Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާއިން ޑެނީ އަލްވޭސް ދޫކޮށްލުން

ޑެނީ އަލްވޭސްގެ ނުރުހުން ބާސާއަށް

ޑެނީ އަލްވޭސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބާސާއިން ނިންމީ އޭނާ ދޫކޮށްލަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 16:47
ޑެނީ އަލްވޭސް

ޑެނީ އަލްވޭސް

ބާސެލޯނާއާއެކު ހަދާފައިވާ މުއްދަތު ހަމަވުމުން ކުލަބުން ދޫކޮށްލި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްގެ ނުރުހުން ބާސާއަށް އަމާޒުކޮށްފިއެވެ.

މީގެ ކުރިންވެސް ބާސާއަށް ކުޅެފައިވާ ޑެނީ އަލްވޭސް ދެވަނަ ފަހަރަށް ބާސާއަށް ގުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ ގެނައުމާ ގުޅޭގޮތުން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް އޭރު ބުނީ، ޒުވާން ކުޅުންތެރިންނާއެކު ބާސާ ކުރިއަރުވަން ބޭނުންވާއިރު، އެ ކުޅުންތެރިންނާއެކު ތަޖުރިބާކާރު ކުޅުންތެރިއަކު ހުރުން މުހިންމުކަމަށެވެ. ޒަވީ ބުނިގޮތުގައި އުމުރުން ދުވަސްވުމަކީ ފުޓުބޯޅަ ކުޅުމަށް އޮތް މައްސަލެއް ނޫނެވެ. އަލްވޭސް ބާސާއަށް ގެނައީ ޒަވީގެ އެދުމުގެ މަތިން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބާސާއާއެކު އަލްވޭސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން ބާސާއިން ނިންމީ އޭނާ ދޫކޮށްލާށެވެ. އަލްވޭސް ވަނީ ބާސާއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އެ ޓީމަށް 17 މެޗު ކުޅެދީފައެވެ. މީގެ ތެރެއިން ފުރަތަމަ 11ގައި ހިމެނިގެން އޭނާ ވަނީ 16 މެޗު ކުޅެފައެވެ.

އަލްވޭސް ބުނީ އޭނާ ބާސާ ދޫކޮށްލީ ދެރަވެފައި ހުރެގެން ނޫންކަމަށެވެ. ބާސާ ދޫކޮށްލީ ދެ ވަނަ ފަހަރަށް އެ ޓީމަށް އަންނަން ޖެހުމުގެ އުފަލާއެކުކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ ކުލަބް ދޫކޮށްލަން ޖެހުނު ގޮތަކީ އޭނާ އެހާ ގަޔާވާ ގޮތެއް ނޫނެވެ. އަލްވޭސް ބުނީ ދެވަނަ ފަހަރަށް ބާސާއަށް ބަދަލުވެ، ކަންކަން ނުފޮރުވައި ކުރަން ބޭނުންވާކަން ސާބިތުކޮށްދިންކަމަށެވެ. އަލްވޭސް ބުނީ ބާސާއަކީ ކުލަބުގެ ތާރީޚުގައި ކަންކަން ކޮށްދީފައިވާ މީހުންނަށް ބަލާ ކުލަބެއް ނޫންކަމަށެވެ. އަދި އެ މީހުންނާމެދު އަޅާލާ ކުލަބެއް ނޫންކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ދެވަނަ ފަހަރަށް ބާސާއަށް ކުޅުމުގެ ފުރުސަތު ދިން ކަމަށްޓަކައި، ކުލަބުގެ ރައީސް ޖޯން ލަޕޯޓާއާއި ކޯޗު ޒަވީއަށް ޝުކުރު އަދާކޮށްފައެވެ. ޒަވީ ވަނީ ބާސާގެ ކޯޗިންގ ސްޓާފުންނާއި، މުވައްޒަފުން އަދި ސަޕޯޓާރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ އިތުރަށް ބުނީ އަބަދުވެސް އޭނާގެ އުންމީދަކީ ބާސާ ފުޓުބޯޅައިގެ އެންމެ އުހުގައި އޮންނަ ތަން ދެކުން ކަމަށެވެ.

އަލްވޭސް ވަނީ ބާސާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭޭނާ ވަނީ އެ ޓީމާއެކު 26 ތައްޓެއް ހޯދާފައެވެ.

ޑެނީ އަލްވޭސްބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު