Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްޝަން އޮން އޭޖިންގ

ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ 2002 ރިވިއު ކުރުމުގެ ބައްދަލުވުމުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންފި

މި އެކްޝަން ޕްލޭން ކުރިއަށްގެންދިއުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 ޖުލައި 2022 | ބުދަ 02:29
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ތައިލޭންޑްގެ ވެރިރަށް ބެންގްކޮކްގައި ކުރިއަށްދިޔަ "އޭޝިއާ ޕެސިފިކް އިންޓަރގަވަމެންޓަލް މީޓިން އޮން ދަ ފޯތް ރިވިއު އެންޑް އެޕްރައިސަލް އޮފް ދަ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިން" ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ޖޫން 29ން 1 ޖުލައި އަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ 2002 ރިވިއުކުރުމުގެ އިތުރުން، މި އެކްޝަން ޕްލޭން ކުރިއަށް ގެންދިއުމަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީއަށް އަންނަ ބަދަލުތަކާއި، ދިމާވާ މައްސަލަތަކުގެ އިތުރުން އޭޝިއާ އަދި ޕެސިފިކް ޤައުމުތަކުގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި 3 ދުވަހުގެ ބިނާކުރަނިވި މަޝްވަރާތަކާއި ޕެނަލް ޑިސްކަޝަންތަކުން ފިލާވަޅު ލިބިގަނެ މި ޕްލޭން ތަންފީޒުކުރުމުގެ މަރުޙަލާގައި ދިމާވާ ކުރިއެރުންތަކާއި ގޮންޖެހުންތައް ދިރާސާކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކަމެއް ދީގެން ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކާއި ޕްލޭންތަކާއި، މި އެކްޝަން ޕްލޭންގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ބަޖެޓް އެކަށައެޅުން ވަރަށް މުހިއްމު ކަމުގައި ވިދާޅުވިއެވެ. އަދި މި ކަންކަން ހާސިލުކުރުމުގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި ވިލަރެސްކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އެކްޝަން ޕްލޭންގެ ނެޝަނަލް މޮނިޓަރިންގ މެކޭނިޒަމްތައް ގާއިމުކޮށް ހަރުދަނާކުރުމަކީ، އެ ޕްލޭންގައި ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ގޮންޖެހުންތައް ދެނެގަނެ ކުރިއަށްދާނެ މަގު ކަނޑައެޅުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ މިނިސްޓްރީ އޮފް ވިމެން ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ދާތުކް ޑރ.މާޒިއާ ބިންތި ޗޭ ޔުސޫފް އާއި ބައްދަލުކުރައްވައި ދެ ގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއާ ގުޅުންހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް، ދެ ގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ.

މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ސިންގަޕޫރުގެ ޓްސާއޯ ފައުންޑޭޝަންގެ ފައުންޑިން ޑިރެކްޓަރ އަދި ޗެއާވުމަން ޑރ މޭރީ އޭން ޓްސާއޯއާ ވެސް ބައްދަލުކުރައްވާފައިއެވެ. އަދި އުމުރުން ދުވަސްވުމުގެ މައްސަލަތަކާ ބެހޭގޮތުން ދެގައުމުން ޝައުގުވެރިވާ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އޭޝިއާގެ ޤައުމުތަކުގެ ކަމާއި ގުޅުންހުރި ދާއިރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފި: ޖެންޑަރ މިނިސްޓަރު

ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފި: ޖެންޑަރ މިނިސްޓަރު

01 ސެޕްޓެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
"ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫއުގެ ދަށުން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

"ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫއުގެ ދަށުން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

21 ޑިސެމްބަރު 2022
ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އާއިއެކު ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެ: މިނިސްޓަރ

ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އާއިއެކު ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެ: މިނިސްޓަރ

11 ސެޕްޓެމްބަރު 2022
ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރުމަށް އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ: ޖެންޑަރ މިނިސްޓަރު

ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރުމަށް އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ: ޖެންޑަރ މިނިސްޓަރު

08 މާރިޗު 2022

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު