Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖެޓް ފިއުލް

ޖެޓް ފިއުލް ހުހެއް ނުވޭ، އައު ޝިޕްމަންޓް 14 ވަނަ ދުވަހު އަންނާނެ: އެމްއޭސީއެލް

ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޖުލައި 2022 | ބުދަ 06:52
އެމްއޭސީއެލް އާއި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއޭސީއެލް އާއި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޖެޓް ފިއުލް ވިއްކުން ކޮންޓްރޯލް ކުރިނަމަވެސް ޖެޓް ފިއުލް ހުސްނުވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ބައެއް މީޑިއާތަކުން ޖެޓް ފިއުލް ހުސްވެފައިވާ ކަމަށް ޚަބަރުތައް ފަތުރަމުންދާތީ އެކަމާއި ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލާއި ސުވާލުކުރުމުން ވިދާޅުވީ ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ނަމަވެސް ތެލުގެ ޝޯރޓޭޖެއް ނެތް ކަމަށެވެ. މިދުވަސްކޮޅު ފްލައިޓްތައް އިތުރުވެފައިވާތީ އިތުރަށް ތެޔޮ ބޭނުންވާ ކަމަށާއި އައު ތެލުގެ ޝިޕްމަންޓް ލިބޭނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ފްލައިޓްތަކަށް އަޅާ ތެޔޮ މަދުވެ، އެއަރލައިންތަކަށް ވިއްކާ ތެޔޮ ކޮންޓްރޯލްކޮށްފައިވާކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ އެކުންފުނީގެ ފިއުލް ކެޕޭސިޓީއަކީ 13 މިލިއަން ލީޓަރުގެ ކެޕޭސިޓީ ކަމަށެވެ. ކޮންމެ ދުވަސްވަރަކާ ދިމާކޮށް އެ އަދަދު ހޭދަވާނެ ގޮތް ފޯކާސްޓްކޮށް، މެނޭޖް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ތެޔޮ ނަގާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އެގޮތުން ލަންކާއާ ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި، ދެކޮޅަށް ވާވަރަށްވެސް އެ އެއަރޕޯޓުން ތެޔޮ އަޅާކަމަށް އޭނާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ ލަންކާގެ ހާލަތާއެކު، އެއަރޕޯޓުން ތެޔޮ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިނަަމަވެސް ރަނގަޅަށް މެނޭޖްކުރެވޭނެ ކަމަށެވެ. އެގޮތުން، ފްލައިޓްތަކަށް މިހާރު ތެޔޮ އަޅައިދެނީ އެ ފްލައިޓެއް ދަތުރުކުރާ މަންޒިލަށް ބަލައި އެ މަންޒިލަކަށް ދާން ތެޔޮ ބޭނުންވާ އެންމެ މަދު މިންވަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިގޮތަށް ތެޔޮ ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފުނުވާކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއެވެ.

އެމްއޭސީއެލްއާ އެސްޓީއޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއަރލައިންތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން މިދުވަސްވަރު ތެޔޮ ގެނައުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް، ތެޔޮ އަޅާ "ލޯޑު ޕޯރޓަށް" 1 މަސްދުވަސް ކުރިން އަންގަންޖެހޭ ކަމަށާއި، މިހާރު ދިމާވެފައިވާ މައްސަލައަކީ، 1 މަސްދުވަސް ކުރިން ހަދާފައި އޮތް ޝެޑިއުލަކަށް ފޯރކާސްޓް ނުކުރެވި، އިތުރަށް ކޭޓަރކުރަން ޖެހުން ކަމަށެވެ. އަދި މި ދުވަސްވަރު ރަޝިއާ ހަނގުރާމައާ ގުޅިގެން ބޯޓުތައް ޑައިވަރޓްކޮށް، ޕޯރޓުތައް ކޮންޖެސްޓުވުމުން ޝިޕްމަންޓުތައް ލަސްވާކަންވެސް އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ ދިމާވާ ދަތިތަކާއެކުވެސް އެއަރލައިންތަކަށް ދަތިނުވާނެހެން ބަފަރ ސްޓޮކެއް ބަހައްޓާފައި ހުންނަކަމަށެވެ. ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި ޑިމާންޑު އިތުރުވުމާއެކުވެސް މެނޭޖްކުރެވޭނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އެމްއޭސީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު