Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސި ބޮޑުވަޒީރުގެ މަގާމު

އިގިރޭސި ބޮޑުވަޒީރުގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވައިފި

9 ޖުލައި 2022 | ހޮނިހިރު 07:21

އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާދެއްވާފައިވަނީ ސަރުކާރުގެ ފަންސާހަކަށް އިސް މެމްބަރުން ވަކިވެވަޑައިގަތުމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ޖުލައި 2022 | ހޮނިހިރު 07:21
ކެމީ ބެޑެނޮކް - އިގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވޭ

ކެމީ ބެޑެނޮކް - އިގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވޭ

އިގިރޭސިވިލާތުގެ ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލައްވަން ގަސްތުކުރައްވާކަން އިތުރު ބޭފުޅަކު އިއުލާންކުރައްވައިފިއެވެ. އެބޭފުޅަކީ ކޮންޒަރވޭޓިވް ޕާޓީގެ އެމްޕީ، އިގިރޭސި ސަރުކާރުގެ ކުރީގެ އިކުއަލިޓީސް މިނިސްޓަރ ކެމީ ބެޑެނޮކްއެވެ. "ދަ ޓައިމްސް"އަށް ދެއްވި "އޮޕީނިއަން އާޓިކަލް" އެއްގައި ބެޑެނޮކް ވިދާޅުވީ، އޭނާ ބޭނުންފުޅުވަނީ ކުޑަ ނަމަވެސް ވަރުގަދަ ސަރުކާރެއް ކަމަށާއި، އަދި ފޯކަސްކުރައްވަން ބޭނުންފުޅުވަނީ ތެދު ހާމަކުރެއްވުމާއެކު އެންމެ ޒަރޫރީ ކަންކަން އިތުރަށް ފުރިހަމަ ކުރެއްވުމަށް ކަމުގައެވެ.

އުމުރުފުޅުން 42 އަހަރުގެ ކެމީ ބެޑެނޮކްއަކީ "ސެފްރަން ވޯލްޑަން" ކިޔާ ދާއިރާއިން ހޮވިވަޑައިގެންނެވި މެމްބަރެވެ. އޭނާވެސް މަގާމުން އިސްތިއުފާދެއްވާފައިވަނީ މިދިޔަ ހަފުތާގައި، ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާއަށް ގޮވާލައި މެމްބަރުން ކުރި އިހުތިޖާޖުގެތެރެއިންނެވެ. ބެޑެނޮކް އިތުރަށް ވިދާޅުވީ، ހޮވިވަޑައިގެންފިނަމަ ޓެކްސް ކުޑަކުރައްވާނެކަމަށާއި، ހަމަ އެއާއެކު ޚަރަދުތައް ކުރުމުގައި ހިފެހެއްޓުންތެރިކަން ގެންގުޅުއްވާނެ ކަމަށެވެ.

ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލައްވަން ގަސްދުކުރައްވާކަން މިހާތަނަށް ހާމަކުރެއްވި އެންމެ އިސް އެއް ބޭފުޅަކީ ކުރީގެ ޗާންސެލަރ ރިޝީ ސުނަކްއެވެ. އޭނާވަނީ ހުކުރު ދުވަހު އެކަން އިއުލާންކުރައްވާފައެވެ. ދެން ކުރިމަތިލައްވާނެކަމަށް ބެލެވޭ އެހެން ބޭފުޅުންގެ ތެރޭގައި; ކުރީގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވީދު، މިހާރުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް، އަދި ކުރީގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ހިމެނި ވަޑައިގަންވައެވެ.

ސަރުކާރުގެ ފަންސާހަކަށް އިސް ބޭފުޅުން އެކުއެކީހެން އިސްތިއުފާދެއްވުމާ ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާދެއްވާފައިވަނީ ބުރާސްފަތި ދުވަހު، މަޖްބޫރުވެ ވަޑައިގެންނެވެ. ނަމަވެސް އައު ބޭފުޅަކު ހޮވިވަޑައިގަންނަވަންދެން މަޑުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަންނަ ސެޕްޓެމްބަރ މަސް ފެށެންވާއިރަށް އައު ބޮޑުވަޒީރަކު އައްޔަންކުރެވޭނެ ކަމަށް ދަނީ ބެލެވެމުންނެވެ.

އިނގިރޭސިވިލާތް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
10 މެއި 2024

އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި

10 މެއި 2024
އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
30 އޯގަސްޓު 2023

ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު

30 އޯގަސްޓު 2023
ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު
29 ޖޫން 2023

ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި

29 ޖޫން 2023
ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި
11 މެއި 2023

ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް

11 މެއި 2023
ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް