Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައްހަ ނޫން ފޯމުގެ މައްސަލަ

ވަގު ފޯމުގެ މައްސަލަ އެންމެ ބޮޑީ ޕީޕީއެމްއާއި އެމްޑީޕީގައި: އިލެކްޝަންސް ކޮމިޝަން

28 ޖޫން 2022 | އަންގާރަ 13:51

އެމްޑީޕީއާގުޅޭގޮތުން އެކަނިވެސް 7،000 ފޯމުގެ މައްސަލަ ހުށަހަޅާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖޫން 2022 | އަންގާރަ 13:51
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ސައްހަ ނޫން ފޯމުގައި ޕާޓީތަކަށް މެމްބަރުން ވައްދާފައިވާކަމަށްބުނެ އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީއާ ޕީޕީއެމްއާ ގުޅޭގޮތުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ސައްހަ ނޫން ފޯމުގައި ޕާޓީތަކަށް މީހުން ވެއްދުމަކީ ހުރިހާ ޕާޓީއެއްގައިވެސް އޮންނަ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިކަން އެންމެ ބޮޑަށް އޮތީ އެމްޑީޕީއާއި ޕީޕީއެމްގެ ތެރޭގައި ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ މިފަދަ ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް މިހާރުވެސް ހުށަހަޅަމުންދާކަމަށެވެ. ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ހަމައެކަނި އެމްޑީޕީއަށް 7،000 މެމްބަރުން ވަގު ފޯމުގައި ވައްދާފައިވާކަމުގެ މައްސަލަ ހުށަހަޅާފައި އެބައޮތްކަމަށް ފުއާދު ވިދާޅުވިއެވެ. ހަމަ މިގޮތަށް އެހެނިހެން ޕާޓީތަކުންވެސް އެތައް ފޯމެއް ހުށަހަޅަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަދިވެސް މަސައްކަތްކުރައްވަމުންދަނީ ޖޫރިމަނާނުކޮށް މިކަންކަން ކުރެވޭނެ ގޮތެއް ބެލުމަށްކަމަށެވެ. ޖޫރިމަނާ ކުރަންފަށައިފިނަމަ ބޮޑެތި އަދަދުތަކުން ޕާޓީތައް ޖޫރިމަނާކުރެވިގެންދާނެތީ، ޕާޓީތަކުންވެސް މިކަން އެހަށް މަޑުޖައްސާލަން އެދެމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކޮންމެ ސައްހަ ނޫން ފޯމަކަށް ބޮޑު އަދަދަކުން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތުން ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ފުރަތަމަ ފަހަރު ރަޖިސްޓްރާ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެފަހަރަށްވުރެ ގިނައިން އެކަން ތަކުރާރުވެއްޖެނަމަ ކޮންމެ ފަހަރަކު ރަޖިސްޓްރާވެސް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ސައްހަ ނޫން ފޯމުތައް ހުށަހަޅާކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ބައެއް މީހުންނަށް ނޭނގި އެމީހުންގެ ފޯމުތައް އީސީއަށް ހުށަހަޅައި ޕާޓީތަކުގެ ދަފްތަރުގައި ޖައްސާ ކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގިނަ ފަހަރަށް މިގޮތަށް ސައްހަ ނޫން ފޯމުތައް ހުށަހަޅަނީ ޕާޓީގައި 10،000 މެމްބަރުން ހަމަކުރުމަށެވެ. އެއީ ގާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭނީ އެ އަދަދު ހަމަވާ ޕާޓީތަކަށް ކަމަށް ވާތީއެވެ.

އީސީން މީގެކުރިންވެސް ސައްހަ ނޫން ފޯމުތައް ހުށަހެޅި ޕާޓީތައް ޖޫރިމަނާކުރިއެވެ. އޭރު ސައްހަ ނޫން ފޯމު ހުށަހަޅާނަމަ ކޮންމެ ފޯމަކަށް 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ، ނަމަވެސް ސިޔާސީ ޕާޓީތަކަށް އުފުލަން ޖެހޭ ބުރަ ކުޑަކުރުމަށް ޖޫރިމަނާ ނުކުރަން ނިންމީއެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް