Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލަށް މުހިންމު އިސްލާހުތަކެއް ގެނެސް ތަޅުމަށް ހުށައަޅައިފި

28 ޖޫން 2022 | އަންގާރަ 11:06

ފަންޑު ހުޅުވުމުގެ މާއްދާ ބިލުން އުނިކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖޫން 2022 | އަންގާރަ 11:06
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހުގައި ވާހަކަ ދައްކަވަނީ

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހުގައި ވާހަކަ ދައްކަވަނީ

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް މުހިންމު ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅައިފިއެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާއެކު، ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ މި ބިލު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައި ދެއްވީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.

Advertisement - newsAdvertisement

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު ކޮމިޓީއަށް ހުށައެޅުނީ 16 ފެބްރުއަރީގައި އޮތް 2022 ވަނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި، ދެމެހެއްޓެނެވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިއުމުގެ ބިރު ހީވެފައިވާ އަދި ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި "އެކްސްޕްލޮއިޓް" ކުރެވޭ ނުވަތަ ނާޖާއިޒް ގޮތުގަ ބޭނުންކުރެވޭ ގަސްގާހާ ގެއްސާއި ޖަނާވާރާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއްތަނުން އަނެއްތަނެއް ގެންދިއުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބޭނުމުގައެވެ.

ކޮމިޓީ އިން ބިލުގެ މަސައްކަތް ފަށާފައިވަނީ 22 ފެބްރުއަރީ 2022 ގައި އޮތް ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައެވެ. ބިލް ދިރާސާކުރުމުގެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ ކުރިން މި ބިލާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރެވުނެވެ. ބިލާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ގޮތުން 7 މުއައްސަސާއެއްގެ ކަމާއިގުޅޭ ބޭފުޅުންނާއި، އަދި އަމިއްލަ 2 ވިޔަފާރި ކުންފުންޏަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ހިޔާލު ހޯދާފައިވެއެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް އިއްވަމުން މެންބަރު ސަލީމް ވިދާޅުވީ މި ބިލު މަޖިލީހުގެ ތަޅުމާ ހަމައަށް އައި އިރުގައި ޖުމްލަ 10 ބާބު ބިލުގައި ހިމެނޭ ކަމަށެވެ. އަދި އެ 10 ބާބުގައި 43 މާއްދާއެއް އެކުލެވިގެންވާއިރު، ބިލު ބެހިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށެވެ.

ފުރަތަމަ ބަޔަކީ ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތައް އަދި ގާނޫނު ހިންގާ ދާއިރާތައް ކަނޑައެޅުން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ދެވަނަ ބަޔަކީ ދިރޭތަކެތީގެ ވިޔަފާރީގެ ޝަރުތުތަކާއި، އެފަދަ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ވިޔަފާރީގެ ހުއްދައާއި ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށާއި، ތިންވަނަ ބަޔަކީ ގާނޫނާއި ހިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބުތައް ކަނޑައެޅުން ކަމަށް ސަލީމް ވިދާޅުވިއެވެ.  

މެންބަރު ސަލީމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ހުށައެޅުނު ޑްރާފްޓަށް މައިގަނޑު 6 ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން އަނެއް ބަދަލަކީ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭގޮތުން އޮންނަ މާއްދާ ކަމަށާއި، ބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު މިހާރު ވެސް ޖަދުވަލު އެކެއްގައި ހިމެނޭ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބިލުން ސާފުނުވާތީ އެފަދަ ފަރާތްތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ފަންޑު އުފެއްދުން ބިލު އައި އިރުގައި ބިލުގައި އޮތް ކަމަށާއި، ގާނޫނު ތަންފީޒުކުރުމަށްޓަކައި ފަންޑެއް ހުޅުވުމުގެ އިހްތިޔާރު މިނިސްޓަރަށް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ފަންޑެއް އޮންނަންޖެހޭ ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭތީ ފަންޑު ހުޅުވުމުގެ މާއްދާ ބިލުން އުނިކޮށްފައިވާނެ ކަމަށެވެ.

މެންބަރު ސަލީމް ވިދާޅުވީ ބިލު ދިރާސާ ކުރުމަށް 13 ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ބިލުގެ މަސައްކަތް މުޅިން ފުރިހަމަ ކުރުމަށްފަހުގައި 6 ޖޫން 2022 ގައި އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްވީ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބިލު ފާސްކޮށްދިނުމަށް މެންބަރު ސަލީމް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްތިމާވެށި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް