Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާއަށް ހިމާޔަތް ދިން ގޮތް ބަލަން މަޖިލީހަށް ހުށައަޅަނީ

13 ޖުލައި 2022 | ބުދަ 09:32

ދިވެހި ސަރުކާރުން އަމަލު ކުރި ގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2022 | ބުދަ 09:32
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއަށް ވަޑައިގެންނެވި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުން ސާފު ކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

އެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލު ކުރި ގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށައެޅުމަށް އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ނިންމާފައެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާއެކު، ރާއްޖެއިން ގޮތަބަޔާއަށް ހިމާޔަތް ދިނީތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ އިރު، ސީއެންއެންގައި ބުނެފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްއިން އެ ފްލައިޓު ޖެއްސުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވާ ކަމަށާއި، ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވާފައިވާ ކަމަށް ވިދާޅުވުމުން ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް އިދާރާއިން ބުނެފައިވަނީ، ގޮތަބަޔާ ރާއްޖެ ވަޑައިގަންނަވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެނގިފައި ނުވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ދަންވަރު 2 ޖެހި އިރު ގޮތަބަޔާ ވަނީ އަނބިކަނބަލުންނާާއި ބޮޑީގާޑުންނާއެކު ލަންކާގެ އަސްކަރީ ބޭސްއަކުން އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ވަޑައިގަންނަވާފައެވެ.

ލަންކާގެ ހާލަތު ގޯސްވެ އެ ޤައުމުގެ ރައީސް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާއިރު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވަނީ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ނިމި ދިޔަ ޖޫން މަހަށް ބަލާއިރު ލަންކާގެ އިންފްލޭޝަން ރޭޓް، ނުވަތަ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ނިސްބަތް ހުރީ 54.6 ޕަސެންޓްގައެވެ. ކުރިއަށް އޮތް މަސްތަކުގައި އެ އަދަދު 70 ޕަސެންޓަށް އިތުރުވެ، އާންމު ރައްޔިތުންނަށް އިތުރު ތަކުލީފު ޖެހޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް