Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ޚުތުބާ 1443

މުޅި އުންމަތަށް އިސްލާމްދީން ފެތުރުނީ ރިވެތި އަޚުލާގުގެ ސަބަބުން: ހައްޖު ޚުތުބާ

8 ޖުލައި 2022 | ހުކުރު 12:06

އިސްލާމްދީނަކީ އިންސާނިއްޔަތުކަން ފުރިހަމަ ދީނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޖުލައި 2022 | ހުކުރު 12:06
ހައްޖު ޚުތުބާ 1443

ހައްޖު ޚުތުބާ 1443

މުޅި އުންމަތަށް އިސްލާމްދީން ފެތުރިގެންދިޔައީ ރިވެތި އަޚުލާގުގެ ސަބަބުން ކަމަށް ހައްޖު ޚުތުބާގައި ބުނެފިއެވެ.

އަރަފާތު ބިމުގައި ހުންނަ މަސްޖިދް އަލް ނަމީރާގައި އިއްވި ހައްޖު ޚުތުބާގައި ވަނީ އިސްލާމްދީނުގައި އޮންނަ އިންސާނިއްޔަތު ކަމަކީ އެހެން އެއްވެސް ދީނެއްގައި އޮންނަ އިންސާނިއްޔަތު ކަމާ އެއްވަރު ވާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އެއީ ރަސޫލުންނާއި ނަބިއްޔުންނާއި، ސަހާބީން ވަރަށް ތެދުވެރިކަމާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ވަނީ މުސްލިމުން ތައުހީދުގެ މަތީގައި ދެމިތިބުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފައެވެ. އަހަރެމެންނާއި، އަހަރެމެންގެ ކުރިން އުފެއްދެވި ބަޔަކުވެސް އުފެއްދެވީ ﷲ ސުބުހާނަހޫ ވަތައާލާއަށް އަޅުކަން ކުރުމަށް ކަމަށާއި، ހުރިހާ ރަސޫލުންނާއި، ނަބިއްޔުންގެ ދައުވަތަކީ ތައުހީދު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ﷲ ފިޔަވާ އެހެން އެއްވެސް އިލާހަކަށް އަޅުކަން ނުކުރުމަށް ކޮންމެ ނަބިއްޔެއްވެސް ގޮވާލއްވާފައިވެއެވެ.

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަޅަމެންގެ މައްޗަށް ގެނެސްދެއްވި ހުރިހާ ކަމެއް ހިތުން ތެދުކޮށް ގަބޫލުކުރަންޖެހޭ ކަމަށެވެ. ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވައި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވާ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނު ފޮނުއްވާފައިވާއިރު، އިސްލާމް ދީން ބިނާވެގެންވަނީ މައިގަނޑު 5 ރުކުނެއްގެ މައްޗަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ފަސް ރުކުނަށްވެސް މުސްލިމުން ރައްކާތެރިވާންޖެހޭ ކަމަށާއި، ދެވަނަ ރުކުން ކަމުގައިވާ ނަމާދު ގާއިމްކުރުމަކީ ހުތުރުކަން ބޮޑުވެގެންވާ ފާހިޝް އަމަލުތަކާއި މުންކަރާތްތައް ނަހީކުރާ އެއްޗެކެވެ. މީގެ އިތުރުން ކީރިތި ގުރުއާނުގައި ޒަކާތް ދިނުމަށް ގޮވާލައްވާ އަމުރުކުރައްވާފައިވާއިރު މުސްލިމުން އެއްބައިވަންތަ ކުރުވާ ކަންކަމުގެ ތެރޭގައި ޒަކާތް ދީ އޭގެ މުހުތާދުވެރިންނަށް މުހުތާދުތައް ފުއްދައިދިނުން ހިމެނޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ގޮސް ހައްޖުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއް ކަމަށާއި، ދީނުގައި ފަރުޟު ކުރައްވައި، ވާޖިބު ކުރައްވާފައިވާ ކަންކަން އަދާކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަޅުކަންކުރުމުގައި ﷲ ސުބުހާނަހޫ ވަތައާލާއަށް އިހުސާންތެރިކަމާއެކު އަޅުކަން ކުރަންޖެހެއެވެ. ޚުތުބާގައި ވަނީ ހެޔޮ ކަންތައްތަކުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިގެން ދިއުމަށް ނަސޭހަތްތެރިވެފައެވެ. ދީނުގެ ކަންކަމުގައި ގަދައަޅާ ހިފަންޖެހޭ ކަމަށާއި، އަދި ރިވެތި އަޚުލާގުގެ މަތީގައި ތިބޭ މީހުންނަށް ގިޔާމަތްދުވަހު ލިބޭ ފައިދާ ބޮޑުވެގެންވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޙައްޖު 1443

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

28 ޖުލައި 2022

މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

28 ޖުލައި 2022
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން
27 ޖުލައި 2022

ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި

27 ޖުލައި 2022
ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި
27 ޖުލައި 2022

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ

27 ޖުލައި 2022
މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ
13 ޖުލައި 2022

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

13 ޖުލައި 2022
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
12 ޖުލައި 2022

ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް

12 ޖުލައި 2022
ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް
11 ޖުލައި 2022

ޒަމްޒަމް ފެން ގެނެވޭ ގޮތަށް ހުޅުވާލައިފި

11 ޖުލައި 2022
ޒަމްޒަމް ފެން ގެނެވޭ ގޮތަށް ހުޅުވާލައިފި
11 ޖުލައި 2022

ދިވެހި ހައްޖާޖީންގެ ހާލު ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

11 ޖުލައި 2022
ދިވެހި ހައްޖާޖީންގެ ހާލު ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
07 ޖުލައި 2022

ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ހިނގައްޖެ

07 ޖުލައި 2022
ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ހިނގައްޖެ
07 ޖުލައި 2022

ސައުދީ ސަރުކާރުން ހައްޖުވެރިންނަށްޓަކައި ވެފައިވާ ތައްޔާރީތައް ވަރަށް ފުރިހަމަ

07 ޖުލައި 2022
ސައުދީ ސަރުކާރުން ހައްޖުވެރިންނަށްޓަކައި ވެފައިވާ ތައްޔާރީތައް ވަރަށް ފުރިހަމަ
07 ޖުލައި 2022

ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު އެކި ކަންކަމުގައި އަޑުއުފުލުމާއި ސިޔާސީ ސްލޯގަންތައް މަނާވާނެ

07 ޖުލައި 2022
ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު އެކި ކަންކަމުގައި އަޑުއުފުލުމާއި ސިޔާސީ ސްލޯގަންތައް މަނާވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް