Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އިގުތިސާދީ ކާރިސާ

ގޮތަބަޔާ ފިއްލަވަން އުޅުއްވަނިކޮށް ހުއްޓުވީ އެއަރޕޯޓް ސްޓާފެއް

ގޮތަބަޔާ ހުއްޓުވާފައިވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިޝަލުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖުލައި 2022 | އަންގާރަ 14:11
ބޮޑުވަޒީރުކަމުގެ މަގާމް މަހިންދަ ރާޖަޕަކްސަ (ވ) އަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކުރިފުޅުމަތީގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ބޮޑުވަޒީރުކަމުގެ މަގާމް މަހިންދަ ރާޖަޕަކްސަ (ވ) އަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކުރިފުޅުމަތީގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ގައުމާއި ރައްޔިތުންނަށް ޣައްދާރުވިކަމަށް ސްރީލަންކާގެ އެތައް މިލިއަން ރައްޔިތުންނެއް ގަބޫލުކޮށް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ، އެ ގައުމުގެ ރައީސް ގޮތަަބަޔާ ރާޖަޕަކްސަ ފިއްލަވަން އުޅުއްވަނިކޮށް އެއަރޕޯޓުން ހިފަހައްޓާފައިވާކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

ވޯލްޑް އިން ވަން ނިއުސްގައި ބުނެފައިވަނީ، ގޮތަބަޔާ ހުއްޓުވާފައިވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިޝަލުންކަމަށެވެ. އަދި އެމަނިކުފާނު މަަސައްކަތްޕުޅުކުރައްވަމުން ގެންދެވީ ރައްކާތެރިކަން ހޯއްދެވުމަށް ގައުމުން ބޭރަށް ފިއްލަވަންކަމަށާއި، އެއަރޕޯޓުން ހިފަހައްޓައި އެމަނިކުފާނު ބޭޒާރުކޮށްލާފައިވާކަމަށެވެ.

ގައުމުގެ ހާލަތު ގޯސްވެ، ހޮނިހިރު ދުވަހު މުޒާހަރާކުރަމުންދިޔަ އެތައް ހާސް ބަޔަކު ރައީސްގެ ރަސްމީ ގެކޮޅަށް ވަދެވަޑައިގެން އެތަން ހިސޯރުކޮށްފައިވާއިރު، މަގާމުން އިސްތިއުފާދެއްވާނެކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. ހޮނިހިރު ދުވަހުން ފެށިގެން ގޮތަބަޔާ ގައުމު ދޫކުރައްވައި ފިއްލަވައިފިކަމަށް އެތައް ފަހަރު މީޑިއާތަކުގައި ރިޕޯޓްކުރިއެވެ. އަދި މަޖިލީހުގެ ރައީސަށްވެސް އޮޅިވަޑައިގެން އެފަދަ ވާހަކަފުޅެއް ދެއްކެވުނެވެ. ނަމަވެސް ފަހުން އެއީ އޮޅިވަޑައިގެން ވިދާޅުވެވުނު ވާހަކަފުޅެއްކަމަށް ވިދާޅުވެ މައާފަށްއެދިވަޑައިގެންފައިވެއެވެ.

މައުލޫމާތުލިބޭގޮތުގައި ގޮތަބަޔާ ހުންނެވީ އަދިވެސް ގައުމުގައެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ސިފައިންގެ ކޮމާންޑަރުންނާއި ބައްދަލުކުރައްވާފައިވާކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މުޒާހަރާ ހޫނުވާން ފެށުމުން، ގޮތަބަޔާ ހުންނެވީ އަސްކަރިއްޔާގެ ކަނޑުގެ އުޅަނދެއްގައި ލަންކާގެ ކަނޑުގެ ސަަރަހައްދުގައިކަމަށްވެއެވެ. އަދި އެއްގަމަށް ވަޑައިގެން ކޮމާންޑަރުންނާ ބައްދަލުކުރެއްވިކަން ވަނީ ހާމަވެފައެވެ.

މުޒާހަރާތައް ހޫނުވި ދުވަހު ގަނޑުވަރުން ނުކުމެވަޑައިގެން، ގައުމު ދޫކުރައްވައި ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ ދުބާއީއަށްކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އިސްތިއުފާގެ ކުރިން ގައުމު ދޫކުރައްވައި ވަޑައިގަންނަވަން މަސައްކަތްޕުޅުކުރައްވަނީ، އިސްތިއުފާދެއްވުމުން ހައްޔަރުކޮށްފާނެކަމުގެ ބިރު އޮތުމުންކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިމިގްރޭޝަންގެ އޮފިޝަލުން ގޮތަބަޔާގެ ޕާސްޕޯޓުގައި ތައްގަނޑުޖެހުމަށް ދެކޮޅުހެދިކަމަށްވެއެވެ. އަދި ހުންނެވީ ވީއައިޕީ ސުއިޓްގައިކަމަށާއި، އާންމު ފާޚާނާވެސް ބޭނުންފުޅުކުރައްވަން ޖެހިލުންވެވަޑައިގެން ހުންނެވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުބާއީއަށް ދާން އޮތް 4 ފުލައިޓް ވެސް ފުރި، ފަހުން ވަޑައިގެންނެވޭނެ ގޮތެއް ނެތުމުން އަނބިކަނބަލުންނާއެކު ރޭ ހޭދަކުރެއްވީ މައި އެއަރޕޯޓު ކައިރީގައި ހުރި މިލިޓަރީ ބޭހެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮތަބަޔާގެ ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރުވެސް އަންގާރަ ދުވަހު ދުބާއީއަށް ފުރާވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވިނަމަވެސް އެއަރޕޯޓުގެ ސްޓާފުން އެ ފުރުސަތު ނުދެއްވުމުން ގައުމުން ބޭރަށް ފުރާވަޑައިގެންނެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

ބަސިލް ރާޖަޕަކްސަ ފާސްޓް ޓްރެކް ސަރވިސް މެދުވެރިކުރައްވައި ފުރާވަޑައިގަތުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅުކުރެއްވުމުން، އެއަރޕޯޓުގެ އިމިގްރޭޝަން އޮފިސަރުން ވަނީ އެ ފުރުސަތު ނާރުވާނެކަމަށް ބުނެފައެވެ. އެއަރޕޯޓްގެ ރެޕްރެޒެންޓޭޓިވްއަކާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވަނީ، މީހުން ދަތުރުކުރަން ތައްޔާރުވެފައި އޮތް ފުލައިޓަށް ބަސިލް ބޯޑިންގ ކުރެއްވުމަށް މީހުން ދެކޮޅުހެދިކަމަށެވެ. އަދި އެއަރޕޯޓުން އެހެންތަނަކަށް ވަޑައިގަތްކަމަށެވެ.

ޑިޕްލޮމެޓިކް ސޯރސްއަކާ ހަވާލާދީ ވިއޯންގައި ބުނެފައިވަނީ، ބަސިލް އައު ޕާސްޕޯޓެއް ހައްދަވަން ޖެހިވަޑައިގެންނެވިކަމަށާއި، ސަބަބަކީ މުޒާހަރާކުރާ މީހުންގެ ސަބަބުން ގެކޮޅު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ޕާސްޕޯޓް ދޫކުރައްވަންޖެހުމުން ކަމަށެވެ. އޮފިޝަލް ރިޕޯޓްތަކާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ، ލިޔެކިޔުންތަކާއެކު ހުރި 17.85 މިލިއަން ރުޕީސް ހުރި ސޫޓް ކޭހެއްވެސް އެގެއިން ފެނިފައިވާކަމަށެވެ. އަދި މިތަކެތި މިހާރު ހުރީ ކޮލަމްބޯ ކޯޓުގައި ކަމަށްވެއެވެ.

ބަސިލްއަކީ އަދިވެސް ސަލާމަތީ ބާރުތަކުގެ ކޮމާންޑަރެވެ. އެހެންކަމުން މިލިޓަރީ ރިސޯރސްތައް ބޭނުންކުރެއްވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މިކަމާގުޅިގެން، އޭނާ ހުންނެވި ތަނެއްވެސް އަދި އެހެން އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

ސަލާމަތީ ބާރުތަކާ ހަވާލާދީ ބުނެފައިވަނީ، އަސްކަރީ އުޅަނދުގެ އެހީތެރިކަމާއެކު ބަސިލް އިންޑިއާ ނުވަތަ ދިވެހިރާއްޖެއަށް ދަތުރުކުރައްވަފާނެކަމަށެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިނަމަ، ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހައަށް އޮޓަމެޓިކުން ގައުމުގެ ރައީސްކަން ލިބިވަޑައިގަންނަވާނެއެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އެ މަޖިލީހުގެ މެންބަރަކު ރައީސްކަމަށް އައްޔަންކުރައްވަންދެން ރައީސްކަމުގެ މަގާމުގައި ހުންނަވާނެއެވެ. އަދި މަޖިލީހުން އައްޔަންކުރާ މެންބަރު ރައީސް ކަމުގެ މަގާމުގައި، ގޮތަބަޔާގެ ވެރިކަމުގެ މުއްދަތު ހަމަވަންްދެން (ނޮވެމްބަރު 2024އާ ހަމައަށް) ވެރިކަމުގައި ހުންނަވާނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ، ސަރުކާރުން ވިކްރަމަސިންގހަ ވަކިވެވަޑައިނުގެން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްވެސް ހުށަހަޅުއްވާފައެވެ. އެގޮތުން އިގުތިސާދީ ކާރިސާ ހަމަޔަކަށް އެޅުވުމަށް ކުރެވޭ މަސައްކަތްތަކުގެ މެދުތެރެއިން ވިކްރަމަސިންގހަ މަގާމުން އިސްތިއުފާދެއްވުމާ ދެކޮޅަށް ބައެއް މަޖިލިސް މެމްބަރުން ވާހަކަދައްކަވާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، ވިކްރަމަސިންގހަ ވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް، ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ޚާއްސަކޮށް އައިއެމްއެފްއާއެކު އަދިވެސް މަޝްވަރާތައް ކުރެވެމުންދާތީ، އެމަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް ބޮޑުވަޒީރުކަމުގެ މަގާމުން ވިކްރަމަސިންގހަ އިސްތިއުފާދެއްވަން ބޭނުންފުޅުނުވާކަމަށް ބައެއް ސިޔާސީ ލީޑަރުން ބުނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްރީލަންކާގޮތަބަޔާ ރާޖަޕަކްސަސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު