Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑުގެ ތަފާސްހިސާބު

ހުސްވި ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 1202 މީހުން

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 528 މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 13:15
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ހުސްވި ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 1202 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަކީ ޖޫން 19ން ޖޫން 25 ވަނަ ދުވަހާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބެވެ. މިތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 528 މީހުންނެވެ. އަތޮޅުތަކުން 452 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވެފައިވަނީ 222 މީހުންނެވެ. އޭގެކުރީ ހަފުތާގައި ޕޮޒިޓިވްވެފައިވަނީ މުޅި ޖުމްލަ 91 މީހުންނެވެ.

Advertisement - newsAdvertisement

ފާއިތުވި ހަފުތާގައި މުޅި ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 237 މީހުންނެވެ. އެންމެ މަދުން ޕޮޒިޓިވްވެފައިވަނީ ޖޫން 21 ވަނަ ދުވަހުއެވެ. އެއީ 120 މީހުންނެވެ.

މާލެ ސަރަހައްދުން ފާއިތުވި ހަފުތާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 22 ވަނަ ދުވަހާއި ޖޫން 23 ވަނަ ދުވަހުއެވެ. އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 24 ވަނަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 46 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ. އެއީ 92 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 181،586ށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 305އެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،865ށް އަރާފައެވެ. ދެޑޯޒް 384،510 މީހުން ޖަހާފައިވާއިރު، ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 163،499ށް އަރާފައެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ފަރާތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ކޮމިއުނިޓީ ތެރޭގައި ކޭސްތައް އިތުރުވެފައިވާކަމުގެ ހެތްކެއްކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ކޮވިޑު ޖެހުމުގެ ސަބަބުން ނުރައްކާބޮޑު ފަރާތްތަކަށް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ނިންމާފައެވެ. 23 ޖޫންއިން ފެށިގެން މި ޑޯޒުު ޖަހަންފަށާފައިވާއިރު، ވެކްސިން ދެމުންދަނީ އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ޑޯޒު ޖަހާނީ ދެވަނަ ޑޯޒު ޖެހިތާ 6 މަސް ދުވަސްވެފައިވާ ކުދިންނަށެވެ. ކުޑަކުދިންނަށް 3 ވަނަ ޑޯޒު ޖެހުމުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި, ކޮވިޑު ޖެހުމުން ނުރައްކާތެރިކަން ބޮޑު ފަރާތްތަކަށް 2 ވަނަ ބޫސްޓަރ ޑޯޒެއް ޖަހަން ނިންމާފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން، ދެވަނަ ބޫސްޓަރ ޑޯޒު ޖަހާނީ ފުރަތަމަ ބޫސްޓަރ ޑޯޒް ނުވަތަ 3 ވަނަ ޑޯޒު ޖެހިތާ 4 މަސް ވެފައިވާ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެށިން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ޝަކުވާތަކާ ގުޅިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 6 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ވަގުތީގޮތުން ބަންދުކޮށްފި

ޝަކުވާތަކާ ގުޅިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 6 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ވަގުތީގޮތުން ބަންދުކޮށްފި

27 އޯގަސްޓު 2024

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު