Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމްރާގެ އަޅުކަން

އުމްރާގެ އަޅުކަން ޖުލައި 30ން ފެށިގެން އަނެއްކާވެސް ފަށަނީ

ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހެދިފައިވާ އުސޫލުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2022 | ބުރާސްފަތި 09:25
އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ

އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ

ޖުލައި މަހުގެ 30 ވަނަ ދުވަހު އަނެއްކާވެސް އުމްރާގެ އަޅުކަން ކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ.

ބުދަ ދުވަހު ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އުމްރާގެ އަޅުކަން ދެން ފެށިގެންދާނީ 1 މުޙައްރަމް 1444 ގައެވެ. އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ދޫކުރަމުންދާނެކަން އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ވިސާ ދޫކުރާއިރު ބަލާ މިންގަނޑުތައް މިހާރު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

މީގެއިތުރުން ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހެދިފައިވާ އުސޫލުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ ފިޔަވަޅުތަކަކާއެކުއެވެ. އެގޮތުން ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް މިނާއިން ފުރުމާއެކު މިއަހަރުގެ ޙައްޖުގެ އަޅުކަން ވަނީ ނިމުމަކަށް އައިސްފައެވެ.

އެންމެ ފަހުގެ ގްރޫޕުގައި ހިމެނޭ 900،000 އެއްހާ މީހުން ވަނީ ހޯމަ އަދި ބުދަ ދުވަހު މިނާގައި 3 ޖަމްރާއަށް ހިލައުކާފައެވެ. އެއަށްފަހު ތަވާފުލް ވަދާ އަދާކުރުމަށް މައްކާއަށް އެ ގްރޫޕް ވަނީ ގޮސްފައެވެ. މިއީ ޙައްޖުގެ އެންމެ ފަހު އަޅުކަމެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ޙައްޖާޖީން މިހާރު ވަނީ ޙައްޖު ނިންމާލުމަށްފަހު ފުރަން ފަށައިފައެވެ. އެގޮތުން، ސައުދީގެ އެއަރޕޯޓުތަކުގައި އެފަރާތްތަކަށް ފަސޭހައިން ފުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ސައުދީގެޒެޓްސައޫދީ އަރަބިއްޔާހައްޖު އެންޑް އުމްރާ މިނިސްޓަރ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
05 ފެބުރުއަރީ 2025

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
08 ޖޫން 2024

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު