Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އިގުތިސާދީ ކާރިސާ

ތެލަށް ޚަރަދުކުރަން ލަންކާގެ ސެންޓްރަލް ބޭންކުން 107 ބިލިއަން ރުޕީސް ޕްރިންޓްކޮށްފި

ސަރުކާރުގެ ޚަރަދުތަކެއް ކުރުމަށް މިދިޔަ ހަފުތާ ސެންޓްރަލް ބޭންކުން ވަނީ 18.5 ބިލިއަން ރުޕީސް ފޯރުކޮށްދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 07:08
ލަންކާގެ ސެންޓްރަލް ބޭންކް

ލަންކާގެ ސެންޓްރަލް ބޭންކް

ލަންކާއަށް ބޭނުންވާ ތެލުގެ ޝިޕްމަންޓްތަކަށް ޚަރަދުކުރާނެ ފައިސާ އެގައުމުގައި ނެތުމުން ތެލަށް ޚަރަދުކުރުމަށް އެގައުމުގެ ސެންޓްރަލް ބޭންކުން 107 ބިލިއަން ރުޕީސް ޗާޕްކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން މިދިޔަ ހަފުތާގައި ސެންޓްރަލް ބޭންކުން ވަނީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އިމްޕޯޓުކުރާ ތެލުގެ ޝިޕްމަންޓްތަކަށް ފައިސާ ދެއްކުމަށް 217 ބިލިއަން ރުޕީސް ބޭނުންވާ ކަމަށް ޖެނެރަލް ޓްރެޝަރީއިން އެ ބޭންކުގައި އެދިފައިވާކަމަށް ހާމަކޮށްފައެވެ. މިހާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ސެންޓްރަލް ބޭންކުން ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް 107 ބިލިއަން ރުޕީސް ވަނީ ފޯރުކޮށްދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ސަރުކާރުން ފައިސާ ފޯރުކޮށްދެމުންދާއިރު އެގައުމުގައި ބޭރު ފައިސާ ނެތުމުގެ ސަބަބުން އެކުންފުންޏަށްވެސް ވަނީ ސަޕްލައިއަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ދަތިވެފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތެލުގެ އަގުތައް އެކިފަހަރުމަތިން އުފުލުނު ނަމަވެސް އަދިވެސް އެކަމަށް ހައްލު ލިބޭތަނެއް ނުފެނެއެވެ.

ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ނެތުމުން އިތުރު ފައިސާ ޗާޕް ކުރުމުގެ މަސައްކަތް ސެންޓަރަލް ބޭންކުން ކުރަމުން ދިޔަނަމަވެސް އެ ބޭންކުގެ ގަވަރުނަރު ނަންދަލަލް ވީރަސިންގހަ ވަނީ މިއީ ބޭންކުން ކުރަން ބޭނުން ނުވާކަމެއް ކަމަށް ވިދާޅުވެފައެވެ. ފައިސާ ޗާޕުކުރަމުން ދަނީ އިތުރުގޮތެއް ނެތިގެން ކަމަށާއި ފައިސާ މިގޮތަށް ޗާޕު ކުރުމަކީ ބޭންކުން ކުރަން ބޭނުން ނުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

2020 އަދި 2021 ގައި ބޭރުގެ ލޯނުތައް ދައްކަން ސެންޓްރަލް ބޭންކު މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށްފައިވާކަން ފާހަގަކުރައްވާ ވީރަސިންގހަ ވަނީ މިހާރު ފައިސާ ޗާޕު ކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލާކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓްރެޝަރީ ބިލް އޮކްޝަނުން އެކަށީގެންވާ އާމްދަނީއެއް ނުލިބުމުން ސަރުކާރުން ވަނީ ސެންޓްރަލް ބޭންކް މެދުވެރިކޮށް އިތުރު ފައިސާ ޗާޕުކޮށްފައެވެ. އެހެން ނަމަވެސް މިހާރު ފައިސާ ޗާޕުކުރުމުގެ މަސައްކަތްކުރަނީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކަމަށްވާ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނާއި އަދި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހުސްވުމުންކަމަށް ބޭންކުން ފާހަގަކުރެއެވެ.

އެގޮތުން ގަވަރުނަރު ވަނީ މިފަދަ ޚަރަދުތަކެއް ކުރުމަށް މިދިޔަ ހަފުތާ ސެންޓްރަލް ބޭންކުން 18.5 ބިލިއަން ރުޕީސް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު