Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯއިން މަކިޓާގެ ޝޯރޫމެއް ހުޅުވައިފި

އެސްޓީއޯއިން މަކިޓާގެ ޝޯރޫމެއް ހުޅުވައިފި

27 ޖޫން 2022 | ހޯމަ 17:31

އަލަށް ހުޅުވި ޝޯރޫމުގައި އާފްޓަރ ސޭލްސް ސާވިސް ސެންޓަރެއް ވެސް ހިމެނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖޫން 2022 | ހޯމަ 17:31
އެސްޓީއޯ މަކިޓާ ޝޯރޫމް ހުޅުއްވައިދެއްވަނީ

އެސްޓީއޯ މަކިޓާ ޝޯރޫމް ހުޅުއްވައިދެއްވަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދުނިޔޭގެ މަގުބޫލު ޕަވަރޓޫލް ބްރޭންޑް ކަމަށްވާ، މަކިޓާގެ ޝޯރޫމް އެއް ހުޅުވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްްމިއްޔާތެއްގައި މި ޝޯރޫމް ހުޅުއްވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު އާއި ސިންގަޕޫރު މަކިޓާގެ ޖެނެރަލް މެނޭޖަރ އިކެޑާ ސަން އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސް ބޭފުޅުންނާއި މަކިޓާގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޝޯރޫމެއް ހުޅުވާފައިވަނީ ބޮޑުތަކުރުފާނު މަގު ސީޓްރެކްސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. މި ޝޯރޫމުން މަކިޓާގެ އުފެއްދުންތަކުގެ އިތުރުން ސްޕެއާ ޕާޓުތަކާއި އާފްޓަރ ސޭލްސް ސާވިސް ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މަކިޓާ ބްރޭންޑު ރާއްޖެއަށް ތައާރަފު ކުރިތާ 25 އަހަރު ވެފައިވާއިރު އެ ބްރޭންޑު ވެފައިވަނީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑް އަކަށެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން ވިއްކާ މަކިޓާ ގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމަކަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުރެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ވަޑާންކުރުމަށް ހާއްސަ ކަރަންޓު ސާމާނާއި، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނާއި، ގާޑެނިންގ އަށް ހާއްސަ އުފެއްދުންތަކުގެ އިތުރުން އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ ސާމާނުތައް ހިމެނެއެވެ.

އަލަށް ހުޅުވި މަކިޓާ ޝޯރޫމާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދީފައި ވެއެވެ.

އެސްޓީއޯ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
21 ސެޕްޓެމްބަރު 2025

އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު

21 ސެޕްޓެމްބަރު 2025
އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު
19 ސެޕްޓެމްބަރު 2025

އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2025
އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް