Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮނޮސުއަރ ސަރކަލް މެގަޒިން

ޖަރުމަނުވިލާތުގެ މަޝްހޫރު ލަގްޒަރީ މެގަޒިން 'ކޮނޮސުއަރ ސަރކަލް' ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފި

ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރު ޖުލައި މަހުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 11:29
'ކޮނޮސުއަރ ސަރކަލް' ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ވަނީ ފަށާފައި

'ކޮނޮސުއަރ ސަރކަލް' ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ވަނީ ފަށާފައި

ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން ކޮނޮސުއަރ ސަރކަލްއާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިޝްތިހާރުކުރުމުގެ ކެމްޕެއިން އެއް ފަށައިފިއެވެ.

ކޮނޮސުއަރ ސަރކަލް އަކީ ލަގްޒަރީ ހޮޓެލްތަކާއި ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޓްޒަލޭންޑްގެ މަތީ ފަންތީގެެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިންއެކެވެ. ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރު ޖުލައި މަހުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭ މަގުބޫލުކަން އިތުރުކޮށް ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުމެވެ.

Advertisement - newsAdvertisement

މި ކެމްޕެއިންގައި ދިވެހިރާއްޖެ އަކީ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރުކުރާނެއެވެ. ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެމްޕެއިންގައި ކޮނޮސުއަރ ސަރކަލް ޕްރިންޓް މެގަޒިންގައި އެޑްވަރޓޯރިއަލް، އީ-މެގަޒިންގައި އެޑިޓޯރިއަލް، ސޯޝަލް މީޑިއާގައި ވީޑިއޯ އާއި ޕޯސްޓް، ވެބްސައިޓުގައި ބެނަރ ޑިސްޕްލޭ އަދި ނިއުސްލެޓަރ ތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ކޮންޓެންޓްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްްރޮޑަކްޓްތަކާއި ހާއްސަ ތަޖުރިބާތަކަށް އަލިއަޅުވާލާނެއެވެ. އަދި ޖަރުމަނުވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން ނޭޗަރ އެކްޓިވިޓީތަކަށް ފޯކަސް ކުރެވޭނެއެވެ.

މުޅި ކެމްޕޭންގައި 30,000 ކޮންސިއުމަރުންނަށް ނިއުސްލެޓާ ފޮނުވާނެއެވެ. އަދި މަހަކު 21,000 މީހުން ވެބްސައިޓަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ. މީގެ އިތުރުން، 14,000 ފޭސްބުކް ފޮލޮވަރުންނާއި 29,500 އިންސްޓަގްރާމް ފޮލޮވަރުންނަށްވެސް ކޮނޮސުއަރ ސާކަލްއިން ޝާއިޢުކުރާ ދިވެހިރާއްޖޭގެ ކޮންޓެންޓް ފޯރާނެއެވެ. ޖަރުމަނުވިލާތުގައި ޕްރިންޓް މެގަޒިންގެ 47,000 ކޮޕީ އަދި އޮސްޓްރިޔާގައި 25,000 ކޮޕީ ޑިސްޓްރިބިއުޓްކުރާނެއެވެ. އަދި ސްވިޒަލޭންޑްގައި 9,000 ކޮޕީ ޑިސްޓްރިބިއުޓްކުރާނެއެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮނޮސުއަރ ސާކަލްއާއެކު މި ކެމްޕެއިން ކުރިއަށްގެންދިޔުމަކީ ޖަރުމަނުވިލާތުގެ މަތީފަންތީގެ ފަތުރުވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކެންޕޭނެކެވެ.

މި އަހަރު ޖޫން 29 ގެ ނިޔަލަށް ޖުމްލަ 809,603 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 67,608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ. . މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއަރތަކުގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ. އައިމެކްސް 2022, އައިއެމްއެމް ޖާމަނީ, އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ ފަދަ ބޮޑެތި ފެއަރތައް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ޓީޔޫއައި އޮސްޓްރިޔާ, ޓީއޫއައި ޖާމަނީ, ކޮންޑޯ އަދި އެފްޓީއައި ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި އަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިޔާ އަދި އިންފްލުއެންސަރ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ސޯސަލް މީޑިޔާ ކެމްޕެއިންތަކާއި ތަމްރީންކުރުމުގެ ޕްރޮގްރާމްތައް, އަދި ޖަރުމަނުވިލާތުގައި ރޯޑްޝޯއެއް ބޭއްވުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021 ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021 ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކޮނޮސުއަރ ސާކަލްޖަރުމަނުއެމްއެމްޕީއާރްސީމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު