Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޙައްޖު 1443

ސައުދީ ސަރުކާރުން ހައްޖުވެރިންނަށްޓަކައި ވެފައިވާ ތައްޔާރީތައް ވަރަށް ފުރިހަމަ

މިއަހަރު އަނެއްކާވެސް ވަނީ އެނދުމަތިކޮށްފައިވާ ބަލިމީހުން ހައްޖަށް ގެންގޮސްދީފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 ޖުލައި 2022 | ބުރާސްފަތި 03:06
ހައްޖު 1443 - އެދުމަތި ކުރެވިފައިވާ ބަލި މީހެއް ހައްޖަށް ގެންދިއުމުގެ ތައްޔާރީތައް ކުރަނީ

ހައްޖު 1443 - އެދުމަތި ކުރެވިފައިވާ ބަލި މީހެއް ހައްޖަށް ގެންދިއުމުގެ ތައްޔާރީތައް ކުރަނީ

މިއަހަރުގެ ހައްޖުދުވަހަކީ 8 ޖުލައިވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު، ހައްޖުގެ އަޅުކަމަށްޓަކައި ސައޫދީ ސަރުކާރުން ވަނީ އެންމެ ފުރިހަމަޔަށް ތައްޔާރުވެފައެވެ.

ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ތެރެއިން ސައުދީ ސަރުކާރުން އެންމެ ޚާއްސަކަމެއްދީގެން ބަލަހައްޓަމުންގެންދަނީ ދެވޭ ސިއްހީ ފަރުވާގެ ކަންކަމެވެ. ސައުދީ މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި ޒުލްހިއްޖާ މަހުގެ 4ވަނަ ދުވަހާ ހަމަޔަށް މައްކާ އަދި މަދީނާގައި 43 ހާސް ފައްސަތޭކައެއްހާ ހައްޖުވެރިންނަށް އެކިކަންކަމުގައި ސިއްހީ ފަރުވާ ދެވިފައިވެއެވެ. ހައްޖުވެރިންނަށް ޚިދުމަތް ކުރުމަށްޓަކައި 23 ހޮސްޕިޓަލް ޚާއްސަ ކުރެވިފައިވާއިރު 147 ހެލްތު ސެންޓަރު ވަނީ ގާއިމް ކުރެވިފައެވެ. މިތަންތަނުގައި 4600 އެއްހާ އެނދު ހައްޖުވެރިންނަށްޓަކައި ހުންނާނެއެވެ. މީގެ ތެރެއިން 1000 ހެއްހާ އެނދަކީ އިންޓެންސިވް ކެއާގެ ޚިދުމަތް ދެވޭނެ އެންދުތަކެވެ. ބާކީ އެންދުތަކަކީ ހޫނު ގަދަވުމުގެ ސަބަބުންފަދަ ކަންކަމުން ބަލިވާ މީހުންނަށް ޚާއްސަ އެނދުތަކެވެ. ހައްޖުވެރިންނަށް ޚިދުމަތް ކުރުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ހެން 25 ހާސް މެޑިކަލް ސްޓާފުން ހަރަކާތް ތެރިވާނެއެވެ.

ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަހަރު އަލުން ސައުދީ ސަރުކާރުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެތެރެއިން ހައްޖުވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ދީފައެވެ. މިގޮތުން އަންގާރަ ދުވަހު މައްކާގެ އެކި ހޮސްޕިޓަލްތަކުން ނުވަ މީހަކު ގޮވައިގެން 14 އެމްބިއުލައިންސެއްގައި ބަލި މީހުންނާއި މެޑިކަލް ސާމާނުވަނީ މައްކާއަށް ފޮނުވާފައެވެ. މި ވެހިކަލްތަކުގެ ތެރޭގައި އިންޓެންސިވް ކެއާގެ ޚިދުމަތްދޭ އެމްބިއުލައިންސަކާއި އޮކްސިޖަން ކެބިންއަކާއި ފަރސްޓް އެއިޑް ވަރކްޝޮޕެއް ހިމެނެއެވެ. އަދި ބަލި އެނދުގައި ގެންދެވުނު ހައްޖާޖީންނާއިއެކު 50 މެޑިކަލް ސްޓާފްވެސް ފޮނުވާފައިވެއެވެ.

ސިއްހީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ވެސް ވަނީ ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް އަގުތައް އުފުލިގެން ދިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ކޮމާސް މިނިސްޓްރީގެ އޮފިޝަލުން ވަނީ 12،300 އެއްހާ ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ތަކެތި ޗެކްކޮށްފައެވެ. އަގު އުފުލުން ހުއްޓުވުމަށާއި ވިއްކާތަކެތީގެ ކޮލިޓީ ހިފެއްޓުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓީމްތަކުން ބަލާ ކަންކަމުގެ ތެރޭގައި ފުދޭވަރަށް ސްޓޮކް ހުރިތޯއާއި މުދަލުގެ ކޮލިޓީ، އަދި އަގުތައް ހިމެނެއެވެ. ޓީމުތަކުން ޗެކްކުރި ތަންތަނުގެ ތެރޭގައި 10،500 އެއްހާ އާންމު ފިހާރައާއި 950 އެއްހާ ރަން ފިހާރަ އަދި ވެހިކަލްތަކަށް ޚިދުމަތްދޭ 461 ތަނުގެ އިތުރުން ޕެޓްރޯލް ވިއްކާ 368 ތަނެއް ހިމެނެއެވެ.

ކޮވިޑް 19 އާއި ގުޅިގެން ފާއިތުވި ދެއަހަރު ދުވަހު ހުއްދަ ދީފައިވަނީ ވަރަށް މަދު އަދަދެއްގެ ހައްޖުވެރިންނަށެވެ. ނަމަވެސް ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް މިއަހަރުވަނީ އެއް މިލިއަން ހައްޖުވެރިންނަށް ހުއްދަ ދީފައެވެ.

ޙައްޖު 1443

އިތުރަށް ކިޔާލަން

28 ޖުލައި 2022

މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

28 ޖުލައި 2022
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން
27 ޖުލައި 2022

ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި

27 ޖުލައި 2022
ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި
27 ޖުލައި 2022

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ

27 ޖުލައި 2022
މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ
13 ޖުލައި 2022

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

13 ޖުލައި 2022
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
12 ޖުލައި 2022

ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް

12 ޖުލައި 2022
ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު