Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގޮތަބަޔާ އިސްތިއުފާ ދެއްވުން

ގޮތަބަޔާގެ އިސްތިއުފާ މަޖިލީހުގެ ރައީސް ބަލައިގަނެފި

ހޮނިހިރު ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2022 | ހުކުރު 07:08
ލަންކާގައި މުޒާހަރާ ކުރަމުން އަންނަ އާންމު ރައްޔިތުން

ލަންކާގައި މުޒާހަރާ ކުރަމުން އަންނަ އާންމު ރައްޔިތުން

އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ އަވަށްޓެރި ސްރީލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ބަލައިގަނެފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރދެނާ ވިދާޅުވީ ސިޓީފުޅަކީ ސައްހަ ސިޓީފުޅެއް ކަމަށާއި، ސިޓީ ފޮނުއްވާފައިވަނީ ބުރާސްފަތި ދުވަހު ސިންގަޕޫރުން ކަމަށެވެ.

އަދި ގާނޫނު އަސާސީގައިވާ ގޮތުން އައު ރައީސަކު އައްޔަން ކުރެއްވުމަށް މަސައްކަތް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އައު ރައީސަކު އައްޔަން ކުރުމުގެ މަސައްކަތާއި ރައީސް ގޮތަބަޔާގެ އިސްތިއުފާއާ ގުޅޭ ކަންކަމުގައި ހޮނިހިރި ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ސްރީލަންކާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، މަގާމުގައި ހުންނަވާ ރައީސް އިސްތިއުފާ ދެއްވައިފިނަމަ، އޮޓޮމެޓިކުން ރައީސްކަމުގެ މަސްއޫލިއްޔަތާއި ބޮޑުވަޒީރު ހަވާލުވެވަޑައިގަންނަވަން ޖެހެއެވެ. ނަމަވެސް އިސްތިއުފާގެ ކުރިން ރައީސް ގޮތަބަޔާ ވަނީ އެމަނިކުފާނުގެ ހުރިހާ މަސްއޫލިއްޔަތެއް ރާއްޖޭގައި ހުންނަވާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހައާ ހަވާލުކުރައްވާފައެވެ. އަދި އިސްތިއުފާ ރަސްމީކޮށް ބަލައިގަތުމާއެކު ވަގުތީ ރައީސްގެ މަގާމު، އައު ރައީސަކު އައްޔަން ކުރެވެންދެން ރަނިލް އަދާކުރައްވާނެއެވެ.

ލަންކާގެ ގާނޫނު އަސާސީއާއި އެއްގޮތަށް މަގާމުގައި ހުންނަވާ ރައީސަކު އިސްތިއުފާ ދެއްވައިފިނަމަ، ގާނޫނު ހަދާ މަޖިލީހުން 30 ދުވަހުގެ ތެރޭގައި އައު ރައީސަކު އައްޔަން ކުރައްވާނެއެވެ. އަދި ރައީސްކަމަށް އައްޔަން ކުރައްވާނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. މީގެ އިތުރުން ވެރިކަމުގެ ދައުރުގެ ބާކީ އޮތް ދުވަސްތައް ރައީސްކަމަށް އައްޔަން ކުރައްވާ ފަރާތެއް ފުރިހަމަކުރައްވަން ޖެހެއެވެ.

ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް ވަނީ ކުރިއަށް އޮތް 7 ވަރަކަށް ދުވަހުގެ ތެރޭގައި އައު ރައީސަކު އައްޔަން ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ އަމާން މާހައުލެއް ގާއިމްކޮށްދެއްވުމަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވަނީ ގައުމުން ފުރާވަޑައިގެން ދިވެހިރާއްޖޭގައި ހުންނެވުމަށް ފަހުގައެވެ. ލަންކާ ދޫކުރައްވާ ފިއްލަވާ ވަޑައިގެންނެވީ އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ މަގާމުގައި ދެމި ނުހުންނެވޭނެކަން ކަށަވަރު ވުމާއެކު، އެތައް ފަހަރެއްގެ މަތިން ގައުމުން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ، ނާކާމިޔާބުވެވަޑައިގެންނެވި ފަހުން އަސްކަރިއްޔާގެ އެހީތެރިކަމާއެކުއެވެ.

މިއީ ލަންކާއަށް މިނިވަންކަން ލިބުނުތާ މިވީ 70 އަހަރުގެ ތެރޭގައި އެގައުމަށް ދިމާވި އެންމެ ދަތި ދަނޑިވަޅެވެ. ލަންކާގެ ދާހިލީ ހަނގުރާމަ ހިނގި އިރުވެސް އެގައުމުގެ އިގްތިސާދު މިހާރު ގޮސް އޮތް ހިސާބަކަށް ނުދެއެވެ. ލަންކާ ދަރަނިވެރިވެ ބަނގުރޫޓްވެފައިވާ ކަމަށް އެ ގައުމުން އިއުލާންކޮށްފައިވެއެވެ.

ނިމިގެންދިޔަ ހަފްތާއިން ފެށިގެން އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެފައިވާ އިރު، ބުދަ ދުވަހުގެ ހަމަނުޖެހުންތަކުގައި އެކަކު މަރުވެ 80ށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އަދި ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ގައުމުގައި ކާފިއު ހިންގާ ސިފައިން ދަނީ މަގުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ލަންކާގެ ހާލަތާއި ގުޅޭގޮތުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޓްވިޓަރ މެދުވެރިކޮށް ގުޓަރޭސް ވިދާޅުވީ ލަންކާގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މުޒާހަރާކުރަމުން އަންނަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުންތައް އަހާ އެކަންކަމަށް އިޖާބަ ދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ގުޓަރޭސް ވަނީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ އެއްގޮތަށް ބާރުތައް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕާޓީތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާ ފުލުހުންލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު