Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޮތަބަޔާ އިސްތިއުފާ ނުދެއްވި

އިސްތިއުފާގެ ސިޓީ އަދިވެސް ނުލިބޭ – މަޖިލީހުގެ ރައީސް

14 ޖުލައި 2022 | ބުރާސްފަތި 05:21

އިސްތިއުފާގެ ސިޓީ ބުދަ ދުވަހުގެ ރޭ ފޮނުއްވާނެކަމަށް މީގެ ކުރިން ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖުލައި 2022 | ބުރާސްފަތި 05:21
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީފުޅު އަދިވެސް ލިބިވަޑައި ނުގަންނަވާ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާ ވިދާޅުވެއްޖެއެވެ.

ގާނޫނޫ ހަދާ މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވަނީ، ބުދަ ދުވަހުގެ ރޭ 8:00 ގައި އިސްތިއުފާގެ ސިޓީފުޅު ލިބިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް، ސިޓީފުޅު އަދިވެސް ލިބިވަޑައިގެންފައި ނުވާތީއެވެ.

ރައީސް ގޮތަބަޔާ މީގެ ކުރިން ވިދާޅުވެފައިވަނީ އިސްތިއުފާގެ ސިޓީފުޅު ފޮނުއްވާނެ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކާއި ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ބުދަ ދުވަހު ސިޓީފުޅު ރައީސް ފޮނުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ސިޓީފުޅު ފޮނުއްވާނީ ރައްކާތެރި ފަހު މަންޒިލަށް ވަޑައިގެންނެވުމަށްފަހުގައި ކަމަށެވެ.

ގޮތަބަޔާ ސިޔާސީ ހިމާޔަތް ހޯއްދަވަނީ ސިންގަޕޫރުންނެވެ. މިވަގުތު ހުންނެވީ ދިވެހިރާއްޖޭގައެވެ. ބުދަ ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުރިން ވިދާޅުވި ގޮތާއި ޚިލާފަށް އެމަނިކުފާނު އަދިވެސް ހުންނެވީ ދިވެހިރާއްޖޭގައެވެ.

ލަންކާއިން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރުއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އާންމުން ދަތުރުކުރާ ބޯޓެއްގައި ދަތުރު ކުރަން މީގެ ކުރިން ވެސް ފަސްޖެހިވަޑައިގެންނެވި ރައީސް ގޮތަބަޔާ ވަނީ ޕްރައިވެޓް ޖެޓެއް ހަމަޖައްސަވައި ދެއްވުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގަންނަވާފައިވާ ކަމަށް ޚަބަރުތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

މަގާމުން އިސްތިއުފާ ދެއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހުކަމަށް ބެލެވޭއިރު، އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމާމެދު ވެސް ބޭރުގެ ނޫސްތަކުގައި ވަނީ ސުވާލު އުފައްދާފައެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް