ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 17:25
އެމްއެމްޕީއާރުސީން އިންޑިއާ މާކެޓްގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން
އެމްއެމްޕީއާރުސީން އިންޑިއާ މާކެޓްގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން
އެމްއެމްޕީއާރްސީ
އިންޑިއާ މާކެޓް
އެމްއެމްޕީއާރުސީއިން މި އަހަރުގެ އެންމެ ބޮޑު މާކެޓްކަމަށްވާ އިންޑިއާގައި ޑެސްޓިނޭޝަން މޮމެންޓަމް ދަމަހައްޓަނީ
 
ތަފާތު ހަރަކާތްތަކާއި އެންމެ މަޝްޙޫރު ފެއާތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރިގަދަ އެކި ހަރަކާތްތައް ހިންގުން ހިމެނޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން މި އަހަރު މިހާތަނަށް އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓްކަމަށްވާ އިންޑިއާގައި ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މޮމެންޓަމް ދެމެހެއްޓުމަށް ގިނަ މަސަތްކަތްތަކެއް ފަށައިފިއެވެ.

މީގެ ތެރޭގައި ތަފާތު ހަރަކާތްތަކާއި އެންމެ މަޝްޙޫރު ފެއާތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރިގަދަ އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ. އެގޮތުން އިންޑިއާ މާކެޓުން ދިވެހިރާއްޖެއަށް ލިބިފައިވާ ޝައުޤުވެރިކަމާއި މޮމެންޓަމް ދެމެހެއްޓުމަށްޓަކައި ފޯރިގަދަ އެތައް އިވެންޓެއް މިހާރު ކުރިއަށް ގެންދެވެއެވެ. ޚާއްޞަކޮށް ޗައިނާ ފަދަ ބޮޑެތި އެހެން މާކެޓްތައް އަދިވެސް ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ބަންދުކޮށްފައި އޮތުމުން އިންޑިއާ މާކެޓްގެ މުހިންމުކަން އިތުރުވެއެވެ. އިންޑިއާ އަކީ 2020 ވަނަ އަހަރު 62،960 އެރައިވަލްސް އާއި %11.3 ގެ މާކެޓް ހިއްސާއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. އަދި 2021 ވަނަ އަހަރުވެސް އިންޑިއާއަކީ މިފަދަ ޕާފޯމަންސެއް ދައްކާ، 278،740 އަށް ވުރެ ގިނަ ފަތުރުވެރިންނާއި %22.6 ގެ މާކެޓް ހިއްސާއާއެކު އެ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 119,967 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގައި ވެސް އިންޑިއާ އޮތީ ޖުމްލަ މާކެޓް ހިއްސާގެ %14.8 އާއެކު ރާއްޖޭގެ އެންމެ މަތީ ސޯސް މާކެޓްގެ ގޮތުގައެވެ.

އިންޑިއާ މާކެޓުގައި ރާއްޖޭގެ ޑެސްޓިނޭޝަން މޮމެންޓަމް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ އޯޓީއެމް 2022، ސާޓޭ 2022 އަދި ޓީޓީއެފް 2022 ފަދަ ފާހަގަކޮށްލެވޭ ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ހިންގާފައެވެ. އެމްއެމްޕީއާރުސީއިން ވަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ނަގާކިޔާ އެކި ކުންފުނިތަކާއެކު ޖޮއިންޓް ކެމްޕޭންތައް ރާވައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި، ދިއްލީ އާއި ގްރޭޓަރ ނޮއިޑާ ސަރަހައްދުގެ ތަފާތު 05 ޕްރައިމް ލޮކޭޝަނެއްގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެންޕޭނެށް ހިމެނެއެވެ. ސައްޓޭ 2022 އާ ދިމާކޮށް 1 މެއި 2022 އިން 3 ޖޫން 2022 އަށް ކުރިއަށް ގެންދިޔަ މި ކެންޕޭނަށް ހޮވާފައިވާ ލޮކޭޝަންތަކުގެ ސަބަބުން ގާތްގަނޑަކަށް 7 މިލިއަން ރީޗެއް ލިބިފައިވެއެވެ. އެ ލޮކޭޝަންތަކަކީ ސައްޓޭއަށް ދާ މަގުމަތީގަ އާއި ބޮޑު އިންޓަސެކްޝަނެއްގައި އަދި ލޯކަލް ދަތުރުވެރިންނާއި، އެކި ސިޓީތަކުން ޒިޔާރަތްކުރާ ގިނަ އަދަދެއްގެ މީހުންނަށް ފެންނަ ލޮކޭޝަންތަކެއްގައެވެ. މި އައުޓްޑޯ އެޑްވަޓައިޒިންގ ކެންޕޭނުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހިތްވަރު ދީފައިވެއެވެ.

އެމްއެމްޕީއާރުސީއިން މިހާރުވެސް ދަނީ ތޯމަސް ކުކް، ޕިކްޔޯޓްރޭލް، އަދި ވިސްޓާރާ އިންފްލައިޓް މެގަޒިންއާއި ގުޅިގެން ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގަމުންނެވެ. ވިސްޓާރާއާއެކު ކުރިއަށްގެންދާ ކެންޕެއިނަކީ މި އަހަރު މޭ މަހުން އޮކްޓޯބަރ މަހަށް ދެމިގެންދާ ކެންޕޭނެކެވެ. ވިސްޓާރާ އިންފްލައިޓް މެގަޒިން ފަރުމާކޮށްފައިވަނީ ދަތުރުފަތުރުގެ ލެންސުން ކިޔުންތެރިންގެ ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފުރިހަމަކޮށް، މަޢުލޫމާތު މުއްސަނދިކުރަން ބޭނުންވާ އެލީޓް އަދި ހައި ނެޓްވޯތު އިންޑިވިޖުއަލް (އެޗްއެންއައި) ކިޔުންތެރިންނަށް ހާއްސަކޮށްގެންނެވެ. މި މެގަޒިންގެ ކިޔުންތެރިންނަކީ ޒުވާން އަދި އެކި ޕްލެޓްފޯމްތަކުގައި ކޮންޓެންޓާއި މީޑިއާއާށް ޝައުގުވެރިވާ ފަރާތްތަކާއި، ނަން މަޝްހޫރު (ސެލެބްރިޓީ) ފަރާތްތަކާއި ކޯޕަރޭޓް ފަރާތްތަކެވެ. ވިސްޓާރާގެ ފްލައިޓްތަކުގައި ކޮންމެ މަހަކު ގާތްގަނޑަކަށް 500،000 ޕަސިންޖަރުން ދަތުރުކުރެއެވެ. އަދި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކޮށް، އެލީޓް އަދި އެޗްއެންއައި ފަތުރުވެރިންނަށް އަޅުގަނޑުމެންގެ ރީތި ޖަޒީރާ ރަށްތައް ދައްކައިދީ، ދެން އަންނަ ޗުއްޓީއަކަށް ރާއްޖެ ޚިޔާރުކުރުމަށް ހިތްވަރުދެއެވެ. އިންފްލައިޓް މެގަޒިންގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި އެޑްވަޓޯރިއަލްތަކާއި އިޝްތިހާރުތައް 700،000 އަށް ވުރެ ގިނަ އެފްލުއަންޓް ކިޔުންތެރިންނަށް ފޯރާނެ ކަމަށް ބެލެވެއެވެ. އަދި ވިސްޓާރާ ވެބްސައިޓުން މަދުވެގެން 55،000 ޕޭޖް ވިއުސް ލިބޭނެ ކަމަށްވެސް ބެލެވެއެވެ. މީގެ އިތުރުން 3 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުންނާ ހަމައަށް ފޯރާ ވިސްޓާރާ ނިއުސްލެޓަރގައި ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބާރުއަޅާ އިޝްތިހާރުތައްވެސް ޝާއިޢުކުރާނެއެވެ.

އިންޑިއާގެ މަތީ ފެންވަރުގެ އެކި މީޑިއާތައް ތަމްސީލުކުރާ މީޑިއާ ޕްރޮފެޝަނަލުންގެ ޓީމެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި، 2022 ޖޫން 13 އިން 19 އަށް ރާއްޖެއަށް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ޒިޔާރަތްކުރިއެވެ. މި ދަތުރުގައި މި ޓީމު ތިބީ ކުރަމަތި މޯލްޑިވްސް، ދަ ރެސިޑެންސް މޯލްޑިވްސް އަދި ނޮކު މޯލްޑިވްސްގައެވެ. މި ދަތުރުގައި ރާއްޖެ އައިސްފައިވާ މީޑިއާ ޕްރޮފެޝަނަލުންގެ ޓީމާއި އެމްއެމްޕީއާރުސީގެ އޮފިޝަލުން ކުރަމަތި މޯލްޑިވްސްގައި ބައްދަލުކޮށް، އިންޑިއާ މާކެޓުގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ކުރިއެރުވުމަށް ކުރާނެ މަސައްކަތްތައް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ވެޑިންގ އެފެއާރސް މަޖައްލާ އާއެކު ޕާޓްނަރޝިޕް މެދުވެރިކޮށް އިންޑިއާގެ ބެލުންތެރިންނަށް ރޮމޭންޓިކް ސައިޑް އޮފް ލައިފް ޕްރޮމޯޓް ކުރުންވެސް މި އަހަރު ކުރިއަށް ގެންގޮސްފައިވެއެވެ. ވެޑިން އެފެއާރސް އަކީ އިންޓަނޭޝަނަލް އިންޑިއަން ވެޑިން މެގަޒިންތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް މެގަޒިނެވެ. ލަގްޒަރީ ކިޔުންތެރިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މި މެގަޒިންގެ 50،000 އަށް ވުރެ ގިނަ ވަފާތެރި ކިޔުންތެރިން ތިބެއެެވެ. ރާއްޖެ ދައްކުވައިދޭ ކަވަރާއި 8 ޞަފްޙާގެ އެޑްވަޓޯރިއަލް ގާތްގަނޑަކަށް 870،000 ކިޔުންތެރިންނަށް ފޯރާފައިވެއެވެ. އަދި މި ކެމްޕޭންގެ އޮންލައިން ސެގްމެންޓުން 48،500 އަށް ވުރެ ގިނައިން ރީޗްވެއެވެ. މި ކެމްޕޭންގެ ޖުމްލަ ރީޗަކީ 1،033،385 އެވެ.

މީގެ އިތުރުން، ރޭޑިއޯ ކެމްޕޭންނެއްވެސް އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓުގައި މި އަހަރުގެ ޖުލައި މަހު 2 ހަފްތާއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިންޑިއާގައި ރޭޑިއޯ އިޝްތިހާރުކުރުމުގެ އެންމެ އިތުބާރު ހުރި އެއް އޭޖެންސީ ކަމަށްވާ އައިއޭއެމް ކޮމިއުނިކޭޝަންސްއާއެކު ދިއްލީ، މުމްބާއި، ބެންގަލޫރު، ކޮލްކަތާ، ކޮޗިން، ޓްރިވެންޑްރަމް، ޗެންނާއީ، އަދި އަހުމަދުއާބާދުގައި ކުރިއަށްގެންދާ ރޭޑިއޯ ކެންޕޭނެކެވެ. މި ކެމްޕޭންގައި މި 8 ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގައި 180 ސްޕޮޓާއި، މުޅި ކެންޕޭނުގައި 35،000 ސިކުންތުގެ އެއަރޓައިމް އަދި 40 ސިކުންތުގެ ރޭޑިއޯ ޖޮކީ މެންޝަންސް ހިމެނެއެވެ. މި ކެމްޕޭން 1 މިލިއަނަށްވުރެ ގިނަ އަދަދެއްގެ އެހުންތެރިންނަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީއުން ގެންގުޅޭ ސްޓްރެޓެޖީތައް އެކުލަވާލާފައިވަނީ ބޮޑެތި ހުރިހާ ސިޓީއެއްގައި ރާއްޖޭގެ ބްރޭންޑް އެންބިއަންޓްކޮށް އެޑްވަޓައިޒް ކުރުމަށް ފޯކަސްކޮށްގެންނެވެ. މި ސްޓްރެޓެޖީގައި ލަގްޒަރީ މާކެޓް ސެގްމަންޓަށް ވަދެވޭނެ ޗެނަލްތައް ދެނެގަނެ، ހައި އެންޑް މެގަޒިންތަކާއި، ލަގްޒަރީ މާކެޓް ސެގްމަންޓަށް ކަމުދާ ތަންތަނުގައި އިޝްތިހާރު ކުރުން ހިމެނެއެވެ. އަދި ވަކި މާކެޓް ސެގްމަންޓަތަކަށް ފޯކަސްކޮށްގެން ރޯޑްޝޯތައް ފަދަ ހަރަކާތްތައް މެދުވެރިކޮށް އަގުހެޔޮ ޗުއްޓީ އޮޕްޝަންތައް ޕްރޮމޯޓް ކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން ހަނީމޫން ދަތުރުތަކާއި އާއިލީ ޗުއްޓީތަކަށް ރާއްޖެއައުމަށް ބާރުއަޅާ، ގެސްޓް ހައުސް އާއި އެހެނިހެން އެފޯޑަބަލް ރިސޯޓް އޮޕްޝަންތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބީޓުބީ ކޮންޓެކްޓް އިތުރުކުރުމާއި، ޗުއްޓީ ދުވަސްވަރު ބްރޭންޑް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ވެސް އަޅުގަނޑުމެންގެ ސްޓެރެޓަޖީގައި ވެއެވެ.

އެމްއެމްޕީއާރުސީއިން 2021 ވަނަ އަހަރުވެސް މި މާކެޓަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާފައިވެއެވެ. ނަގާކިޔާލެވޭ ބޮޑެތި ފެއާތަކާއި މައުރަޒުތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ އިތުރުން ޓޫއެޗްޔޫބީއާއެކު އީ-ލާނިން ކެމްޕޭނެއް ހިންގާ، ޔާތްރާ އާއި ގޯ އެއަރ އާއެކު ޓްރައި ކެމްޕޭނެއް ހިންގާފައިވެއެވެ. އަދި އިންފްލޫއެންސަރ އަދި ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި މާކެޓަށް އަމާޒުކޮށްގެން ޓީވީ ޕްރޮމޯޝަންތަކާއި ރޭޑިއޯ ކެމްޕޭންތަކާއި އިތުރު ފެމިލިއަލައިޒޭޝަން ދަތުރުތައް، އަދި އެއަރއިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުނާއި ގުޅިގެން މާކެޓިން ކެމްޕޭންތައް ހިންގުންމަށް އެމްއެމްޕީއާރުސީއިން ރާވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ