ހަށިކޮޅު އަނބުރާ ޓޯކިޔޯގައި ހުންނަ އެދެކަނބަލުންގެ ގެކޮޅަށް ގެނެވުނު މޮޓޮކޭޑްގައި އަކިއޭ ވަޑައިގެންނެވިއެވެ.

އަކިއޭ މަޓްސުޒާކީ 1987 ވަނަ އަހަރު ޝިންޒޯ އަބޭއާ ކައިވެނި ބައްލަވައިގެންނެވި އިރު، އަބޭ ހުންނެވީ ސިޔާސީ އިސް ބޭފުޅެއްގެ އެއިޑަކަށެވެ. އޭރު އަކިއޭ ހުންނެވީ ޖަޕާންގެ އެންމެ ބޮޑު އެޑްވަޓައިޒިންގ އޭޖެންސީގެ ވަޒީފާއެއްގައެވެ. ކައިވެނިފުޅަށް ފަހު، ޖަޕާންގައި ކަންކުރަމުން އަންނަ އާދަކާދަޔާ އެއްގޮތަށް  އަކިއޭ ވަޒީފާ ދޫކޮށްލެއްވި ނަމަވެސް، އަކިއޭ ފެނިގެން ދިޔައީ ހުރިހާގޮތަކުންވެސް ތަފާތު ބޭފުޅެއްގެ ގޮތުގައެވެ.

ޝިންޒޯ އަބޭއާ ބައްދަލުވިއިރު އުމުރުފުޅަކީ 22 އަހަރެވެ. 1987ގަ ކައިވެނި ބައްލަވައިގަތީ ދެއަހަރު ދުވަހު އެއްކޮށް އުޅުއްވުމަށްފަހުއެވެ.

ޝިންޒޯ އަބޭގެ ދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ. ކައިވެނީގެ ކުރީކޮޅު އެކަމަށް އެކި ފަރުވާކުރެއްވި ކަމަށް އަބޭ ޖަޕާނުގެ މީޑިޔާއަށް ކުރިން ވިދާޅުވެފައި ވެއެވެ.

ސިންޒޯ އަބޭއާ ކައިވެނިފުޅު ބައްލަވައިގެން، 35 އަހަރެއްހާ ދުވަހުގެ ތެރޭ ޖަޕާނުގެ ރައްޔިތުން އަކިއޭ އަބޭ ދަންނަނީ އަމިއްލަ ޚިޔާލު ފާޅުކުރައްވާ، ކަންކަމާ މަސްއޫލުވެގެން އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެން ވެސް ފަސްޓް ލޭޑީންނާއި ޚިލާފަށް ފިރިކަލުންގެ ހިޔަނީގަ ނިވާވެގެން ހުންނަވަން އަކިއޭ ބޭނުންފުޅެއް ނުވިއެވެ. އަމިއްލަ އެޖެންޑާއެއް ގެންގުޅުއްވާ އެކިއެކި ހަރަކާތްތައް ރާއްވަވާ އަދި އެމެރިކާފަދަ ޤައުމެއްގެ ފަސްޓް ލޭޑީން އުޅުވާ ބީދައަކުން ކަންތައްތައް ކުރައްވަމުން ގެންދެވިއެވެ.

އަކިއޭ އަބޭ ތާއީދު ކުރައްވާ އެކިއެކި ކަންކަމަށް ސަޕޯޓް ހޯއްދެވުމަށް އެއްވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. ބައެއްފަހަރު އެއީ ފިރިކަލުން ޝިންޒޯ އަބޭގެ ޕޮލިސީއާ ތައާރުޒުވާ ކަންކަމަށް ވިއަސް އެވެ. ނިއުކްލިއަރ ބާރަކަށްވުމަށް އަބޭ ތާއީދުކުރެއްވި އިރު އަކިއޭ އެކަމާ ދެކޮޅު ހެއްދެވިއެވެ. އެމެރިކާގެ މެރިން ކޯ ބޭސް ފުޅާކުރެއްވުމަށް އަބޭ ތާއީދުކުރެއްވި އިރު އެކަމާ ދެކޮޅު ހެދި ފަރާތްތަކާއެކު އަކިއޭ މުޒާހަރާއަށް ނުކުންނަވާފައި ވެއެވެ. މިފަދަ ކަންކަމާ ގުޅިގެން ޖަޕާންގެ މީޑިއާއިން އެކަމަނާއަށް ވަނީ ވަނަމެއް ވެސް ދީފައެވެ. އެއީ "އަބޭގެ ގޭތެރޭގެ އިދިކޮޅު ޕާޓީ" އެވެ.

އަކިއޭ އަބޭގެ މަސައްކަތްޕުޅުގެ ތެރެއިން ބައެއްފަހަރު އާންމު އުސޫލުން ބަލާނަމަ ތަންކޮޅެއް ތަފާތު ކަންކަމަށް ވެސް ތައީދު ކުރައްވާފައިވެއެވެ. މިގޮތުން އެއްޖިންސުން ކައިވެނި ކުރުމަށް ތާއީދު ކުރެއްވުމާއި މެޑިކަލް މަރުއާނާއަށް ތާއީދު ކުރެއްވުން ހިމެނެއެވެ.

މަސައްކަތްޕުޅުގެ ތެރެއިން ކިތަންމެ ބޮޑަށް ޚިޔާލު ތަފާތުވި ނަމަވެސް ދެބޭފުޅުންގެ ދެމެދުގައިވާ ލޯބި ހާމަކުރެއްވުމަށް ދެބޭފުޅުންވެސް ފަސް ޖެހިވަޑައިނުގަންނަވައެވެ. ޖަޕާންގެ ސިޔާސީ ވެރިން އާންމުކޮށް ކުރައްވާތީ ނުފެނުނު ނަމަވެސް އާންމު ތަންތަނުގައި އަތުގައި ހިފާލުންފަދަ ކަންކަން ކުރެއްވުމަކީ ޝިންޒޯ އަބޭ އާއި އަކިއޭ އަބޭ ކުރައްވާ ކަންކަމެވެ. މީގެ އިތުރުން އަކިއޭ އަބޭ އިންސްޓަގްރާމް ޕޯސްޓްތަކުން ފިރިކަލުންގެ ލޯބި ފޮޓޯތައް ފެނުމަކީވެސް އާންމު ކަމެކެވެ. ހިނިތުންވެލުމާއެކު އެކުގައި ހިންގަވާލައްވަނިކޮށެވެ. އެނިވަރސަރީތަކާ އެހެންވެސް މުނާސަބާތައް ދެބޭފުޅުން އެކުގައި ނުހަނު ލޯތްބާއެކު ފާހަގަކުރައްވާ މަންޒަރު ފެންނަ ފޮޓޯތައް ފެނުމަކީ އާންމު ކަމެކެވެ.

އަކިއޭ އަބޭއަކީ ޖަޕާނުގެ ފަސްޓް ލޭޑީންގެ ތެރޭން ސޯޝަލް މީޑިޔާ، ޚާއްސަކޮން ފޭސްބުކް އާއި އިންސްޓަގްރާމް އެހާ ފުޅާކޮށް ބޭނުންކުރައްވާ ފުރަތަމަ ބޭފުޅާއެވެ. އަދި އެކަމަނާގެ ހަޔާތްޕުޅުގެ ކަންކަން އެތައްހާސް ފޮލޯވަރުންނާ ހިއްސާ ކުރައްވަމުން ގެންދަވައެވެ.

އަކިއޭ އަބޭ ތަފާތުވާ އެހެން ބައެއް ކަންކަމުގެ ތެރޭގައި އަމިއްލަ ރެސްޓޯރަންޓެއް ހިންގެވުމާއި އަމިއްލަޔަށް ހަނޑޫ ފަދަ އެއްޗެތި ހައްދާ އުޅުއްވުން ހިމެނެއެވެ.

ޝިންޒޯ އަބޭގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އަކިއޭ އަބޭ އަލުން ކޮލެޖަށް ވަޑައިގެން ސޯޝަލް ޑިޒައިން ސްޓަޑީސްއިން މާސްޓާރސް ޑިގްރީއެއް ނެންގެވިއެވެ.

އަކިއޭ އަބޭ އުފަންވެ ވަޑައިގެންފައިވަނީ ޖަޕާންގައި ފޮނި ކާތަކެތި ވިއްކުމުގެ ވިޔަފާރީގައި ފާހަކަކޮށްލެވޭ ޓޯކިޔޯގެ މުއްސަނދި އާއިލާއަކަށެވެ. ޕްރައިވެޓް ސްކޫލަކުން ތައުލީމު ހާސިލުކުރެއްވުމަށްފަހު އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ސްކޫލަކުން ތަމްރީން ވެވަޑައިގެންނެވިއެވެ. ޖަޕާނުގެ އެހެން ބައެއް ފަސްޓް ލޭޑީންނާއި ޚިލާފަށް އަކިއޭ އަބޭ ފަރިތަކޮށް އިގިރޭސިބަހުން ވާހަކަފުޅު ވެސް ދައްކަވައެވެ.

ޖަޕާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
27 ޖެނުއަރީ 2025

ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025
ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

18 ޑިސެމްބަރު 2024
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި
02 ނޮވެމްބަރު 2024

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

02 ނޮވެމްބަރު 2024
ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް