Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗިލްވެލްގެ ވަރލްޑްކަޕް އުއްމީދު

ޗިލްވެލްގެ އުއްމީދު ވަރލްޑްކަޕްގައި ފުރަތަމަ އެގާރައިގެ ޖާގައަށް

ޗެލްސީގެ ޕްރީސީޒަން ޓުއަރގައި ޗިލްވެލް ބައިވެރިވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 ޖުލައި 2022 | ހޯމަ 06:04
ލަނޑުޖެހުމަށްފަހު ޗިލްވެލް އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު

ލަނޑުޖެހުމަށްފަހު ޗިލްވެލް އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު

މިއަހަރު ޤަތަރުގައި އޮންނަ ވަރލްޑްކަޕްގައި އިންގެލެންޑް ޓީމްގެ ފުރަތަމަ އެގާރައިގެ ޖާގަ ކަށަވަރުކުރަން ބޭނުންވާކަމަށް އުނދަގޫ ސީޒަނެއް ހޭދަކުރި ޗެލްސީގެ ވާތުބެކް ބެން ޗިލްވެލް ބުނެފިއެވެ.

2020 ވަނަަ އަހަރުގެ ޔޫރޯގައި ކުޅުމުގެ ފުރުޞަތު ނުލިބުނަސް, ޗިލްވެލް ވަނީ މިދިޔަ ސީޒަން ރަނގަޅަށް ފަށާފައެވެ. އެކަމަކު މައްސަލަ ދިމާވީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އަނިޔާގެ ސަބަބުން އޮޕަރޭޝަންކޮށް ހަ މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަނިޔާއިން ސަލާމަތްވެ ޗިލްވެލް އެނބުރި އައީ މިދިޔަ ސީޒަންގައި ޗެލްސީ ކުޅުނު ފަހު މެޗުގެ ފަހު މިނެޓްގައެވެ.

ޗިލެވްލް ބުނީ ވަރލްޑްކަޕްގައި ކުޅުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެން ކަމަށެވެ. އޭނާގެ މުޅި ހަޔާތުގަވެސް އަދި އާއިލާއަށްވެސް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކަށްވާނީ ވަރލްޑްކަޕްގައި ކުޅުންކަމަށްވެސް ޗިލްވެލް ބުނެފައިވެއެވެ.

ޗިލްވެލް ބުނީ އިންގްލެންޑް ޓީމުން އޭނާގެ ޖާގަ ޔަޤީންކުރަން ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހު ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. ޗިލްވެލް ވަނީ 2021 ވަނަ އަހަރު ޗެލްސީއާއެކު ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފައެވެ. ލެސްޓަރ ސިޓީން ޗެލްސީއަށް ބަދަލުވި ޗިލްވެލްއަށް އަނިޔާވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުން ޗެލްސީ މޮޅުވި މެޗުގައެވެ. އޭރު ޗެލްސީ އޮތީ ޕްރިމިއަރ ލީގު ތާވަލްގެވެސް އެއްވަނާގައެވެ. އޮޕަރޭޝަން ނުކޮށް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ފުރަތަމަ އުއްމީދުކުރިނަމަވެސް, އެނބުރި އާދެވުނީ އޮޕަރޭޝަނަށްފަހުއެވެ.

ޗެލްސީގެ ޕްރީސީޒަން ޓުއަރގައި ޗިލްވެލް ބައިވެރިވެއެވެ. ޗެލްސީން އާ ސީޒަނަށް ތައްޔާރުވަނީ އެމެރިކާގައެވެ.

ބެން ޗިލްވެލްއިންގްލެންޑުގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު