Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮތަބަޔާ ރާއްޖެވަޑައިގަތުން

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި މައްސަލައިގައި ފޮރިން މިނިސްޓްރީން ކޮމެންޓް ކުރަން ބޭނުމެއް ނުވި

13 ޖުލައި 2022 | ބުދަ 04:45

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ ރޭ ދަންވަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖުލައި 2022 | ބުދަ 04:45
ގޮތަބަޔާ ރާޖަޕަކްސަ (މ) އަނބިކަނބަލުން (ވ) އަދި މަހިންދަ ރާޖަޕަކްސަ (ކ)

ގޮތަބަޔާ ރާޖަޕަކްސަ (މ) އަނބިކަނބަލުން (ވ) އަދި މަހިންދަ ރާޖަޕަކްސަ (ކ)

ސްރީލަންކާގެ ރައީސް ގައުމުން ފިއްލަވާ ރާއްޖެ ވަޑައިގެންފައިވާ އިރު، އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިވަގުތު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް އިއުލާން ކުރައްވާ އިސްތިއުފާ ސިޓީގައި ސޮއިކުރައްވާފައި ވަނިކޮށް، އަންގާރަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަސްކަރީ މަތިންދާ ބޯޓެއްގައި ގޮތަބަޔާ ރާޖަޕަކްސަ ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ އިރު، ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި މައްސަލައާއި ގުޅޭ ގޮތުން އެ މިނިސްޓްރީން އަދި ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވުމާއެކު ހައި ސެކިއުރިޓީގައި އެއަރޕޯޓުން މާލެ ގެނެސްފައިވެއެވެ. ނަމަވެސް މިހާރު ހުންނެވި ތަނެއްގެ މައުލޫމާތު އެނގިފައި ނުވެއެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަނބިކަނބަލުންނާއި ބޮޑީ ގާޑުންނާއި އެކުގައި ކަމަށްވެއެވެ. 13 މީހަކު މި ފްލައިޓުން އައި އިރު އެއީ ކޮން ބައެއްކަމެއް ސާފެއް ނޫނެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާއެކު، ރާއްޖެއިން ގޮތަބަޔާއަށް ހިމާޔަތް ދިނީތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ އިރު، ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގައި މިކަމާއި ގުޅިގެން ސުވާލު އުފައްދާފައިވެއެވެ. އަދި އަވަށްޓެރި ލަންކާއަށް ދިމާވެގެން އުޅޭ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ ގޮތަބަޔާ ކަމަށް ބުނެ ދިވެހިންވެސް އަންނަނީ ރާއްޖެއަށް އޭނާ ވަޑައިގަތުމާއެކު ނުރުހުން ފާޅުކުރަމުންނެވެ. އަދި ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ގައުމަކަށް ވުމާއެކު، ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދީފައިވާތީ، ލަންކާގައި ތިބި ދިވެހިންނަށް މިކަމުގެ ސަބަބުން ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެކަމަށް ބުނެ ވެސް ދަނީ އަޑު އުފުލަމުންނެވެ.

ސީއެންއެންގައި ބުނެފައިވަނީ ގޮތަބަޔާ އަދި އަނބިކަނބަލުން ރާއްްޖެ ވަޑަައިގެންނެވީ އޭއެން32 ސިފައިން އުފުލާ މަތިންތާ ބޯޓެއްގައި ކަމަށެވެ. ސީއެންއެންގައި ބުނެފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްއިން އެ ފްލައިޓު ޖެއްސުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވާ ކަމަށާއި، ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވާފައިވާ ކަމަށް ވިދާޅުވުމުން ކަމަށެވެ.

އަންގާރަ ދުވަހު ގައުމުން ބޭރަށް ފުރައިވަޑައިގަންނަވަން ގޮތަބަޔާ މަސައްކަތް ކުރެއްވުމުން، އެފުރުސަތު އެއަރޕޯޓްގެ އިމިގްރޭޝަން އޮފިސަރުން ފުރަތަމަ ނުދެއްވިއެވެ. ވޯލްޑް އިން ވަން ނިއުސްގައި ބުނެފައިވަނީ، ގޮތަބަޔާ ހުއްޓުވާފައިވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިޝަލުންކަމަށެވެ. އަދި އެމަނިކުފާނު މަަސައްކަތްޕުޅުކުރައްވަމުން ގެންދެވީ ރައްކާތެރިކަން ހޯއްދެވުމަށް ގައުމުން ބޭރަށް ފިއްލަވަންކަމަށާއި، އެއަރޕޯޓުން ހިފަހައްޓައި އެމަނިކުފާނު ބޭޒާރުކޮށްލާފައިވާ ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އިސްތިއުފާގެ ކުރިން ގައުމު ދޫކުރައްވައި ވަޑައިގަންނަވަން މަސައްކަތްޕުޅުކުރައްވަނީ، އިސްތިއުފާދެއްވުމުން ހައްޔަރުކޮށްފާނެކަމުގެ ބިރު އޮތުމުންކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިމިގްރޭޝަންގެ އޮފިޝަލުން ގޮތަބަޔާގެ ޕާސްޕޯޓުގައި ތައްގަނޑުޖެހުމަށް ދެކޮޅުހެދިކަމަށްވެއެވެ. އަދި ގޮތަބަޔާ ހުންނެވީ ވީއައިޕީ ސުއިޓެއްގައި ކަމަށާއި، އާންމު ފާޚާނާވެސް ބޭނުންފުޅުކުރައްވަން ޖެހިލުންވެވަޑައިގެން ހުންނެވިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ދުބާއީއަށް ދާން އޮތް 4 ފުލައިޓް ވެސް ފުރި، ފަހުން ވަޑައިގެންނެވޭނެ ގޮތެއް ނެތުމުން އަނބިކަނބަލުންނާއެކު ރޭ ހޭދަކުރެއްވީ މައި އެއަރޕޯޓު ކައިރީގައި ހުރި މިލިޓަރީ ބޭހެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮތަބަޔާގެ ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރު، ބަސިލް ރާޖަޕަކްސަ ވެސް އަންގާރަ ދުވަހު ދުބާއީއަށް ފުރާވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އެއަރޕޯޓުގެ ސްޓާފުން އެ ފުރުސަތު ނުދެއްވުމުން ގައުމުން ބޭރަށް ފުރާވަޑައިގެންނެވޭނެ ގޮތެއް އޭނާއަށް ވަނީ ނުވެފައެވެ.

ޚާރިޖީ ވުޒާރާގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް