Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑީސީ ޔުނައިޓެޑުގެ ކޯޗުކަމާ ރޫނީ ހަވާލުވުން

ސުއަރޭޒްއަކީ ރޫނީ ބޭނުންވާ ފެންވަރުގެ ކުޅުންތެރިއެއް ނޫން

ނިމުނު ސީޒަނަށްފަހު ސުއަރޭޒް ވަނީ އެތުލެޓިކޯ މެޑްރިޑު ދޫކޮށްލަން ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2022 | ބުރާސްފަތި 06:20
ސުއަރޭޒް

ސުއަރޭޒް

އުރުގުއާއީގެ ލުއިސް ސުއަރޭޒަކީ އޭނާ ބޭނުންވާ ކަހަލަ ކުޅުންތެރިއެއް ނޫން ކަމަށް، އެމެރިކާގެ ޑީސީ ޔުނައިޓެޑުގެ ކޯޗު ވޭން ރޫނީ ބުނެފިއެވެ.

ނިމުނު ސީޒަނަށްފަހު އެތުލެޓިކޯ މެޑްރިޑު ދޫކޮށްލަން ނިންމާފައިވާ ސުއަރޭޒްއަކީ މި ވަގުތު ފްރީ އެެޖެންޓެކެވެ. ދާދި ފަހުން ސުއަރޭޒް ވަނީ އެމެރިކާ ލީގުގެ ކުލަބުން އޭނާއަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ޑާބީ ކައުންޓީގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދާދި ފަހުން ޑީސީ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ރޫނީ ބުނީ ސުއަރޭޒްއަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ "ބަނޑުހައިވެފައި" ތިބޭ ކުޅުންތެރިން ކަމަށް ރޫނީ ވަނީ ބުނެފައެވެ. މީގެ އިތުރުން ރޫނީ ފާހަގަ ކުރި ގޮތުގައި އޭނާ ބޭނުންވާ ކުޅުންތެރިން ކުލަބަށް އަންނަނީ ކުލަބަށް އަންނަ ހިތުން، ކުލަބަށް ލޯބި ޖެހިގެން ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ކުލަބުގެ ހުރިހާ ފަރިތަކުރުންތަކަށް ހާޒިރުވެ، ކޮންމެ މެޗެއް ކުޅެވޭ ކުޅުންތެރިއަކަށް ވާންވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ރޫނީގެ ނަޒަރުގައި އޭނާ ބޭނުންވާނީ ކުލަބަށް ޚާއްސަ ލޯތްބެއް އޮންނަ ކުޅުންތެރިންނެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޫނީ ބުނީ އޭނާގެ ޓީމުން ބަލަމުން ދަނީ އެކަހަލަ ކުޅުންތެރިންނަށް ކަމަށާއި، ޔަޤީނުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ކުޅުންތެރިންގެ ސޮއި ހޯދައި، އިއުލާން ކުރާނެ ކަމަށެވެ.

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭނާ އެ ޓީމަށް ބަދަލުވީ ކުރީގެ ކުލަބް ބާސެލޯނާ ދޫކޮށްލުމަށްފަހުއެވެ. ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދެއްކި ސުއަރޭޒް ވަނީ އެތުލެޓިކޯގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. 35 އަހަރުގެ ސްޓަރައިކަރު ވަނީ އޭނާ އެތުލެޓިކޯއަށް ކުޅެދިން 83 މެޗުގައި 34 ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ 21-2020 ވަނަ އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ވޭން ރޫނީލުއިސް ސުއަރޭޒް

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
09 ޖޫން 2024

މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

09 ޖޫން 2024
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!
05 މެއި 2024

މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު

05 މެއި 2024
މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު
17 މާރިޗު 2024

ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް

17 މާރިޗު 2024
ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު