Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑަށް ކުނި އެޅުމުން ރިސޯޓެއް ޖޫރިމަނާ ކުރުން

ކަނޑަށް ކުނި އެޅުމުން ނަކައި އަލިމަތާ ރިސޯޓް 312،750 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އެ ރިސޯޓް ޖޫރިމަނާ ކުރީ ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޖުލައި 2022 | ހޯމަ 11:46
ނަކައި އަލިމަތާ ރިސޯޓް

ނަކައި އަލިމަތާ ރިސޯޓް

ކުނި މެނޭޖް ކުރުމާ ބެހޭ ޤަވާއިދުގެ ދަށުން ކަނޑަ އަޅާފައިވާ މިންގަނޑުތަކާ ޚިލާފުވެ، ކަނޑަށް ކުނި އަޅާފައިވާތީ ނަކައި ރިސޯޓް ގްރޫޕުން ވ. އަލިމަތާ ގައި ހިންގާ ނަކައި އަލިމަތާ ރިސޯޓް ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ރިސޯޓް ޖޫރިމަނާ ކުރީ 312،750 ރުފިޔާއިންނެވެ. އީޕީއޭއިން ބުނީ އެ ރިސޯޓް ޖޫރިމަނާ ކުރީ ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން ކުނި މެނޭޖް ކުރުމާ ބެހޭ ގަވާއިދާ އެ ރިސޯޓުން ޚިލާފުވެފައިވާތީ ކަމަށެވެ.

ޖޫރިމަނާ ދެއްކުމަށް އީޕީއޭއިން ވަނީ ނަކައި އަލިމަތާ ރިސޯޓަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ވ. އަތޮޅުގައި އޮންނަ އަލިމަތާ ރިސޯޓުންނާއި އެ އަތޮޅުގައި އޮންނަ ދިއްގިރި ރިސޯޓުން މޫދަށް ކުނި އަޅާ މައްސަލައެއް އެ އަތޮޅުގެ ކައުންސިލުން ވެސް ވަނީ ފެންމަތިކޮށްފައެވެ. ރިސޯޓަކުން އުކާލާ ތަކެތި ކަނޑައަށް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވައި ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ފުޑް ވޭސްޓް މޫދަށް އެޅުމަކީ ގާނޫނުން މަނާ ކަމެއް ކަމަށާއި އަލިމަތާ އާއި ދިއްގިރި ރިސޯޓުން މިހާރުވެސް މޫދުަށް ކުނި އަޅާކަމަށެވެ.

ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން އަމިއްލައަށް ހަލާކުވާޒާތުގެ ކުނި ކަނޑަށް އެޅުން ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދެއްގެ ދަށުން ކުރިން އޮންނަނީ ހުއްދަ ކޮށްފައެވެ. ނަމަވެސް ކުނި އެޅުން އިތުރުވެ، ރިސޯޓުތަކާ ކައިރި ރަށްތަކަށް އޭގެ އަސަރު ކުރުން އިތުރުވުމުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ގަވާއިދު އިސްލާހުކޮށް ކަނޑަށް ކުނި އެޅުން މަނާ ކޮށްފައެވެ.

ބައެއް ރިސޯޓުތަކުން އަދިވެސް ކަނޑަށް ކުނި އަޅާކަމަށް އެ ރިސޯޓުތަކާ ކައިރި ރަށްތަކުން ބުނަމުންއަންނަ އިރު ބައެއް ރިސޯޓުތަކުން ދަނީ ކުނި ނައްތާލުމަށް އަމިއްލަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމާއި ރިސައިކަލް ކުރުމަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުން މިހާރު އިސްކަމެއް ދެއެވެ.

އީޕީއޭކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު