Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝިންޒޯ އަބޭ

ޝިންޒޯ އަބޭގެ ހަށިކޮޅު، ޓޯކިޔޯގައި ހުންނަ އޭނާގެ ގެކޮޅަށް ގެންދެވިއްޖެ

9 ޖުލައި 2022 | ހޮނިހިރު 08:24

ޝިންޒޯ އަބޭއަށް އިހްތިރާމް އަދާކުރުމަށް ގިނަ ބަޔަކު މިހާރުވެސް ދަނީ މާ ބަހައްޓަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ޖުލައި 2022 | ހޮނިހިރު 08:24
ޝިންޒޯ އަބޭގެ ހަށިކޮޅު އޭނާގެ އަމިއްލަ ގެކޮޅަށް ގެންދެވެނީ

ޝިންޒޯ އަބޭގެ ހަށިކޮޅު އޭނާގެ އަމިއްލަ ގެކޮޅަށް ގެންދެވެނީ

ކެމްޕެއިން ހަރަކާތެއްގައި ހުންނަވަނިކޮން ހުކުރު ދުވަހު ބަޑިޖަހައި އަވަހާރަކޮށްލެވުނު، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަށިކޮޅު، މޮޓޯކޭޑްގައި ޓޯކިޔޯގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅަށް ގެންދެވިއްޖެއެވެ. މޮޓޯކޭޑްގެ އެއްކާރުގައި އަނބިކަނބަލުންވެސް ދަތުރުކުރައްވާފައިވެއެވެ.

އަބޭ އަވަހާރަކޮށްލާފައިވަނީ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮންނެވެ. ހާދިސާ ތަހުގީގުކުރަމުންދާ ފުލުހުން ބުނެފައިވާގޮތުގައި އަބޭއަށް ހަމަލާ ދިން އުމުރުން 41 އަހަރުގެ ޓެސޫޔާ ޔަމަގާމީ ބުނެފައިވަނީ، އަބޭއަވަހާރަކޮށްލީ ވަކި ޖަމާއަތަކާ ގުޅުން އޮންނާތީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމުގައެވެ. ހަމަލާދިނުމަށް އޭނާ ބޭނުންކޮށްފައިވަނީ އަމިއްލަޔަށް ހަދާފައިވާ ބަޑިއެއް ކަމަށް ވެއެވެ. އަދި ބަޑިޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޝިންޒޯ އަބޭގެ ހަށިކޮޅު އުފުލި މޮޓޯކޭޑް، ގެކޮޅާ ގާތްކުރިއިރު އަބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ކަޅު ހެދުމުގައި، އަބޭއަށް އިހުތިރާމް އަދާ ކުރެއްވުމުގެ ގޮތުން ބަރިއަކަށް އެތުރިގެން ތިއްބެވެ. މިހާރުގެ ބޮޑުވަޒީރު ފުމީއޯ ކިޝީޑާއަކީވެސް އެލްޑީޕީގެ މެމްބަރަކަށް ވާއިރު، އޭނާ މެންދުރު ފަހުގެ ވަގުތެއްގައި ވަޑައިގަންނަވާނެކަމަށް ޚަބަރުލިބެއެވެ.

ޝިންޒޯ އަބޭއަށްޓަކައި ހޯމަ ދުވަހުގެ ރޭ ޖަޕާންގެ ސަގާފަތާ އެއްގޮތަށް ކުރެވޭ އަޅުކަމުގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެމަނިކުފާނުގެ ޖަނާޒާ އޮންނާނީ އަންގާރަ ދުވަހުއެވެ.

ޝިންޒޯ އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަންކުރައްވާފައިވާ، އަދި ވަރަށް ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ލީޑަރެކެވެ.

ޝިންޒޯ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ވަނީ ތައުޒިޔާގެ މެސެޖް ފޮނުއްވާފައެވެ.

ޖަޕާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
27 ޖެނުއަރީ 2025

ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025
ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

18 ޑިސެމްބަރު 2024
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި
02 ނޮވެމްބަރު 2024

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

02 ނޮވެމްބަރު 2024
ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް