Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމު ހުށައެޅުން

ސައްޙަ ނޫން ފޯމު ހުށަހެޅުމުން ކުރާ ޖޫރިމަނާގެ އަދަބު މުރާޖާ ކުރަން ޕާޓީތަކުން އެދޭ

ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2022 | ހޯމަ 07:05
އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެފައިވޭ

އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެފައިވޭ

ސައްޙަ ނޫން ފޯމު ހުށައެޅުމުން ކުރާ ޖޫރިމަނާގެ އަދަބު މުރާޖާ ކުރަން ޕާޓީތަކުން އެދޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްޙަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 1 ޖޫން 2022 ގައެވެ.

އޭރު އީސީން ބުނެފައިވަނީ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާއިރު، ފުރަތަމަ ފަހަރު ރަޖިސްޓްރާ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ދެފަހަރަށް ވުރެ ގިނައިން އެކަން ތަކުރާރު ކޮށްފިނަމަ ކޮންމެ ފަހަރަކު ރަޖިސްޓްރާ ވެސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ޖޫރިމަނާ ކުރަން އީސީން ނިންމީ ސައްޙަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމަށެވެ. އަދި އެ ބަދަލުން ވެސް އެކަށީގެންވާ ހައްލެއް ނުލިބޭނަމަ ފޯމުގައި ސޮއި ކުރާ ކޮންމެ ހެކިވެރިޔަކުވެސް 5،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އީސީން އެންގިއެވެ. އެގޮތަށް އަމަލު ކުރަން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އީސީން މައުލޫމާތުދޭ ގޮތުގައި އެ ނިންމުމާއެކު، މިހާރު ސައްޙަ ނޫން ފޯމު ހުށައަޅާ މިންވަރު ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން ކުރިން 50 ވަރަކަށް މައްސަލަ ދުވާލެއްގެ މައްޗަށް ހުށަހެޅޭއިރު، މިހާރު އެ އަދަދު 5ށް ދަށްވެފައިވާކަމަށް އީސީން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް، ޖޫރިމަނާގެ އަދަބު މިހާރު އޮތް ވަރަށްވުރެ ކުޑަ ކުރުމަށް ޕާޓީތަކުން ވަނީ އެދިފައެވެ. އެ ނިންމުން މުރާޖައާކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުން އެދިފައިވާއިރު، އީސީން މިހާރު ގެންދަނީ އެކަމާ ގުޅޭ މަޝްވަރާތައްވެސް ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ސައްޙަ ނޫން ފޯމުތައް ހުށަހަޅާ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ބައެއް މީހުންނަށް ނޭނގި އެމީހުންގެ ފޯމުތައް އީސީއަށް ހުށަހަޅައި ޕާޓީތަކުގެ ދަފްތަރުގައި ޖައްސާ ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގިނަ ފަހަރަށް މިގޮތަށް ސައްޙަ ނޫން ފޯމުތައް ހުށަހަޅަނީ ޕާޓީގައި 10،000 މެމްބަރުން ހަމަ ކުރުމަށެވެ.

އެއީ ޤާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭނީ އެ އަދަދު ހަމަވާ ޕާޓީތަކަށް ކަމަށް ވާތީއެވެ.

އީސީން މީގެ ކުރިން ވެސް ސައްޙަ ނޫން ފޯމުތައް ހުށަހެޅުމުން ޕާޓީތައް ޖޫރިމަނާ ކުރިއެވެ. އޭރު ސައްހަ ނޫން ފޯމު ހުށަހަޅާނަމަ ކޮންމެ ފޯމަކަށް 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް އުފުލަން ޖެހޭ ބުރަ ކުޑަ ކުރުމަށް ޖޫރިމަނާ ނުކުރަން ނިންމިއެވެ.

އިލެކްޝަންސް ކޮމިޝަންސިޔާސީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު