Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022

ފިރިހެން ފައިނަލްގައި އެމް.އެން.ޔޫ އާއި ވިލާ، އަންހެން ފައިނަލްގައި ސީ.އެޗް.އެސް.އީ އާއި އަހުމަދިއްޔާ

4 ޖުލައި 2022 | ހޯމަ 03:48

ފައިނަލް މެޗުތައް އޮންނާނީ ހޯމަ ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2022 | ހޯމަ 03:48
މުބާރާތުގެ ތެރެއިން

މުބާރާތުގެ ތެރެއިން

ވިލާ ކޮލެޖްގެ ސްޓުޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގެ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ފައިނަލްގެ ޓީމުތައް ކަށަވަރުވީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތަކަށްފަހުއެވެ. އާދިއްތަ ދުވަހުގެ ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަންގެ ދެ ސެމީ ފައިނަލްއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އާއި ވިލާ ކޮލެޖެވެ. ފަސޭހަކަމާއެކު ސީ.އެޗް.އެސް.އީން ވިލާ ކޮލެޖުގެ މައްޗަށް ކުރި ހޯދީ 21-6 ންނެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. މި ސެމީގައި އަހުމަދިއްޔާއިން ވަނީ 25-11 ން އެމް.އެން.ޔޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޝަންގެ ފައިނަލްގައި ސީ.އެޗް.އެސް.އީ އާއި އަހުމަދިއްޔާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 20:30 ގައެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރީ ސީ.އެޗް.އެސް.އީ އާއި ވިލާ ކޮލެޖެވެ. މި މެޗު 18-16 ގެ ކުޑަ ފަރަގަކުން ކާމިޔާބުކޮށް، ވިލާ އިން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ދެ ވަނަ ސެމީގައި އެމް.އެން.ޔޫ ނިކުތީ މެޕްސް ކޮލެޖާ ދެކޮޅަށެވެ. މި މެޗުން އެމް.އެން.ޔޫ މޮޅުވީ 30-10 ގެ ބޮޑު ތަފާތަކުންނެވެ. ފިރިހެން ޑިވިޝަންގެ ފައިނަލްގައި އެމް.އެން.ޔޫ އާއި ވިލާ ކޮލެޖު ބައްދަލުކުރާ މެޗު އޮންނާނީ 21:30 ގައެވެ.

މުބާރާތް ކުރިއަށްދާ އިރު، ވީ.ސީ.އެސް.އޭ އިން ވަނީ ސްޕޯޓަރސް ޗެލެންޖުގެ ނަމުގައި ކުއިޒެއް ހުޅުވާލާފައެވެ. ޗެލެންޖުގައިވާ ސުވާލުތަކުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ޖަވާބު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި ހަ ވަނަ ދުވަހުގެ ރޭ އޮންނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންގެ އެސޯސިއޭޝަނުން ވަނީ ކޮންމެ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައެވެ. މުބާރާތުގެ ފައިވް އޮން ފައިވް އާއި ތްރީ އޮން ތްރީގައި ވެސް އަންހެން އަދި ފިރިހެން ޓީމުތައް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށްދާނީ ޖުލައި ހަ ވަނަ ދުވަހާ ހަމައަށް، އައުްޓްޑޯ ބާސްކެޓު ކޯޓުގައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް