Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑު

ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތްތައް ނާއިބު ރައީސް ބައްލަވާލައްވައިފި

މިރަށް ހެދުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 ޖުލައި 2022 | ހުކުރު 02:06
ނާއިބު ރައީސް ކ.ކުޑަގިރިއަށް ވަޑައިގެންނެވުން

ނާއިބު ރައީސް ކ.ކުޑަގިރިއަށް ވަޑައިގެންނެވުން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކ. ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ ހިސާބު ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްސާވާ 5 ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.

މި ރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު ބައްލަވާލެއްވުމަށް ނާއިބު ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޓީސީސީއާއި، އެޗްޑީސީ އަދި ސްޓެލްކޯގެ އިސްވެރިންގެ އިތުރުން ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަހާއި ދިމާކޮށް އެރަށް ތަރައްގީކޮށް ނިންމުމަށް މަސައްކަތްކުރަމުންދާއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުވެސް ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކުރަމުންގެންދާ ވަސީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެރަށުގައި ތަފާތު އެކި މަސައްކަތްތައް ކުރަމުންދާއިރު، ދާދި ފަހުން ސްޓެލްކޯއިންވެސް ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑް ފެހި ކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ސްޓެލްކޯގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ކުޑަގިރީގައި ގަސް އިންދާފައެވެ. ކުޑަގިރި ހުޅުވައި އެ ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން އެ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކަމަކަށް މި ޕްރޮޖެކްޓް ވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުގެ ދަށުން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެެވެ. ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. 5 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ޕްރޮޖެކްޓްގެ އަގަކީ 41.49 މިލިއަން ރުފިޔާއެވެ.

ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި ތިރީހަކަށް މިނެޓުން އަދި ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ. ކުޑަގިރި ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއް ޕިކްނިކް އައިލެންޑަކަށް ހެދުމަށެވެ. އެހެންނަމަވެސް ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް، ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާގޮތަށް ނިންމީއެވެ.

އެމްޓީސީސީނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު