Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ؛ ހަނގުރާމައިގެ ބަތަލަކުން އަމިއްލަ ރައްޔިތުންގެ ނަފްރަތު އަމާޒުވި ލަންކާގެ ސިޔާސީ ލީޑަރު

ލަންކާގެ ދާހިލީ ހަނގުރާމަ ނިމުކަމަށް ގެނައުމުގައި އިސްކޮށް ހުންނެވީ ގޮތަބަޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2022 | ހުކުރު 09:50
ގޮތަބަޔާ ރާޖަޕަކްސަ - ލަންކާގެ ސިންހަޅައިގެ މެދުގައި ތާއިދު އޮތް ބޭފުޅެއް

ގޮތަބަޔާ ރާޖަޕަކްސަ - ލަންކާގެ ސިންހަޅައިގެ މެދުގައި ތާއިދު އޮތް ބޭފުޅެއް

ގޮތަބަޔާ ރާޖަޕަކްސައަކީ އެއް އިރެއްގައި ލަންކާގެ ދާޚިލީ ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި އެޤައުމުގެ އެތައް މިލިއަން ރައްޔިތުންނެއް ބަލައިގަނެފައިވާ ވެރިއެކެވެ. ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ގޮތަބަޔާ ބަލައިގަނެފައިވަނީ 30 އަހަރުވާން ކައިރިވެފައި އޮތް ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރައްވާފައިވާތީއެވެ. ސިންހަލަ ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ލަންކާގައި ގޮތަބަޔާގެ މަޤުބޫލުކަން އިތުރުވެގެން ދިޔައީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ދި ލިބަރޭޝަން ޓައިގަރސް އޮފް ޓަމިލް އިލާމް (އެލްޓީޓީއީ) ނުވަތަ ތަމަޅަ ޓައިގަރުން ބަލިކޮށް ލަންކާއަށް އަމަންކަން ގެނެސްދީ ސުލްހަ ގާއިމްކޮށްދީފައިވާތީއެވެ.

ނަމަވެސް ގޮތަބަޔާ އަކީ ބަތަލެއްކަމަށް ދެކުނު މީހުން ވަނީ، މިއިން ޒަމާނެއްގައި ލަންކާއަށް ދިމާ ނުވާފަދަ އިޤްތިސާދީ ކާރިސާ އާއި ގައުމު ބަގުރޫޓްވުމާއި ގުޅިންގެ އެކަމުގެ ރުޅިވެރިކަމާއި، ހިތްހަމަނުޖެހުމާއި ނަފްރަތުގައި އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ވެސް ވަދެގަނެފައެވެ. އެތައް ހާސް ބަޔަކު އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ވަދެ އެތަން ހިސޯރުކުރި އިރު، ގޮތަބަޔާ ހުންނެވީ ގޮތް ހުސްވެވަޑައިގެން އަސްކަރިއްޔާގެ ހިމާޔަތުގައެވެ. އަދި އޭގެ ފަހުން ދެން އަޑު އިވުނީ ޤައުމުން ފިއްލަވާ ވަޑައިގެންނެވި ވާހަކައެވެ.

އުމުރުފުޅުން 73 އަހަރުގެ ގޮތަބަޔާއަކީ، ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅެވެ. ގޮތަބަޔާއަކި ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރީގައި އަސްކަރިއްޔާގެ އޮފިސަރެކެވެ. ގޮތަބަޔާ އަކީ އަސްކަރިއްޔާގައި އުޅުއްވި އިރު ޚާއްސަ ތަމްރީނުތަކެއް ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން ކައުންޓަރ އިންސަރޖެންސީ އެންޑް ޖަންގަލް ވަރފެއަރ ސްކޫލުން ޚާއްސަ ތަމްރީނުތަކެއް 1980 ގައި ހޯއްދަވާފައިވެއެވެ. މިއީ ޖަންގަލީތަކުގެ ތެރޭގައި ކުރާ ހަނގުރާމަތަކަށް އޮފިސަރުން ޓްރެއިން ކުރަން އައްސާމުގައި އެއިރު ގާއިމްކޮށްފައިވާ މަރުކަޒެކެވެ.

ގޮތަބަޔާ އަކީ މިހާތަނަށް ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ބޭބޭފުޅުންގެ ތެރެއިން އަސްކަރީ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ހަމައެކަނި ވެރިޔާއެވެ. އެމަނިކުފާނު ލަންކާގެ ރައީސް ކަމަށް 2019 ވަނަ އަހަރު ވަޑައިގެންނެވީ ބޮޑެތި ވައުދުފުޅުތަކާއެކުގައެވެ.

ނަމަވެސް ވެރިކަމުގެ ދައުރުގެ މެދުތެރެއިން މަޤާމުން އިސްތިއުފާ ދެއްވީ، އެތައް ހާސް ބަޔަކު އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ގަދަކަމުން ވަތް ފަހުންނެވެ. ލަންކާގެ އެތައް މިލިއަން ރައްޔިތުންނެއް ޤަބޫލުކުރާ ގޮތުގައި ލަންކާއަށް މިނިވަންކަން ލިބުނުފަހުން، މިއަދު އެޤައުމު އޮތް އިޤްތިސާދީ އަނދަވަޅަށް ވެއްޓުނު މައިގަނޑު ސަބަބަކީ ގޮތަބަޔާއެވެ. މީގެ 70 އަހަރު ކުރިން ލަންކާއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނީ 1948 ގައެވެ. އެފަހުން ދާޚިލީ ހަނގުރާމައިގެ ތެރޭގައި ލަންކާގެ ހާލަތު ނުދާހާ ދަށަށް މިއަދު އެޤައުމުގެ ހާލަތު ވެއްޓިފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ލަންކާ ބަނގުރޫޓުވެ އިޤްތިސާދީ ކާރިސާއަކަށް ވެއްޓިފައިވާ އެއް ސަބަބަކީ ޤައުމުގައި ބޭރު ފައިސާ ނެތުމާއި، އަދި އެކަމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެޔޮ ނުލިބުމުގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުމެވެ.

ރައްޔިތުންގެ ޕްރެޝަރާއެކު އެޕްރީލް މަހުގެ މެދުތެރޭގައި ގޮތަބަޔާ ވަނީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ޗަމަލް ރާޖަޕަކްސަ އަދި އެމަނިކުފާނަށް ބޮޑުބޭބޭ ވިދާޅުވާ ނަމާލް ރާޖަޕަކްސަ ކެބިނެޓުން ވަކިކުރައްވާފައެވެ. އަދި ފަހުން ބޮޑުވަޒީރުކަމުގައި ހުންނެވި ގޮތަބަޔާގެ ބޮޑުބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނަށް ވަފާތެރި ފަރާތްތަކަށް ލަންކާގެ އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހު އުފެއްދުމަށް މަސައްކަތް ކުރުމުން، މަހިންދަގެ ސަޕޯޓަރުން ސަރުކާރާ ދެކޮޅު މީހުންނަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ.

ގޮތަބަޔާ ވަނީ ލަންކާގެ ކާރިސާއާއި ދެކޮޅަށް ފަހުން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ރަނިލް ވިކްރަމްސިންހައާއެކު މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ލަންކާ ކުޑަކަކޫ މައްޗަށް ތިރިކޮށްލި އިޤްތިސާދީ ކާރިސާއެކު، އެގައުމުގައި ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ރަސްމީ ގެކޮޅު ދޫކުރައްވާ ރައްކާތެރި ހިސާބަކަށް ގޮތަބަޔާ ފަހުން ވަޑައިގަންނަވަން ޖެހުނެވެ.

އަދި ހުންނެވި ވަކިތަނެއް ހާމަ ނުކުރައްވާ، ނިމިގެންދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާ އަށް އެންގެވީ މަޤާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް އިސްތިއުފާ ނުދެއްވާ އަންގާރަ ދުވަހުގެ ދަންވަރު ލަންކާގެ ވައިގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު، އަސްކަރީ މަތިންދާ ބޯޓެއްގައި ލަންކާ ދޫކުރައްވާ ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ހުންނެވުމަށްފަހު ބުރާސްފަތި ދުވަހު ސިންގަޕޫރަށް އަމިއްލަ ދަތުރުފުޅެއްގައި ވަޑައިގެންނެވިއެވެ. އަދި އިސްތިއުފާގެ ސިޓީ ސިންގަޕޫރުގައި ހުންނަވައިގެން މަޖިލީހުގެ ރައީސްއަށް ފޮނުއްވިއެވެ.

ގޮތަބަޔާ ވަނީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2005ން 2014ށް އަށް ހުންނެވި އިރު ޑިފެންސް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ. އަދި ލަންކާގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތީ ނޮވެމްބަރ 18، 2019 ގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ބުދިސްޓުންގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި އެޕްރީލް 21، 2019 ގައި އީސްޓަރ ބޮން ހަމަލާއާއި ގުޅިގެން އެޤައުމުގައި އިސްލާމީ ހަރުކަށި ފިކުރު އޮތްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އީސްޓަރ ބޮން ހަމަލާގައި 250 މީހަކު މަރުވިއެވެ.

ލަންކާގައި ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ބަލައިގަނެފައިވާ ގޮތަބަޔާ އަދާކުރެއްވި ރޯލަކީ ތަމަޅަ ޓައިގަރުންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލާ ތަމަޅަ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލާ، އެކަންތައް ނިމުމަކަށް ގެނައުމެވެ. ނަމަވެސް 2009 ވަނަ އަހަރު ހިނގައި ދިޔަ މި ހަމަނުޖެހުންތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި ޚިލާފުވިކަމުގެ ތުހުމަތު ގޮތަބަޔާގެ މައްޗަށް ކުރެވުނެވެ. ނަމަވެސް އެކަން އެމަނިކުފާނު ދޮގުކުރެއްވިއެވެ.

ވެރިކަމަށް ވަޑައިގެން ގޮތަބަޔާ ހުވާކުރެއްވީ، ޓަމަޅައިގެން ރަސްކަލެއް ބަލިކުރެއްވި ސިންހަޅައިގެ ރަސްކަލެއް ކަމަށްވާ ޑުޓުގެމެނު ބިނާކުރެއްވި ސިންހަޅައިގެން ފައްޅިއެއްކަމަށްވާ ރުވަންވެލިސަޔާގައެވެ. އަދި މިއާއެކު މުސްލިމުންނާއި ހިންދޫންގެ 20 އިންސައްތަ އާބާދިއެއް އޮންނަ ލަންކާގައި ވެރިއަކަށް އައި ފަރާތަކީ ސިންހަޅައިންނަށް ބޮޑަށް ބުރަވެފައިވާ ސަރުކާރެއްގެ ގޮތުގައި ލިޔެވިގެންދިޔައެވެ.

ގޮތަބަޔާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އޭނާގެ ބެއްލެވުމުގެ ދަށުން އަނިޔާވެރިވުމާއި، އާންމުންނާއި ހަނގުރާމަވެރިން މަރާލާ ސިޔާސީ ފަރާތްތައް މަރާލުން ހިމެނެއެވެ. ގޮތަބަޔާގެ އިތުރުން މަހިންދަގެ މައްޗަށް، ލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރެވުނު މީހުންނަށް ޖިންސީ އަނިޔާ ކުރުމާއި، ގާނޫނުން ބޭރުން މީހުން މެރިކަމުގެ ތުހުމަތުތައް ކުރެއެވެ.

ހަނގުރާމައިގެ ތެރޭގައި ހިންގި ކަންތަކާއި ގަތުލްއާމާއި އަދި ތަމަޅައިންގެ އެތައް ބަޔަކު މަރާލި މައްސަލައިގައި ތަމަޅައިގެން އެންމެ މުހިންމު އެއް ޓާގެޓަކަށް ގޮތަބަޔާ ވެފައިވެއެވެ. ތަމަޅަ ޓައިގަރުންގެ ތެރެއިން މީހަކު އަމިއްލަގައިގައި ބޮން ހަރުކޮށްގެން 2006 ވަނަ އަހަރު ގޮއްވާލާ ގޮތަބަޔާ އަވަހާރަކޮށްލަން މަސައްކަތް ވެސް ކޮށްފައިވެއެވެ. ނަމަވެސް އެކަން ނާކާމިޔާބުވިއެވެ.

މީގެ އިތުރުން ފައިސާގެ ގޮތުން މުއްސަނދި ޗައިނާކޮޅަށް ބުރަވެފައި އޮންނަކަމަށް ވެސް ގޮތަބަޔާގެ ސަރުކާރުގެ މައްޗަށް ތުހުމަތުތައް ކުރެވެއެވެ. މަހިންދަގެ ވެރިކަމުގައި ޗައިނާއިން ލަންކާގައި އުމްރާނީ ތަރައްޤީގެ ބިޔަ ޕްރޮޖެކްޓްތައް ފެށިއެވެ. އަދި ދާޚިލީ ހަނގުރާމައިގެ ފަހުކޮޅު އެއިރު ބައިނަލްއަޤުވާމީ ދުނިޔެއިން ލަންކާ ވަރަށް ބޮޑަށް އެކަހެރި ކުރިއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޗައިނާގެ ދަރަނީގެ ދަންތުރައިގައި ލަންކާ ޖެހުމުން ކަމަށެވެ.

ލަންކާގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމުގައިވާ ހަމްބަންޓޯޓާ ބަނދަރަކީ ވެސް ޗައިނާއިން ލޯނު ދީގެން އިންވެސްޓްކުރި ބަނދަރެކެވެ. ނަމަވެސް 2017 ވަނަ އަހަރު ލޯން އަނބުރާ ނުދެއްކިގެން 99 އަހަރަށް ބެއިޖިންއަށް ބަނދަރު ދޭންޖެހުނެވެ. ޗައިނާއިން އަތްގަދަކުރަމުން ދާ ލަންކާއަކީ ތާރީޚުގެ ތެރެއަށް ބަލާނަމަވެސް، އިންޑިއާ ކަނޑުގައި ލަންކާ އޮންނަ ހިސާބުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުގެ މެދުގައި މުހިންމު ތަނެކެވެ.

ޖޫން 20، 1949 ވަނަ އަހަރު މަތާރާ ޑިސްޓްރިކްޓްގެ ޕަލަޓުވާ އަށް އުފަންވެވަޑައިގެންނެވި ގޮތަބަޔާއަކީ ފުންނާބު އުސް ސިޔާސީ އާއިލާއަކަށް އުފަންވެވަޑައިގެންނެވި 9 ބޭފުޅުންގެ ތެރޭގައި 5 ވަނަ ބޭފުޅާއެވެ. ބައްޕާފުޅަކީ 1960 ގެ އަހަރުގެ ތެރޭގައި ވިޖެޔަނަންދް ދަހަނަޔަކެގެ ސަރުކާރުގައި އިސް މަޤާމުގެތަކެއް އަދަކުރެއްވި ޑޯން އަލްވިން ރާޖަޕަކްސައެވެ. އަދި ޑޯން އަލްވިންއަކީ ސްރީލަންކަން ފްރީޑަމް ޕާޓީ އުފެއްދި ބޭފުޅާއެވެ. މަންމާފުޅަކީ ދަންދިނާ ސަމަރަސިންގ ނީ ޑިސްސަނަޔަކެވެ.

ގޮތަބަޔާ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރެއްވީ ކޮލޮމްބޯގެ އާނަންދު ކޮލެޖުންނެވެ. އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީ 1992 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ކޮލޮމްބޯއިން ހާސިލް ކުރެއްވިއެވެ.

ގޮތަބަޔާ ވަނީ ސިލޯން އަސްކަރިއްޔާއަށް ކެޑޭޓް އޮފިސަރެއްގެ ގޮތުގައި 1971 ގައި ގުޅިވަޑައިގެންފައެވެ. އަދި 1983 ގައި ޔުނިވަރސިޓީ އޮފް މަޑްރާސް އިން މާސްޓަރސް އޮފް ޑިފެންސް ސްޓަޑީސް ހާސިލްކުރެއްވިއެވެ.

1991 ވަނަ އަހަރު ސަރ ޖޯން ކޮޓެލަވަލާ ޑިފެންސް އެކަޑަމީގެ ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުގައި ގޮތަބަޔާ އައްޔަން ކުރެވުނެވެ. އަދި އަސްކަރިއްޔާއިން 1992 ވަނަ އަހަރު ރިޓަޔަރވަންދެން މަގާމުގައި ދެމި ހުންނެވިއެވެ.

20 އަހަރު ދުވަހު އަސްކަރިއްޔާއަށް ޚިދުމަތްކުރެއްވި އިރު، ގޮތަބަޔާއަށް ލަންކާގެ ތިން ރައީސުން ކަމުގައިވާ، ޖޭ އާރު ޖަޔެވަރުދެނެ، ރަނާސިންގ ޕްރެމަދާސާ އަދި ޑީ ބީ ވިޖެޓުންގާގެ އަތްޕުޅުން އެވޯޑް ފޮރ ގެލެންޓްރީ ލިބިވަޑައިގެންނެވިއެވެ.

ރިޓަޔަވުމަށްފަހު ޔުނިވަރސިޓީ އޮފް ކޮލޮމްބޯއިން ޕޯސްޓްގްރެޖުއޭޓް ޑިގްރީއަކާއެކު ލަންކާގައި ހުންނަ އައިޓީ ފާމެއްކަމުގައިވާ އިންފޮރމޭޓިކްސްގެ މާކެޓިންގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ފަހުން އެމެރިކާއަށް ބަދަލުވެވަޑައިގެން، 1998 ވަނަ އަހަރު ލޮސް އެންޖަލިސްގެ ލޮޔޯލާ ލޯ ސްކޫލްގައި އައިޓީ ޕްރޮފެޝަނަލްއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

2005 ވަނަ އަހަރު ލަންކާއަށް އެނބުރި ވަޑައިގެން ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުގައި ގޮތަބަޔާ އެހީތެރިވެވަޑައިގެންނެވިއެވެ. އަދި އެ ދުވަސްވަރު ޑުއަލް ސިތިޒެންޝިޕް ނުވަތަ ދެގައުމުގެ ރައްޔިތުކަން ކަށަވަރުކުރެއްވިއެވެ.

ޑިފެންސް ސެކްރެޓަރީގެ މަގާމަށް 2005 ވަނަ އަހަރު ގޮތަބަޔާ އައްޔަން ކުރެއްވީ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައެވެ. އަދި އެ މަގާމުގައި ހުންނަވައިގެން އަސްކަރީ ހުރިހާ އޮޕަރޭޝަނެއް ބަލަހައްޓަވާ، މެއި 2009 ގައި ތަމަޅަ ޓައިގަތުން ބަލި ކުރައްވާ ހަނގުރާމައިގެ ބަތަލެއްގެ ލަގަބު ހޯއްދެވިއެވެ.

މަހިންދަ ރާޖަޕަކްސަ އަނބިކަނބަލުންނަނީ ލޯމާ ރާޖަޕަކްސައެވެ. ގޮތަބަޔާގެ ހުންނަވަނީ އެންމެ ބޭފުޅެކެވެ. އެއީ މަނޯޖް ރާޖަޕަކްސައެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާމަހިންދަ ރާޖަޕަކްސަލަންކާގެ ކާބޯތަކެތީގެ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު