Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮތަބަޔާ ރާޖަޕަކްސާ

ގޮތަބަޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފި، ދެން ވަޑައިގަންނަވަނީ ސައުދީއަށް

14 ޖުލައި 2022 | ބުރާސްފަތި 08:59

ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ސައުދީ އަރަބިއާއަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2022 | ބުރާސްފަތި 08:59
ބުދަ ދުވަހު ސައުދީ އެއަރލައިންގެ މަތިންދާބޯޓެއްގައި ގޮތަބަޔާ ރާއްޖެެއިން ފުރާވަޑައިގަތީ މެންދުރުގެ ވަގުތެއްގައި

ބުދަ ދުވަހު ސައުދީ އެއަރލައިންގެ މަތިންދާބޯޓެއްގައި ގޮތަބަޔާ ރާއްޖެެއިން ފުރާވަޑައިގަތީ މެންދުރުގެ ވަގުތެއްގައި

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފިއެވެ.

ގޮތަބަޔާ ޤައުމުން ފިއްލަވައި ރާއްޖެ ވަޑައިގަތުމާއެކު ގިނަ ބައެއްގެ ނުރުހުން ވަނީ މިކަމަށް އަމާޒުވެފައެވެ. އަދި މިކަމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ބުދަ ދުވަހު މުޒާހަރާވެސް ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެސޯސިއޭޓެޑް ޕްރެސްއާ ޙަވާލާދީ ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ސައުދީ އަރަބިއާއަށެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ސައުދީ އެއަރލައިންގެ މަތިންދާބޯޓެއްގައި ގޮތަބަޔާ ރާއްޖެެއިން ފުރާވަޑައިގަތީ މެންދުރުގެ ވަގުތެއްގައެވެ. ދެން ވަޑައިގަންނަވާނީ ސައުދީގެ ޖިއްދާއަށެވެ.

އިސްތިއުފާ ދެއްވަން އޮތް ދުވަހު ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާވެސް އެކުގައެވެ. ރާއްޖެ ވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި, ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން މުޒާހަރާކޮށްފައިވާއިރު، ބުދަ ދުވަހުގެ 3:30ހާއިރު ކުރިއަށްދިޔަ މި މުޒާހަރާ ބާއްވާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. މުޒާހަރާގައި ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުން އެދެމުންދިޔައީ ރާއްޖޭން ރައީސގޮތަބަޔާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށެވެ. އަދި އެމަނިކުފާނު ލަންކާއަށް އަނބުރާ ފޮނުވައިދިނުމަށްވެސް ވަނީ އެދިފައެވެ.

ސީއެންއެންގައި ބުނެފައިވަނީ ވެލާނާ އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލުން ފްލައިޓް ޖައްސަން ހުއްދަ ނުދިންކަމަށެވެ. ނަަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް ގޮތަބަޔާ ވަޑައިގަންނަވާކަމަށް ވިދާޅުވެ، ފަހުން ފްލައިޓު ޖައްސަން ހުއްދަ ދީފައިވާކަމަށެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް