Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓުގެ އަގު

ރަށްރަށާއި މާލޭގައި ކަރަންޓް ރޭޓާއި ބޭންޑުގެ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

މުވައްޒަފުންނަށް މުސާރަދިނުމާއި، ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓުގެ އަގު ބޮޑުވުމުގެ ސަބަބުން ބިލްތައް ދެއްކުމަށްފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2022 | ބުރާސްފަތި 06:32
ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅައިދިނުމުގެ ތެރެއިން

ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅައިދިނުމުގެ ތެރެއިން

ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ އިއްވާފައެވެ. މި ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާންއެވެ. މި ގަރާރަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރެކެވެ.

Advertisement - newsAdvertisement

މެންބަރު ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާއި އަދި ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ބިލްކުރުމުންގެންދާ ރޭޓްތައް ބޮޑުކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާ ދެމެދު ބިލްކުރުމާ ބޭންޑް ކުރުމުގައި ހުރި ތަފާތުކުރުމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ ސަރަހައްދުގައި ގެސްޓް ހައުސްތަކާއި، ޑައިވް ސެންޓަރތަކާއި، ހޮޓޯ، ރެސްޓޯރެންޓް އަދި ލޯކަލް ފިހާރަތައް ހިންގަމުންދާ ކުދި ވިޔަފާރިވެރިން ކުރަމުންދާ ކަމަށެވެ.

އަދި އެފަރާތްތަކުގެ ވިޔަފާރި ހިންގުމަށްޓަކައި މުވައްޒަފުންނަށް މުސާރަދިނުމާއި، ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓުގެ އަގު ބޮޑުވުމުގެ ސަބަބުން ބިލްތައް ދެއްކުމަށްފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުންނަ ކަމަށެވެ. މި ވިޔަފާރިތައް ހިނގަމުންގެންދަނީ ގެއްލުމުގައި ކަން ފާހަގަކޮށް، އެ ތަފާތުކުރުންތައް ނައްތާލާ ހަމަހަމަކުރުމަށް އެކި ފޯރަމްތަކުގައި ވަކާލާތުކޮށް، ކަންބޮޑުވުންތައް އަބަދު ފާޅުކުރަމުންދާ ކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާއި މި ދެންނެވި އަތޮޅުތަކުގައި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑްތަކާއި ރޭޓްތައް މެންބަރު ވަނީ ގަރާރުގައި ހުށަހަޅާފައެވެ.

ސްޓެލްކޯއިން ދީފައިވާ ރޭޓްތަކަށް ބަލާއިރު މާލެ ސަރަހައްދުގައި 0-100 ޔުނިޓާ ހަމައަށް 3.30 ރުފިޔާ ނަގާއިރު ރަށްރަށުގައި ނަގަނީ 3.25 އެވެ. އަދި މާލެ ސަރަހައްދުގައި 101-300 ޔުނިޓާ ހަމައަށް 3.35 ރުފިޔާ ނަގާއިރު ރަށްރަށުގައި 101-200 ޔުނިޓާ ހަމައަށް ނަގަނީ 3.75 ރުފިޔާއެވެ. މާލެ ސަރަހައްދުގައި 301-500 ޔުނިޓާ ހަމައަށް މާލެ ސަރަހައްދުގައި ނަގަނީ 3.65 ރުފިޔާއެވެ. ނަމަވެސް ރަށްރަށުގައި 201-300 ޔުނިޓާ ހަމައަށް 4.75 ރުފިޔާ ނަގައެވެ. އަދި ރަށްރަށުގައި 300 ޔުނިޓަށްވުރެ މަތިން ރަށްރަށުގައި 6 ރުފިޔާ ނަގާއިރު، މާލެ ސަރަހައްދުގައި 501-600 ޔުނިޓަށް 4 ރުފިޔާ، 601-3000 ޔުނިޓަށް 4.35 ރުފިޔާ. 3001-10000 ޔުނިޓާ ހަމައަށް 5.75 ރުފިޔާ ނަގާއިރު  10000 ޔުނިޓާ ހަމައަށް މާލޭގައި ނަގަނީ 6.65 ރުފިޔާއެވެ.

މެންބަރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މި ތަފާތުކުރުން ނައްތާލުމަކީ މުހިންމު ކަމެއް ކަމަށްވާތީ، ގްރޭޓަރ މާލެއާއި އަތޮޅު ތެރެއިން ސްޓެލްކޯ އާއި ފެނަކައިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑުތަކާއި ރޭޓްތައް ހަމަހަމަ ކުރުމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިހާރު ހަދާފައިވާ ޔޫސޭޖް ކޯޓާ އެކީ ދުއްވާލާ ކަމަށެވެ.

އަދި ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓު ބިލުން މާލެ އާއި ހަމަހަމަ ނުކުރެވޭނެ ނަމަ ޓެކްސްގެ ލުއި ފަސޭހަކަމެއް ދިނުމަކީ ކުދި ވިޔަފާރިވެރިންގެ އެއް ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކާއި އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެ ގެނެސް ރަށްރަށުގެ ވިޔަފާރިތަކަށް ލުއި ގޮތެއް ގެނެސްދީ އަވަށް ހައްލެއް ގެނެސްދިނުމަށް ގޮވާލައްވާ ކަމަށެވެ.  

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު